17 މެއި 2020 - 10:34

ގައިދީން ރޯދަ ވީއްލަން ޖަލުގައި ދިން ކާއެއްޗެހި ކުނިވެ ފުޅަ އަޅާފައި ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްގެން އުޅެނީ، ޖަލު ގޮޅިތަކަށް ކާތަކެތި ގެންދިއުމުން ފުޅަ އަޅަންދެން ބެހެއްޓުމަށް ފަހު ނަގާފައިވާ ވީޑިއޯއެއް ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނީ ކާތަކެއްޗާ ބެހޭ ގޮތުން މިފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ. އަދި މައްސަލަ ބެލުމަށް ގައިދީންނާ ސުވާލުކުުރުމުން ވެސް އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ މިފަދަ ކަމެއް ހިނގިތޯ ބަލައި އިތުރަށް ތަހުގީގު ކުުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައި މިހާރު އެދިފައި ވާނެ ކަމަށެވެ.
ޖަލުގައި ހަމަނުޖެހުން ހިންގުމާއި ޖަލުގެ އެކި ކަންކަމާ ބެހޭ ގޮތުން ފޮޓޯ އާއި ވީޑިއޯ ވަރަށް ގިނައިން އާންމުކުރެ އެވެ.