ކޮވިޑް ބަޖެޓުގެ 72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު
ކޮވިޑް ބަޖެޓުގެ 72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު

އަމީރު: ހަރަދު ކުރުމުގައި އަޅުގަނޑުމެން މި ބަލަނީ ދެ ގޮތަކަށް. ފުރަތަމަ ކަމަކީ އެއީ ކުރަން ޖެހޭ ހަރަދެއްތޯ ބެލުންް. އެކަން ނިންމަނީ ސިއްހީ މާހިރުން. ދެން އަޅުގަނޑުމެން މި ބަލަނީ އެ ކުރަން ޖެހޭ ހަރަދު އެންމެ ކުޑަކޮށް ކުރެވޭނީ ކިހިނެއްތޯ. އެކަން އެގޮތަށް މިހާރު ވެސް ކުރެވެމުން އަންނަނީ.

އަމީރު: 37 ބިލިއަން ރުފިޔާގެ ބަޖެޓެއް އޮތީ، އެ ބަޖެޓް އެންމެ ކުޑަކުރެވުނަސް ކުރެވޭނީ 30 ބިލިއަން ރުފިޔާ އަށް. އަޅުގަނޑުމެންނަށް ލިބޭނެ އާމްދަނީ އަކީ 15.8 ބިލިއަން ރުފިޔާ.

އަމީރު: ކޮވިޑާ މިހާތަނަށް ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 72 ޕަސެންޓް ނުވަތަ 586 މިލިއަން ރުފިޔާ ހޭދަކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް. އެއީ ބޭހާއި މެޑިކަލް އިކުއިޕްމަންޓާއި ގަންނަން ޖެހޭ ކާޑާއި އެހެން ބާވަތްތައް ވެސް ހޯދަން. އަޅުގަނޑުމެން މި ބަލަނީ ވީހާ ކުޑަ އަގެއްގައި ކަންކަން ކުރެވޭތޯ.

އަމީރު: އަޅުގަނޑުމެން ސޮވެރިން ގެރެންޓީ ދީގެން އެސްޓީއޯ އަށް އައިޓީއެފްސީގެ ކްރެޑިޓް ފެސިލިޓީއެއް ލިބޭތޯ އެބަ ބަލަން.

އަމީރު: ބަޖެޓް ކުރި ހާލަތްތަކާއި ހިސާބުތައް މިހާރު ވަނީ ބަދަލުވެފައި. އޭރު ލިބޭނެ ކަމަށް ބެލެވޭ ޖުމްލަ އާމްދަނީ އަކީ 29 ބިލިއަން ރުފިޔާ. އެކަމަކު މިހާރު ސިނާރިއޯ 3 ގައި ވެސް ލިބޭނެ ކަމަށް ބެލެވެނީ 15 ބިލިއަން ރުފިޔާ. އެހެންވީމަ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާގެ ފައިނޭންސިން ގެޕެއް މި އުޅެނީ. އެ ފައިސާ ލިބޭނެ ގޮތެއް އެބަ ޖެހޭ ހޯދަން. މި ސަބަބާ ހުރެ ޚަރަދު ވެސް ކުޑަކުރަން ޖެހޭ. އެއާ އެކު ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ.

އަމީރު: ރިލީފް ޕެކޭޖްގެ ތެރެއިން މިހާތަނަށް ބީއެމްއެލް އިން ވަނީ 111 ފަރާތް އެޕްރޫވްވެފައި. 103 ފަރާތެއް ރިޖެކްޓްވެފައި އޮތީ. ޑިސްބާސްވެފައި އޮތީ 83 ފަރާތެއްގެ 109.6 މިލިއަން ރުފިޔާގެ ލޯނު. އެސްޑީއެފްސީގެ ލޯނުން 380 ފަރާތެއް އޮތީ އެޕްރޫވްވެފައި. އެއީ 72 މިލިއަން ރުފިޔާގެ ލޯނު. ޑިސްބާސް ވެފައި އޮތީ 76 ފަރާތެއްގެ 6.2 މިލިއަން ރުފިޔާގެ ލޯނު.

އަމީރު: މީގެ އިތުރުން އެސްއެމްއީ އިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000ރ. ގެ ލޯނު މިހާރު ވަނީ 30،000 އަށް އިތުރު ކުރަން ވަނީ ނިންމާފައި.

އަމީރު: ސްމީމުން ލޯނު ހޯދުމަށް ބީއެމްއެލް އާއި އެސްޑީއެފްސީ އަށް ވެސް މި ދެންނެވި، މުވައްޒަފުން ކަނޑާފައިވާ ކުންފުނިތަކާއި ނޯޕޭ ލީވް ނަގަން މަޖުބޫރު ކުރުވާފައވާ ތަންތަން ވެސް ހިމެނޭ. މިފަދަ ވިޔަފާރިތަކަކީ ޝަރުތު ހަމަވާ ފަރާތްތަކެއް ނޫން. އެކަމަކު މިއީ އެންމެންނަށް ވެސް ދަތިވާނެ ވަގުތަކަށް ވާތީ، މިހާރު ވަނީ އިތުރު ފުރުސަތެއް ދޭން ނިންމާފައި. އެފަރާތްތަކުން ޖެހޭނީ އެ ނިންމުން އަނބުރާ ގެންގޮސް މަދުވެގެން 5000ރ. ދޭން އެއްބަސްވާން.

މުވައްޒަފުންގެ މުސާރަ ކަނޑައި ނޯޕޭ ލީވް ދީފައިވާޔީ، ސަރުކާރުގެ ރިކަވަރީ ޕެކޭޖްގެ ލޯނު ދޫނުކުރަން ނިންމާފައިވާ ފަރާތްތަކަށް ޝަރުތުތަކަކާ އެކު ލޯނަށް އެދެވޭ ގޮތް ހަމަޖައްސައިފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެންމެ ވިދާޅުވީ، އެފަރާތްތަކަށް އޮތް ޝަރުތަކީ މުވައްޒަފަކަށް މަދުވެގެން 5000ރ. ދިނުން ކަމަށެވެ.

ތަފުސީލު އަންނަނީ