އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!
އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!

އިއްޔެ އަކީ އާދަޔާހިލާފަށް ރާއްޖެ އަށް ވައި ގަދަވެ، ކަނޑު ވެސް ގަދަވި ދުވަހެކެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތީ ވެސް އެފަދަ ގަދަ ދުވަސްތަކެކެވެ.

އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!
އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!

މި އަހަރުގެ ހުޅަނގު މޫސުން ރާއްޖެއަށް ލައިގަތީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އާއްމުކޮށް ފެށެނީ ދެކުނުން ކަމަށް ވުމުން، މިދިޔަ ބުރާސްފަތި ދުވަހު އައްޑުއަށް ގަދަ ވިއްސާރަ ލައްވާލި އެވެ. ހުއްޓާނުލައި ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 161 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ލިބުނެވެ.

އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!
އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!

މެޓު އޮފީހުން ބުނާ ގޮތުން މި ވިއްސާރަގަނޑުގެ މިސްރާބު މިހާރު ހުރީ އުތުރުގެ އަތޮޅުތަކަށެވެ.

އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!
އިންތިހާއަށް ވައިގަދަ، ކަނޑު ގަދަ، ސަމާލުވޭ!

"އިއްޔެއަށް ވުރެ ފަހަރެއްގައި ގަދަ ނުވެދާނެ. އެކަމަކު ހަމަ ވަރަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށް މި ބެލެވެނީ،" މެޓު އޮފީހުގެ ޑިރެކްޓަ ޖެނެރަލް އަލީ ޝަރީފް ވިދާޅުވިި އެވެ.

"މިހާރު ވިލާގަނޑުގެ މިސްރާބު ހުރީ މެދު ރާއްޖެ ތެރެއިން އުތުރަށް."

މެޓު އޮފީހުން މޫސުން ދަރަޖަކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް އަދި ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓުގެ ގޮތުގަ އެވެ. މާ ބޮޑަށް މޫސުން ގޯސްވުމުން މީގެ ކުރިން އެ އިދާރާއިން މުޅިން ވެސް ނެރެނީ ޔެލޯ އެލާޓެވެ. އެއީ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ޖެހި، އެއް ގަޑިއިރުގެ ތެރޭގައި 70 މިލިމީޓަރަށް ވާރޭ ވެހުމުންނެވެ. އެކަމަކު އިއްޔެ ވަނީ، މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓް ނެރެފަ އެވެ. އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ.

އަލީ ޝަރީފް ވިދާޅުވީ ޔެލޯ އެލާޓް އާއި ރެޑް އެލާޓްއާ މެދު ބޮޑު ގެޕެއް ހުންނަ ކަމަށާއި އެހެންވެ، އެ ދޭތެރެއަށް އޮރެންޖު އެލާޓް ތައާރަފްކުރީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

"މީގެ ކުރިން ވެސް ބައެއް ފަހަރު ހަމަ މިވަރަށް ގަދަވެފައިވޭ. އެކަމަކު މުޅިން ވެސް ނެރެން ޖެހެނީ ޔެލޯ އެލާޓް،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު، ދެ ގަޑިއިރަށް އޮރެންޖް އެލާޓް ނެރުނީ ގިނަ އިރުތަކެއް ވާންދެން އާދަޔާ ހިލާފަށް ވައި ގަދަވުމުންނެވެ. އަދި ވިލާތައް ހުރި ގޮތުން އިތުރަށް ވައި ޖެހޭނެ ކަމަށް ލަފާކުރި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮޅިގަނޑު ތެރޭގައި ގިނަ ހާދިސާތަކެއް ވެސް އިއްޔެ ވަނީ ހިނގައިފަ އެވެ. އެގޮތުން މާލެ އާއި އެކި ރަށްރަށަށް ގަދައަށް ވައި ޖެހި، ރުއްގަސް ވެއްޓި، އުދަ އަރައި، ގޯތިގެދޮރަށް ގެއްލުން ލިބުނެވެ. އަދި ކަނޑުމަތީގެ ތަފާތު ހާދިސާތައް ވެސް ހިނގި އެވެ.

މިވަގުތު ރާއްޖޭގެ މޫސުން އޮތީ ވައިޓް އެލާޓަށް ދަށްވެފަ އެވެ. އެކަމަކު ރާއްޖެއާ ދުރުން، އިރުދެކުނު ބޭ އޮފް ބެންގޯލްގައި ހުރި ކޮޅިގަނޑުގެ ބާރުގަދަވެ، ތޫފާނަކަށް މިއަދު ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. މީގެ އަސަރު ރާއްޖެއަށް ވެސް ކޮންމެވެސް ވަރަކަށް ކުރާނެ އެވެ. އެކަމަކު މެޓު އޮފީހުން ބުނީ ތޫފާން ބޮޑަށް ޖެހޭނީ ރާއްޖެއާ ދުރަށް ކަމަށާއި ރާއްޖެއަށް ކުރާނީ މޫސުމީ ވިއްސާރަ ކަމަށެވެ.

"ނަމަވެސް ދޭތެރެއަކުން ހަމަ ވިލާގަނޑުގައި ވަރަށް ބާރުކުރާނެ. ހަމަ ވަރަށް ވައި ގަދަވެދާނެ،" އަލީ ޝަރީފް ވިދާޅުވި އެވެ.

"އެކަމަށް ސަމާލުކަން ދޭންވާނެ."