އާއިލީ މައްސަލައެއްގެ ޝަރީއަތް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފި
އާއިލީ މައްސަލައެއްގެ ޝަރީއަތް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިއަށް ގެންގޮސްފި

އާއިލީ މައްސަލައެއްގެ ޝަރީއަތެއް ވީޑިއޯ ކޮންފަރެންސްކޮށް ފުރަތަމަ ފަހަރަށް ކުރިއަށް ގެންގޮސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އޮފީސްތައް ބަންދު ކޮށްފައި ވިޔަސް، ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މައްސަލަތައް ކޯޓުތަކުން ކުރިއަށް ގެންދެ އެވެ. ބަންދާ މެދު ގޮތެއް ނިންމުމާއި އެ ފަދަ ގިނަ މައްސަލަތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނިގޮތުގައި އާއިލީ މައްސަލައެއްގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސްކޮށް އިއްޔެ ކުރިއަށް ގެންދިޔައީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ.

އާއިލީ މައްސަލައެއްގެ ޝަރީއަތެއް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިޔަައިރު، ދާދި ފަހުން ފެމިލީ ކޯޓުން ވަނީ ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސްކޮށް މެދުވެރިކޮށް ކައިވެންޏެއް ވެސް ކޮށްދީފަ އެވެ. އެގޮތަށް ފެމިލީ ކޯޓުން ނިންމީ ކައިވެނިކޮށް ދިނުން ދުވަސްތަކެއް ވަންދެން މަޑުޖައްސާލާފައި އޮތުމަށް ފަހު އެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން ވެސް މިހާރު ދަނީ ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ފަށައިފަ އެވެ.