އައިޝްވަރިޔާގެ ރީތިކަން ރޭކާ ސިފަކުރި ގޮތް
އައިޝްވަރިޔާގެ ރީތިކަން ރޭކާ ސިފަކުރި ގޮތް

ހޮނިހިރު ދުވަހުގެ ރޭ މުމްބައީގައި ބޭއްވި ފިލްމްފެއާ ގްލޭމާ އެންޑް ސްޓައިލް އެވޯޑުގައި މޯސްޓް ގްލެމަރަސް ސްޓާ (ފީމޭލް) ޓްރޮފީ ލިބުނު މަޝްހޫރު ފިލްމީ ބަތަލާ އައިޝްވަރިޔާ ރާއީގެ ރީތިކަން ކުރީގެ މަޝްހޫރު ބަތަލާ ރޭކާ ސަމާސާ ގޮތަކަށް ސިފަކޮށްދީފި އެވެ.

އައިޝްވަރިޔާއާ މި އެވޯޑް ހަވާލުކުރުމަށް ފަހު ރޭކާ ބުނީ އައިޝްވަރިޔާ އެހާ ރީތީ ކީއްވެގެން އެނގޭ ކަމަށެވެ.

"އައިޝްވަރިޔާ އަށް ބަނޑު ބޮޑު އިރު އޭނާގެ މަންމަ އަބަދު ބެލީ އަހަރެންގެ ފޮޓޯ،" އައިޝްވަރިޔާ އަށް އިޝާރާތްކޮށް ރޭކާ ބުންޏެވެ.

ރޭކާގެ މި ވާހަކަޔާ އެކު އޯޑިއެންސްގައި ތިބި މީހުން ބިނދިބިނދިފައި ހޭތަން ފެނުނެވެ.

ރޭކާ ސަމާސާ ކުރަމުން ބުނީ އޭނާގެ ފޮޓޯ ބެލުމުގެ ނަތީޖާއަކަށްވީ އައިޝްވަރިޔާގެ ސިފަ ރީތިވުން ކަމަށެވެ.