ހީކުރި ވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް
ހީކުރި ވަރަށް ސާޖެއް އަދި ނާދޭ: ޑރ. އަފްޒަލް

މަބްރޫކް: ރާއްޖެ އައިސް ތިބި ވަރަށް ގިނަ ބިދޭސީންނަކީ ޑޮކިއުމެންޓެއް ނެތް މީހުން. އެ މީހުން ފޮނުވާލަން އެކި ގޮތްގޮތުން ފިޔަވަޅު އެޅޭ. އެ މީހުންް ގެނައި މީހުން ވެސް ރާއްޖޭގައި އުޅޭނެ. ހިއުމަން ޓްރެފިކަކީ ރާއްޖޭގައި ވަރަށް ކުރިން ފެށިގެން ވެސް ކުރަމުން އައި ކަމެއް. ހަގީގަތުގައި، ބިދޭސީންނަށް ވެސް އެ މީހުން ގެނައީ ކޮން ބައެއްކަން ނޭނގި އެކި މީހުން އެކި ކަންކަމުގައި އުޅެމުން ދަނީ. މި ސިޓުއޭޝަންް މިއޮތީ އައިސްފައި. އެ މީހުން އުޅޭ ތަންތަން ވެސް މިހާރު މިއޮތީ އެނގިފައި.

މަބްރޫކް: ފެށުނީއްސުރެ އަޅުގަނޑުމެން މި ދަންނަވަނީ މިއީ ސިޔާސީ ކަމެއް ނޫނޭ. މި ވަގުތު އެންމެ ބޮޑަށް ކުރެވޭ އެއް ކަމަކީ ސާޖް ޕްރިޕެއާނަސް. އޭރިޔާތަކެއް ކަނޑައަޅައިގެން އެ އޮޕަރޭޓް ކުރުން ނިންމުމުގެ މަސައްކަތް މިހާރު އެ ކުރެވެނީ. ދެ ވަނަ ކަމަކީ އިގްތިސާދު ދެމެހެއްޓުން. ލޮކް ޑައުން ހާލަތުން ނިއު ނޯމަލް އަށް ދާ އިރު އިގްތިސާދު ނަގަހައްޓާނީ ކިހިނެއްތޯ، އެކަން ދެނެގަތުމުގެ މަސައްކަތް މި ކުރެވެނީ. އެކަންކަން ވެސް ފައިނަލައިޒް ކުރަމުން ދަނީ. މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނީ މިހާރު ކުރަމުން އަންނަނީ ގެއްލުމުން އަރައިގަތުމަށް ޓަކައި އެހީވުމުގެ މަސައްކަތޭ.

ޑރ. އަފްޒަލް: ގައުމަކަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި އޮތް ގޮތަކީ، މިސާލަކަށް ވެކްސިނެއް އޮތް ނަމަ ވެކްސިނެއް ދިނުން. އެކަމަކު ކޮވިޑް ކަހަލަ ވެކްސިނެއް ނެތް ބަލިތަކުގައި އެ ބަލި މައިތިރި މި ވަނީ ޖެހޭނެ ބަޔަކަށް ޖެހިފައި. ހަގީގަތުގައި ޕީކްގައި ވެސް ބަލި ޖެހޭ މީހުންްގެ އަދަދު މަދުވަނީއެއް ނޫން. އެކަމަކު އެއް ދުވަހުން ބަލި ޖެހޭ މީހުންގެ އަދަދު މަދުވަނީ. ކާވް ތިރިކޮށްލާއިރު، އަޅުގަނޑުމެންގެ އުންމީދަކީ އޭރަށް ވެކްސިނެއް ފެނުން. އަޅުގަނޑުމެންގެ ބޭނުމަކީ ވެކްސިނެއް ފެންނަންދެން ވެސް ކޮންޓްރޯލްޑް ސިޓުއޭޝަނެއްގައި ތިބުން.

ޑރ. އަފްޒަލް: ޓެގް ފަރާތުން އައި ރެކޮމަންޑޭޝަނެއް އެއީ ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރިޔަސް އެހެން ގޮތްގޮތުން ސާޖެއް އަތުވެއްޖިއްޔާ އިނގޭނެ ކަން. އެކަމަކު ސާޖެއް އައިކަން ކަށަވަރު ކުރަން ހަމަ ޖެހޭނީ ޓެސްޓުތަކުން ދައްކަން. އެކަމަކު މިހާތަނަށް އަޅުގަނޑުމެން އުންމީދު ކުރިވަރުގެ ސާޖެއް ނާދޭ. ލޮކްޑައުން އިތުރު ވުމާ އެކު ސާޖް ދަށްކުރެވޭނެ ކަމަށް އަޅުގަނޑުމެން ބަލަނީ.

ޑރ. އަފްޒަލް: އަޅުގަނޑުމެންގެ ސާޖް އޮތީ އަދި. ފެންނަ ނަންބަރަކުން އަދި ރިލެކްސް ވެވޭކަށް ނެތް. ލޮކްޑައުންއަކީ ސާޖް އެންމެ ބޮޑަށް ތިރިކޮށްލެވޭނެ އެއް ކަންތައް. މީގެ އެހެން ބޭނުމެއް ވެސް އެބައޮތް. ލޮކްޑައުންއާ އެކު މީސްމީހުންގެ ދިރިއުޅުން ވެސް އެ ގޮތަށް ހޭނެމުން ވެސް އެބަދޭ. އެހެންވެ އެ ސާޖް އަދި ނުފެންނަނީ ކަމަށް ވެދާނެ. އުންމީދަކީ މިހާރު މި ދާގޮތުން ސާޖް ވަރަށް ބޮޑަށް ތިރިކުރެވިދާނެ ކަމަށް.

މަބްރޫކް: ބަންްގްލަދޭޝްގެ މީހުން ފޮނުވާލުމަށް ޓަކައި މި މަހުގެ 16 ގައި ދެ ފްލައިޓެއް ބާއްވަން ވަނީ ހަމަޖެހިފައި. އެއިން ގާތްގަނޑަކަށް 500 މީހުން ފޮނުވާލެވޭނެ ކަމަށް ބެލެވޭ.

ޑރ. އަފްޒަލް: މިއަދު ހަ މީހަކު ވަނީ ބަލިން ރަނގަޅުވެފައި. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ދިވެހިން. އެއީ އަންހެނަކާއި ފަސް ފިރިހެނުން.

ޑރ. އަފްޒަލް: މިހާރު ހުރި ޓެސްޓިން ކެޕޭސިޓީގައި ވެސް ސާޖެއް އަތުވެއްޖިއްޔާ އެނގޭނެ. ސަބަބަކީ އަޅުގަނޑުމެންގެ ފްލޫ ކްލިނިކަށް ދާ މީހުންގެ އަދަދު ވެސް އިތުރުވާނެތީ. އަނެއްކާ ސާޅީ ކޭސްތައް ވެސް ގިނަވެ އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ގިނަވާނެތީ.

ރާއްޖެ އިން ރޭ 12 އިން ފެށިގެން މި ވަގުތާ ހަމައަށް 27 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 982 އަށް އަރައިފި އެވެ.

އެކަން ހާމަކޮށްފައި ވަނީ ދަރުބާރުގޭގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ނޫސްވެރިންނަށް މިރޭ ވެސް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް އެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.