މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ހުސައިން އަބްދުﷲ އަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ފަހަކާ ޖެހެންދެން ވެސް ޒަކާތާ ބެހޭ ގޮތުން، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ދެއްވަމުން ގެންދެވި އުސްމާން އަބްދުﷲ ގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު.

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ސަރުކާރުން ވަނީ ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ގައި ހުސައިން އަބްދުﷲ އަށް އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައި. އޭގެ 13 އަހަރު ފަހުން، 2005 ވަނަ އަހަރު އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ވެސް އެ މަނިކުފާނަށް ސަރުކާރުން އެރުވި.

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ށ. މަރޮއްޓަށް އުފަން ހުސައިން އަބްދުﷲ ވަނީ އެ ރަށުގެ ކަތީބުކަން ކުރައްވާފައި. މަރޮށީގައި ތައުލީމު ފުޅާކުރެއްވުމަށް އަމިއްލަ ގޮތުން ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި. ފުރަތަމަ ކުރެއްވި އެއް ކަމަކީ މަރޮށީގެ މައުލޫދުގޭގައި އެ މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ދީނީ ކަންތައްތައް ދަސްކޮށްދެއްވަން ދެއްވަން ފެއްޓެވުން. އޭގެ ތެރެއިން ކުދިންނަށް އުރުދޫ ބަސް ވެސް ކިޔަވައި ދެއްވި. ހިލޭ ސާބަހަށް އެ ރަށުގައި ކިޔަވައި ދިނުމަށް އަލްމަދްރަސަތުލް މުނައްވަރާގެ ނަމުގައި އެ މަނިކުފާނުގެ އަމިއްލަފުޅު ގޭގައި ނޮވެމްބަރު 11، 1979 ގައި ސްކޫލެއް ހުޅުއްވި. އޭގެ ފަހުން 80 ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް އެ ސްކޫލް ތަރައްގީ ކުރައްވައި، 10 ކްލާސްރޫމާއި ހޯލަކާއި އޮފީސް އމާރާތެއް ބިނާކުރެއްވި. އެ ސްކޫލްގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގައި ވެސް ބައިވެރިވި ކަމަށް ރައީސް އޮފީހުގެ ލިޔެކިޔުންތަކުން ދައްކާ. ހުސައިން އަބްދުﷲ ވަނީ 27 އަހަރު ވަންދެން މަރޮށީ މުނައްވަރާ ސްކޫލް ހިންގަވާފައި. ޒަމާނީ ފެންވަރަށް އެ ސްކޫލް ތަރައްގީ ކުރައްވާފައި ވަނިކޮށް، ސަރުކާރުގެ ސްކޫލަކަށް ހަދަން ސަރުކާރުން ބޭނުންވުމުން މުނައްވަރާ ސްކޫލަކީ ސަރުކާރުގެ ސްކޫލެއް ކަމަށް ފަހުން ބަދަލުކުރި. ހުސައިން އަބްދުﷲ ވަނީ ށ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ޕާކިސްތާނަށް ފޮނުވައި، ގުރުއާން ވެސް ހިތުދަސް ކުރުވާފައި ކަމަށް އެ މަނިކުފާނުގެ ގާތްބޭފުޅުން ވިދާޅަުވޭ.

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް (ނ.ކ.ޝ.އ) ދިވެހި ދައުލަތުން 2011 ގައި އަރުވާފައިވާ ހުސައިން އަބްދުﷲ މިރޭ އަވަހާރަވިއިރު، މިދިޔަ މަހުގެ 30 ގައި އެ މަނިކުފާނު ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން އައީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން. ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ އެމްއެޗްއޭގެ އިސްވެރިޔާ ހުސައިން އަބްދުﷲގެ އަނބިކަނބަލުން އާމިނަތު އާދަމް 83، ވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހު އަވަހާރަވީ އެ ބައްޔަށް ޕޮޒިޓިވް ވެގެން.

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑް-19 ގައި އުމުރުން 88 އަހަރުގެ މީހަކު ނިޔާވެފައިވާ ކަމަށް. މިއީ ކޮވިޑް-19 ގައި ރާއްޖެ އިން ނިޔާވި ހަތަރުވަނަ މީހާ.

މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް ބަލީގައި އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ ކޮވިޑް-19 ގައި ދެންމެ އަވަހާރަވެއްޖެ.

މަބްރޫކް: ފިލައިގެން ދިޔަ މީހުން ނެތް ކަން އެނގުނީ މި މަހުގެ 6-7 ގައި. އެ މީހުން ނެތްކަން އެނގުނީ އައިސޮލޭޝަނަށް ގެންދަން ވެގެން ބެލިބެލުމުން.

މަބްރޫކް: ފިލައިގެން ދިޔަ މީހުންގެ މައުލޫމާތު އެބަހުރި. ކުރިން ތިބި ތަންތަނުގައި އެ މީހުން ނެތް ކަމަށް ވަނީ. އެ މީހުން ދީފައި އޮތް ނަންބަރަކުން ނުވެއް ގުޅޭ.

ޑރ. މޫސާ މުރާދު: ކޮވިޑަށް ސީރިއަސް ބަލި މީހުންގެ ތެރެއިން އެންމެ ހާލު ބޮޑު މީހުން ތިބީ ޑީއެޗް 11 ގައި. ޖުމްލަ ތިން މީހަކު އެބަތިބި ޑީއެޗް 11 ގައި. އޭގެ ތެރެއިން ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި. އަދި އަނެކަކުގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު. ޓްރީޓޮޕްގައި 10 ބަލި މީހުން އެބަތިބި. ދެ މީހަކު ވަނީ ވެންޓިލޭޓަރުގައި. އެކަމަކު ވެންޓިލޭޓަރަށް ނުލާ އޮތް ބަލި މީހަކު ވަރަށް ސީރިއަސް ހާލަތުގައި އޮތީ. އޭނާ ވަރަށް ގާތުން މޮނީޓާ ކުރަމުން އެބަ ގެންދަން. އެހެން މީހުންގެ ހާލު ރަނގަޅު.

ޑރ. އަފްޒަލް: ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އާންމުންގެ އެއްބާރުލުމެއް ނުލިބޭ. ސާމްޕަލް ނެގުމަށް އެބަ އިންކާރުކުރޭ. އެކަމަކު ރެންޑަމްކޮށް މި ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން އެނގޭނީ މި އުމުރުގެ ތެރޭގައި ބަލި އޮތީ ކިހާ ވަރަކަށްކަން. ބައެއް ފަރާތްތަކުން ފަހަރެއްގައި ވެދާނެ ސާމްޕަލް ނެގީމަ ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު އޮތީމަ އެކަމަށް އިންކާރު ކުރަނީ ކަމަށް ވެސް.

ޑރ. އަފްޒަލް: ބަލިން މިއަދު 8 މީހަކު ވަނީ ރަނގަޅުވެފައި. އެހެންވެ މި ބަލިން ޖުމްލަ 40 މީހަކު ވަނީ ރަނގަޅުވެފައި.

މަބްރޫކް: ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތް މީހަކު ވަނީ ފިލައިފައި. އޭގެ ތެރޭގައި ހިމެނެނީ ސައިޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ ހަތަރު މީހަކާއި އެހެން ތިން މީހަކު. އެ މީހުން ފިލުމާ ގުޅިގެން އެޗްޕީއޭ އިން ޕޮލިހަށް އެންގި. އެ މީހުންގެ ތެރެއިން ހަތަރު މީހަކު ވަނީ ހޯދައިފައި. އަދިވެސް ތިން މީހަކު ނުފެނޭ.

ރޭގެ 12 އިން ފެށިގެން މިހާތަނަށް 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މި އަދަދާ އެކު ޕޮޒިޓިވްވި ޖުމްލަ މިހާރު ވަނީ 955 އަށް އަރައިފަ އެވެ.

މިހާރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް މިއަދު 300 ސާމްޕަލް ނަގާފައިވާ ކަމަށާއި ޖުމްލަ ސާމްޕަލްގެ އަދަދަކީ 13084 ކަމަށެވެ. މަބްރޫކްގެ އިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. މޫސާ މުރާދެވެ.