ދުރުގައި ތިބެގެން ވެސް ގުޅުން ބަދަހިކުރެވޭނެކަން އުރީދޫގެ މި ވީޑިއޯއިން
ދުރުގައި ތިބެގެން ވެސް ގުޅުން ބަދަހިކުރެވޭނެކަން އުރީދޫގެ މި ވީޑިއޯއިން

މި އަހަރުގެ ރޯދަ މަހަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް އެންމެ ތަފާތު ރޯދަ މަހަކަށް ވާނެ އެވެ. ކޮވިޑް-19ގެ ސަބަބުން އާއިލާ މީހުންނާއި ރައްޓެހިންނާ ދުރުގައި، ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅު އާއިލީ ގުޅުން ކުރިއަށް ވުރެ ބަދަހި ކުރުން މިވަނީ މުހިންމުވެފަ އެވެ.

ދުރުގައި ތިބެގެން ވެސް ގުޅުން ބަދަހިކުރެވޭނެކަން އުރީދޫގެ މި ވީޑިއޯއިން
ދުރުގައި ތިބެގެން ވެސް ގުޅުން ބަދަހިކުރެވޭނެކަން އުރީދޫގެ މި ވީޑިއޯއިން

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ އުރީދޫން މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އާއްމު ކުރި ވީޑިއޯ އިން ވެސް ދައްކުވައިދެނީ އާއިލީ ގުޅުމުގެ މުހިންމު ކަމެވެ. "އެންމެން އެކުގައި ވަގުތު ހޭދަ ނުކުރެވޭނެ ފަދަ ހާލަތެއްގައި ވީނަމަވެސް، އެ އުފާވެރިކަމާއި ގާތްކަން ބޭއްވޭނެ" މި ޝިއާރުގެ ދަށުން ތައްޔާރުކޮށްފައިވާ ވީޑިއޯއަކީ އުރީދޫ އޮޕްރޭޓް ކުރާ 11 ގައުމެއްގެ މީހުން ކުޅެފައިވާ ވީޑިއޯއެކެވެ. މީގެ ތެރޭގައި ގަތަރު، ކުވެއިތު، އޮމާން، ފަލަސްތީން، އަލްޖީރިއާ، ޓިއުނީޝިއާ، އެމެރިކާ، ފްރާންސް، ސައުތު އެފްރިކާ އަދި ރާއްޖެ ހިމެނެ އެވެ.

ދުރުގައި ތިބެގެން ވެސް ގުޅުން ބަދަހިކުރެވޭނެކަން އުރީދޫގެ މި ވީޑިއޯއިން
ދުރުގައި ތިބެގެން ވެސް ގުޅުން ބަދަހިކުރެވޭނެކަން އުރީދޫގެ މި ވީޑިއޯއިން

އުރީދޫގެ މި ވީޑިއޯ އިން ދައްކުވައިދެނީ ދުނިޔެ އަށް ދިމާވެފައިވާ މި ބަލިމަނޑުކަމުގެ ތެރޭގައި ވެސް ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ބޭނުންކޮށްގެން ރަހުމަތްތެރިނާއި އާއިލާއާ އެކުގައި ވަގުތު ހޭދަ ކުރެވޭނެ ގޮތްތަކެވެ. އެގޮތުން ދުރުގައި ތިބި ނަމަވެސް ވީޑިއޯ ކޯލާއި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކުގައި ވަގުތު ހޭދަ ކޮށްލެވޭނެކަން މި ވީޑިއޯ އިން ދައްކުވައިދެ އެވެ.

މި ވީޑިއޯއާ ގުޅޭގޮތުން އުރީދޫ ގްރޫޕުގެ ސީއީއޯ ޝެއިޚް ސައުދު ވިދާޅުވީ މި އަހަރުގެ ރޯދަމަސް އެހެން އަހަރުތަކާ ތަފާތުވި ނަމަވެސް ޓެކްނޮލޮޖީގެ ޒަރީއާ އިން ގުޅުން ބަދަހި ކުރުމަކީ އެންމެނަށް ވެސް ލިބޭނެ އުފަލެއް ކަމަށެވެ. އަދި މި ރޯދަ މަހު ގޭގައި ތިބެން ޖެހުމަކީ ގިނައިން އަޅުކަން ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ބަލައިގަތުމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔެ އަށް ދިމާވެފައިވާ މި ހާލަތާ ގުޅިގެން ރަމަޟާން މަހުގެ ރޫހު އިހްސާސްކުރެވިގެން މިދަނީ މުޅިން އާ ގޮތަކަށެވެ. ހަމަ ޔަގީނުންވެސް މިއީ ފަސޭހަގޮތެއް ނޫނެވެ. އެހެނަސް، އެންމެން އެއްތަންވެ ވަގުތު ހޭދަނުކުރެވޭފަދަ ހާލަތުގައި ވެސް އެ ގާތްކަން ބޭއްވޭކަމީ އުފަލެކެވެ. މި ލިބޭ ވަގުތަކީ އަޅުކަމުގައި ގިނަ ވަގުތުހޭދަކޮށް، ދުނިޔެ އާއި ހަޔާތާއި މެދު ވިސްނާލަން ލިބޭ ފުރުސަތެއްކަމުގައި ދެކެމާ ހެއްޔެވެ،" ޝެއިޚް ސައުދު ވިދާޅުވި އެވެ.

އުރީދޫން ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަ ވީޑިއޯއެއް އާއްމު ކުރެ އެވެ. ނަމަވެސް މި އަހަރުގެ ވީޑިއޯއަކީ އެހެން އަހަރުތަކާ ހިލާފަށް ގޭގައި ތިބެގެން ސްމާޓް ފޯނު ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯ އިން ފެންނަ ހުރިހާ މަންޒަރަކީ ވެސް ސޯޝަލް ޑިސްޓެންސިން އަށް ބަލައިގެން ތިމާ އާއި މުޖުތަމައުގެ ރައްކާތެރިކަމަށް ގޭގައިތިބުމަށް ބާރު އެޅުމުގެ ގޮތުން ކުޅެފައިވާ މަންޒަރުތަކެކެވެ.

ދުނިޔޭގެ 11 ގައުމެއްގެ މީހުން ފެންނަ މި ވީޑިއޯ އިން ރާއްޖޭގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ ޝިއުފާ އަހުމަދު ވެސް ބައިވެރިވެ އެވެ. މިއީ ޝިއުފާ ވީޑިއޯއެއް ކުޅުނު ފުރަތަމަ ފަހަރު ކަމަށްވާއިރު މި ތަޖުރިބާއަކީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް އޭނާ ބުންޏެވެ. އަދި ބައިނަލްއަގުވާމީ ވީޑިއޯއެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް ބުންޏެވެ.

ޝިއުފާ ބުނީ އުރީދޫގެ މި ވީޑިއޯއަކީ މުޖުތަމަ އަށް މުހިންމު މެސެޖެއް ފޯރުކޮށްދޭ ވީޑިއޯއަކަށްވާއިރު އެ މެސެޖު ދެނެގަނެ، އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ. އަދި އާއިލީ މީހުންނާ ދުރުގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅު އެކަކު އަނެކަކަށް އެހީތެރިވެ މި ކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ ހަމައެކަނި ވީޑިއޯއެއްކަމުގައި ނުދެކި މީގެއިން އިބުރަތެއް ހާސިލް ކުރުމަކީ މުހިންމު ކަމެއް. މި ރޯދަ މަހު އެންމެން ވެސް ގޭގައި ތިބެ މި ބަލިމަނޑުކަމުން އަރައިގަނެ ކުރިއެކޭ އެއްގޮތަށް ރައްޓެހިންނާއި އާއިލީ މީހުންނާ ބައްދަލު ކުރެވޭތޯ ދުއާ ކުރަންވީ. އަދި މި ދުވަސްތަކުގައި ވެސް އެ ގުޅުން ހީނަރު ވިޔަ ނުދީ ހިފަހައްޓަންވީ،" ޝިއުފާ ބުންޏެވެ.

ބަރަކާތްތެރި ރަމަޟާން މަހު އުރީދޫ އިން ބާރުއަޅަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން ވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކި، އިޖްތިމާއީ ގައިދުރުކަން ބަހައްޓައި، އެކަކު އަނެކަކާ އޮންނަ ގުޅުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދެމެހެއްޓުމަށެވެ. މި ރޯގާގައި އުރީދޫ އިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ކަސްޓަމަރުންނަށާއި މުޖުތަމައުތަކަށް ދިމާވެފައިވާ ދަތިތަކަށް ޑިޖިޓަލް ހައްލުތައް ހޯދައިދީ، ގޭގައި ތިބެގެން މަސައްކަތް ކުރުމާއި ކިޔަވާ ކުދިންނާއި ޓީޗަރުން ގުޅުވައިދީ ފިލާވަޅުތައް ކުރިޔަށްގެންދިއުމަށް މަގުފަހިކޮށްދީފަ އެވެ.