ވެންޓިލޭޓަރުގައި ރޯވެ ކޮވިޑް-19 ގެ ބަލި މީހުންތަކެއް ރަޝިޔާ އިން މަރުވެއްޖެ
ވެންޓިލޭޓަރުގައި ރޯވެ ކޮވިޑް-19 ގެ ބަލި މީހުންތަކެއް ރަޝިޔާ އިން މަރުވެއްޖެ

ޕީޓާސްބާގު (މެއި 12) - ރަޝިޔާގެ ސެއިންޓް ޕީޓާސްބާގުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ބޭނުންކުރާ ވެންޓިލޭޓަރެއްގައި އަލިފާން ރޯވެ ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ ފަސް މީހުން މަރުވެއްޖެ އެވެ.

ވެންޓިލޭޓަރުގައި ރޯވެ ކޮވިޑް-19 ގެ ބަލި މީހުންތަކެއް ރަޝިޔާ އިން މަރުވެއްޖެ
ވެންޓިލޭޓަރުގައި ރޯވެ ކޮވިޑް-19 ގެ ބަލި މީހުންތަކެއް ރަޝިޔާ އިން މަރުވެއްޖެ

ރަޝިޔާގެ ނިއުސް އެޖެންސީ، އިންޓަފެކްސް އިން ބުނީ އައިސީޔޫގައި އަލިފާނުގެ ހާދިސާ ހިނގީ ވެންޓިލޭޓަރެއްގެ ޝޯޓް-ސާކިޓެއްގެ ސަަބަބުން ކަމަށެވެ. އަލިފާން ވަރަށް އަވަހަށް ނިންވާލި ނަމަވެސް އެ ހޮސްޕިޓަލުގައި ތިބި 150 ބަލި މީހުން ވަނީ ބޭރަށް ނެރެފައި ކަމަށް އިމަޖެންސީ މިނިސްޓްރީން ބުންޏެވެ.

ވެންޓިލޭޓަރުގައި ރޯވެ ކޮވިޑް-19 ގެ ބަލި މީހުންތަކެއް ރަޝިޔާ އިން މަރުވެއްޖެ
ވެންޓިލޭޓަރުގައި ރޯވެ ކޮވިޑް-19 ގެ ބަލި މީހުންތަކެއް ރަޝިޔާ އިން މަރުވެއްޖެ

މަރުވި ފަސް މީހުން ވެސް ތިބީ ސެއިންޓް ޖޯޖް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގަ އެވެ. އެއީ ރަޝިޔާގެ ކުންފުންޏަކުން އުފައްދާ އެ ހޮސްޕިޓަލުގައި މި މަހު ބޭނުން ކުރަން ފެށި ވެންޓިލޭޓަރެކެވެ.

"ފުރަތަމަ ބެލި ބެލުންތަކުން އެނގިފައި ވަނީ ވެންޓިލޭޓަރުތައް އޯވަލޯޑްވެގެން އަލިފާން ރޯވީ ކަމަށް،" އިމަޖެންސީ މިނިސްޓްރީގެ އޮފިޝަލަކު އިންޓަފެކްސް ނިއުސް އެޖެންސީ އަށް ބުންޏެވެ.

ރަޝިޔާގެ އެންޓީވީ ވެބްސައިޓުން ބުނީ ހޮސްޕިޓަލުގެ ހަ ވަނަ ބުރީގައި ހުންނަ ކޮވިޑް-19 ގެ ވޯޑުން ބޭރަށް އަލިފާން ނުފެތުރޭ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ވެބްސައިޓުން ބުނީ ވެންޓިލޭޓަރުގައި ޝޯޓެއްވުމާ އެކު، އޭގެ އޮކްސިޖަން ކޮންސެންޓްރޭޝަން މަތިވުމުން "ވެންޓިލޭޓަރު ގޮވި" ކަމަށެވެ. އަދި ވޯޑުގެ ތެރޭގައި ދުން ބޯވުމުން މީހުން މަރުވީ ނޭވާ ހާސްވެގެން ކަމަށް ބުނެފައިވެ އެވެ.

އާބާދީގައި 4.9 މިލިއަން މީހުން ހިމެނޭ ޕީޓަސްބާގުން ވަނީ ކޮވިޑް-19 އަށް 5،483 ހޮސްޕިޓަލް އެނދު ޚާއްސަކޮށްފަ އެވެ. ޕީޓަސްބާގުން މިހާތަނަށް ވަނީ 8،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.