13 މެއި 2020 - 17:35

މާލޭގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ހޯލްސޭލަރުންނަށް ބޮޑު ޑިސްކައުންޓެއްގައި ތަކެތި ވިއްކަން ފަށައިފި އެވެ.
"ކުކުޅު ފިހާރަ" އިން ހޯލްސޭލަރުންނަށް 20-30 ޕަސެންޓްގެ ޑިސްކައުންޓް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން 800 ގްރާމް ކުކުޅު ކޭހެއް 224ރ. އަށް، 900 ގްރާމް ކުކުޅު ކޭހެއް 252ރ. އަށް. 1،000 ގްރާމް ކޭހެއް 280ރ. އަށް، 1،100 ގްރާމް ކޭހެއް 308ރ. އަށް، 1،200 ގްރާމް ކުކުޅު ކޭހެއް 337ރ. އަށް، 1،300 ގްރާމް ކުކުޅު ކޭހެއް 364ރ. އަށް ލިބޭ އިރު 1،400 ގްރާމު ކުކުޅު ކޭހެއް 393ރ. އަށް ލިބޭނެ އެވެ. ކުކުޅު ކޭހެއްގައި އިންނާނީ 10 ކުކުޅެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ މީހުން ވިއްކާ ތަކެތީގެ އަގުތައް ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. ކޮވިޑް-19 ގެ ހާލަތު ކުރިމަތިވުމުގެ ކުރިން ވިއްކަމުންދިޔަ އަގުތަކަށް ވުރެ މިހާރު ވިއްކަމުން އަންނަ އަގުތަކުން ގާތްގަނޑަކަށް 100ރ. ވަނީ އަގު ހެޔޮވެފަ އެވެ.
އެ ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، މިއީ މުޅި މާކެޓުގައި އެންމެ ހެޔޮ އަގުގެއްގައި ކުކުޅު ލިބެން އޮތް ފިހާރަ ކަމަށްވާ އިރު ފިހާރަތަކާއި ބޯޓުފަހަރަށް ވެސް ޑެލިވަރީ ކޮށްދެމުން އަންނަ ކަމަށެވެ. މިގޮތަށް ތަކެއްޗަށް އެ ފިހާރައިގެ ވެބްސައިޓުން އޮންލައިންކޮށް އޯޑަރުކޮށްލުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފަ އެވެ. މިގޮތަށް ހުޅުވާލީ، މި ހާލަތުގައި އެންމެ ރައްކާތެރިކަމާ އެކު ވިޔަފާރި ކުރެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކި ސައިޒުގެ ކުކުޅުގެ އިތުރުން ސޮސެޖާއި ބޯންލެސް ޗިކަން އާއި ޗިކަން ޑްރަމްސްޓިކް ކޭސް ވެސް އެފިހާރައިން ލިބޭނެ އެވެ. މީގެ އިތުރުން ފިޔާ، އަލުވި، ބިހާއި ތަރުކާރީ އާއި ޗީޒްގެ ބާވަތްތައް ވެސް އެފިހާރައިން ލިބޭނެ އެވެ.
އެފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު ހިލޭ ކޮށައި ދިނުމާއި ހިލޭ ޑެލިވަރީ ކުރުމުގެ ހިދުމަތް ވެސް ފޯރުކޮށްދެ އެެވެ. ޑެލިވަރީ ކުރަން ހުޅުމާލެ އިން ނަމަ 9666575 އަށް، އަދި މާލެއިން ނަމަ 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
"ކުކުޅު ފިހާރަ"އިގެ ތިން ތަން ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. އަދި ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ.