13 މެއި 2020 - 09:23

ރޯދަ މަސް ނިންމާލައި މުސްލިމުން ކުރިމަތިލާ ފިތުރު އީދާ ދިމާކޮށް ޑިޒްނީމް އީދު ތީމަކަށް ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
މީޑިއާތަކުން ބުނިގޮތުގައި ޑިޒްނީގެ ސްޓްރީމިން ޕްލެޓްފޯމް ޑިޒްނީ ޕްލަސް އަށް ކުރު ފިލްމެއްގެ ގޮތުގައި ހަދާ ފިލްމުގެ ނަމަކީ "އެމެރިލަން އީދު" އެވެ. މީގައި ކިޔައިދޭނީ ޕާކިސްތާނުން އެމެރިކާ އަށް ހިޖުރަކޮށްފައިވާ އާއިލާއެއްގެ ވާހަކަ އެވެ.
"އެމެރިކަން އީދު" ގެ ސެންޓްރަލް ކެރެކްޓާ އަކީ އަމީނާ ކިޔާ އަށް އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އޭނާ އަށް ޒާރާ ކިޔާ އާއިލާގެ އެހެން މެމްބަރަކާ ދިމާވާ ގޮތާއި އޭގެ ފަހުން އެ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލު ފިލްމުގައި ދައްކުވައިދޭނެ އެވެ.
"އެމެރިކަން އީދު" އަށް މިހާރު ކާސްޓުން ހޯދުމުގެ މަސައްކަތް ވެސް މިދިޔަ މަހުގެ ތެރޭގައި ކޮށްފައިވާ އިރު، ފިލްމުގެ މަންޒަރުތައް ނަގަން ހަމެޖހިފައި ވަނީ ލޮސް އެންޖެލިސްގަ އެވެ. މީގެ ޑައިރެކްޓަރަކީ
އަދި ޑިޒްނީ+ އިން ފިލްމު ގެނެސްދޭނެ އިރެއް އިއުލާނެއްނުކުރެ އެވެ.
އީދަށް ބިނާކޮށް ޑިޒްނީން ފިލްމެއް ގެނެސްދިނުމަކީ އެ ސްޓޫޑިއޯގެ ފިލްމުތަކަށް ލޯބިކުރާ މުސްލިމު ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ހަދިޔާއަކަށްވާނެ އެވެ.