13 މެއި 2020 - 13:00

ބެއިޖިން (މެއި 13) - ކޮރޯނާވައިރަސް ކޮންޓްރޯލްވުމަށް ފަހު ޗައިނާގެ ގިނަ ސްކޫލްތައް ހުޅުވާލި އިރު ބެއިޖިންގެ ސްކޫލްތަކުގެ ދަރިވަރުންގެ ހުން ބެލުމަށްޓަކައި އަތުގައި ބޭންޑެއް އަޅައިގެން މޮނިޓާ ކުރަން ފަށައިފި އެވެ.
ޓެމްޕަރޭޗާ ބޭންޑުން އެޕެއް މެދުވެރިކޮށް ދަރިވަރުންގެ ޓެމްޕަރޭޗާ ސްކޫލާއި ބެލެނިވެރިން މޮނިޓާ ކުރަމުން ގެންދާނެ އެވެ. ދަރިވަރަކު ހުން އަތުވެއްޖެ ނަމަ ޑޭޓާ މޮނިޓާ ކުރުމަށް ވަނީ އަންގައިފަ އެވެ.
ބެއިޖިންގެ ސްކޫލެއްގެ ޓީޗަރަކު ބުނީ ދަރިވަރުންގެ އަތުގައި އޮންނަ ބޭންޑަކީ ފިޓްނަސް އަތުކުރީ ގަޑިއެއް ކަހަލަ އެއްޗެއް ކަމަށެވެ. އަދި އެ ބޭންޑް 24 ގަޑިއިރު ވެސް އަޅައިގެން އުޅުމަށް ދަރިވަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޗައިނާގެ ވަރަށް ގިނަ ސްކޫލްތައް މިހާރު ވަނީ ހުޅުވަން ފަށައިފަ އެވެ. ޗައިނާގެ ވަރަށް ގިނަ ޕަބްލިކް އޭރިއާތަކުގައި މިހާރު ވަނީ ތާމަލް ކެމެރާ ހަރުކޮށްފަ އެވެ. ގިނަ ތަންތަނުގައި މީހުންގެ ފޯނު އެޕުގެ ކަލަ ރޭޓިން މެދުވެރިކޮށް އެ މީހުންގެ ޓްރެވަލް ހިސްޓްރީ އަދި ބަލީގެ ރިސްކް އޮތް މިންވަރު ދެނެގަނެ އެވެ.
ޗައިނާ އިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީން މަހަކަށް ފަހު މިހާރު ވަނީ އާ ކޭސްތައް ފެންނަން ފަށައިފަ އެވެ. އަދި އެ ސިޓީގެ އެންމެން ކޮރޯނާވައިރަހަށް ޓެސްޓް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.