އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ
އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

އަފްއާލް ވިދާޅުވީ، ޕޮޒިޓިވްވީ ހުޅުމާލޭގެ އެކަމަޑޭޝަން ބްލޮކްގައި އުޅޭ 47 ބިދޭސީންގެ ތެރެއިން 12 މީހެއް ކަމަށް. އެ މީހުންގެ ޕޮޒިޓިވްވިކަން އެނގުނީ އެ އެކޮމަޑޭޝަން ބްލޮކްގައި އުޅޭ ފަސް މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ރެންޑަމްކޮށް 10 މީހަކު އެ ބައްޔށް ޓެސްޓު ކުރުމުން ކަމަށް އަފްއާލް ވިދާޅުވި. އޭޑީކޭ ހޮސްޕިޓަލުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝްގެ މީހުން. އަފްއާލް ވިދާޅުވި ގޮތުގައި، މި މީހުން ބައްޔަށް ހުށަހެޅުނީ ހޮސްޕިޓަލުން ބޭރުން ކަމަށް ބެލެވޭ.

އޭޑީކޭ ހޮސްޕިޓަލްގެ 12 މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ. އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ދެންމެ ވިދާޅުވީ، އެއީ މުޅިން ވެސް ސަޕޯޓް ސްޓާފުން ކަމަށާއި އެންމެންނަކީ ބިދޭސީ މުވައްޒަފުން ކަމަށް.

ޑރ. އަފްޒަލް: ފޯލްސް ޕޮޒިޓިވް މި ވަނީ ދެ ގޮތަކަށް. އެއީ ސާމްޕަލް ނެގުމުގެ ތެރޭގައި ކަމެއް ވުން ނުވަތަ ލެބޯޓްރީގައި އޮޅުމެއް އެރުން. އެކަހަލަ ކަންކަން ހިނގާނެ. ސުވާލަކީ އައްޑޫ މީހާގެ ދެވަނަ ނަތީޖާ ނެގެޓިވްކަން ކިހާ ޔަގީންތޯ. އަޅުގަނޑުމެންނަށް ހަމަ ވަރަށް ޔަގީން.

މަބްރޫކް: ވެންޓިލޭޓަރު ހޯދުމަކީ އުނދަގޫ ކަމަކަށް ވެފައި ގެނެވެން އޮތީ ވެސް ވަރަށް އުނދަގޫ ކަމަކަށް ވާތީ އަޅުގަނޑުމެން ޑަބްލިޔުއެޗްއޯގެ އެހީ އަކަށް އެދުނީ. ފަހަރެއްގައި ވެސް އެއީ ޑަބްލިޔުއެޗްއޯ އިން ދޭ އެއްޗެއް ނޫން. އެ ވެންޓިލޭޓަރުތައް ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ގެންނަން ވާނީ އެޑްވާންސް ވެސް ދީފައި. އޭގެ ތެރެއިން 18 މެއިގައި 10 ވެންޓިލޭޓަރު، 25 މެއި އަދި އަންނަ މަހުގެ ތެރޭގައި ބާކީ އަންނާނެ ކަމަށް ވަނީ އަންގައިފައި.

ޑރ. އަފްޒަލް: މިއަދު ވެސް އެކަކު ވަނީ ރިކަވާ ވެފައި. އެއީ ކޭސް 86. މީގެ އިތުރުން އެކަކު ވަނީ ޑީއެޗް 11 އިން ދޫކޮށްލައިފައި. މިހާރު އެތާނގައި ތިބީ ތިން މީހުން.

މަބްރޫކް: ބިދޭސީން ތޮއްޖެހިގެން އުޅޭ އިތުރު ފަސް ތަނެއް މިހާރު ވަނީ ފެނިފައި. އެހެންވެ ޖުމްލަ 33 ތަނެއް މިހާރު މޮނީޓާކޮށް ބަލަނީ. މީގެ ތެރެއިން 30 ތަނަކުން ވަނީ ސާމްޕަލް ނެގިފައި. އަދި ބާކީ ތިން ތަނުން ވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް އެބަ ކުރެވޭ.

މަބްރޫކް: ޑަބްލިޔުއެޗްއޯ އިން ދޭ 5000 ޓެސްޓް ކިޓް މާދަމާ ލިބޭނެ. މެޑްޓެކުން މިއަދު 18 ވެންޓިލޭޓަރު ވަނީ ގެނެސްފައި.

ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭ ވެސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 45 މީހަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 835 އަށް އަރައިފި އެވެ.

އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މިއަދުގެ ހަވީރު 5:00 އާ ހަމައަށް ބަންގްލަދޭޝްގެ 22 މީހަކާއި 20 ދިވެއްސަކާއި ނޭޕާލްގެ ދެ މީހަކާއި އިންޑިއާގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން އެ ބައްޔަކަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިއަދު މިވަނީ 800 ހުރަސްކޮށްފަ އެވެ.

ރާއްޖެ އިން މިހާތަނަށް މި ބަލިން ރަނގަޅުވީ 28 މީހެކެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދެ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށެވެ. އެ ގައުމުގެ 460 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ މިއަދުގެ ހަވީރާ ހަމައަށް 279 އެކެވެ. މީގެ އިތުރުން ރާއްޖޭގައި އުޅޭ އިންޑިއާގެ 63 މީހަކަށް ވެސް އެ ބަލި ވަނީ ޖެހިފަ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝް ފިޔަވައި ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ.

މިދިޔަ މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން ކޮވިޑް-19 ގެ މީހަކު ފެނުނު ފަހުން، މާލެ އިން އެކަނި ވެސް 700 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މާލެ އިން ފުރަތަމަ ޕޮޒިޓިވްވި މީހާއާ ގުޅުން ހުރި ހަތަރު މީހުންގެ ތެރެއިން މިހާތަނަށް ވަނީ ދެ މީހަކު ރަނގަޅުވެފަ އެވެ. އެއީ އޭނާގެ ދެ އަހަރުގެ ދަރިފުޅާއި ޑައިރެކްޓް ކޮންޓެކްޓްވި އެހެން އަންހެނެކެވެ.