ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!
ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!

ދިރާގުގެ މުވައްޒަފުންނާއި ކަސްޓަމަރުން ދިރާގުގެ ހެޑް އޮފީހަށް މިއަދު ހެނދުނު ވަނުމާ އެކު އެހެން ދުވަސްދުވަހު ނުފެންނަ ކަހަލަ މަންޒަރެކެވެ. އެތަނުގެ ލޮބީ ޕްލާސްޓިކް ކޮތަޅާއި ފުޅިން ފުރާލައިފަ އެވެ. ހަމަ ހީވަނީ ކުނިގޮނޑެއްހެންނެވެ. އެހާ ވެސް އެތަނަށް އަޅާފައިވާ ކުނީގެ އަދަދު ގިނަ އެވެ.

ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!
ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!

ނަމަވެސް، މިއީ ކަނޑުތަކަށް ކުނި އެޅުމުގެ ނުރަނގަޅު އާދަ ހުއްޓުވައި، އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން "ފޯ ދަ އޯޝަން"ގެ ނަމުގައި ދިރާގުން ކުރިއަށް ގެންދާ ކެޕްމޭނެއް ފެށުމަށް ކުރިއަށް ގެންދިޔަ ސޯޝަލް އެކްސްޕެރިމަންޓެކެވެ.

ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!
ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!

ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ "ޕާލޭ" އާއި އެ ޖަމިއްޔާއިން ހަމަޖައްސާފައިވާ ރާއްޖޭގެ އެސޯސިއޭޓް، ބީމްއާ ގުޅިގެން ދިރާގުން ފެށި މި ކެމްޕޭން މިއަދު ލޯންޗު ކޮށްދިނީ ކެޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖަހައިގެން ދިވެހިންގެ މަގުބޫލުކަން ހޯދި އަބްދުލްގަފޫރު އަލީ (ގައްބެ) އެވެ.

ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!
ދިރާގު "ކުނިގޮނޑަކަށް"، ޕްލާސްޓިކާ ދެކޮޅު ބޮޑު ކެމްޕޭނެއް!

"ފޯ ދަ އޯޝަން" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަސަން ވިދާޅުވި ގޮތުގައި މި ކެމްޕޭނުގެ ދަށުން ވަރަށް ގިނަ ކަންތައްތައް ވަނީ ރާވާފައި އެވެ. އެގޮތުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ކޮތަޅު ބޭނުންކުރުން ހުއްޓާލުމަށް ބާރު އެޅުމަށް، އެއް ފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭ ރިޔޫޒަބަލް ކޮތަޅެއް ވަނީ ތައާރަފް ކޮށްފަ އެވެ.

"ދިރާގުގެ ހުރިހާ އޮފީހެއްގައި ޕްލާސްޓިކު އެއްކުރާ ތަނެއް ވަނީ ހަދާފައި. އަދި އެތަންތަނުން އެއްކުރާ ޕްލާސްޓިކުތައް ރީސައިކަލް ކުރުމަށް ބީމް މެދުވެރިކޮށް ޕާލޭ އަށް އެކްސްޕޯޓު ކުރާނެ،" މިރުޝާން ވިދާޅުވި އެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި ދިރާގަށް ޒިޔާރަތް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރިޔޫޒަބަލް ކޮތަޅު ދިނުމަށް ހަމަޖައްސާފައި އެވެ. އަދި ސްކޫލް ކުދިން މިކަމަށް އަހުލުވެރި ކުރުމަށް ތަމްރީން ޕްރޮގްރާމްތަކާއި ފަޅުތެރެ ސާފުކުރުމުގެ ހަރަކާތްތަކެއް ވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ގައްބެ ބުނި ގޮތުގައި ރާއްޖެ ވަށައި ކެޓަމަރާނުގައި ކުރި ދަތުރުގައި ކަނޑުގެ އެކި ސަރަހައްދުތަކުން ވެސް ޕްލާސްޓިކު ކޮތަޅާއި ފުޅި ފަދަ ތަކެތި ފެނުނެވެ.

"އަޅުގަނޑު ހީކުރީ މިފަދަ ޕްލާސްޓިކް ތަކެތި ފެންނަނީ ހަމައެކި ރަށްތައް ކައިރިން ކަމަށް. އެކަމު އެ ދަތުރުގައި ރަށްތަކުގެ އެތައް މޭލު ދުރުން، ރާއްޖޭގެ ކަނޑުއޮޅުތަކުގައި މިފަދަ އެއްޗެހި ފެނުނު. މިފަދަ ކަންކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުމަކީ އެންމެން ވެސް ވިސްނާ ފިކުރު ކުރަން ޖެހޭ ކަންކަން،" އޭނާ ބުންޏެވެ.

މި ރަސްމިއްޔާތުގައި ބީމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ ވިިދާޅުވީ ޕްލާސްޓިިކުގެ ސަބަބުން ލިބޭ ގެއްލުމަކީ އާންމުކޮށް އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށެވެ. އަދި ޕްލާސްޓިކް ބޭނުން ކުރުން މަޑުމަޑުން މަދުކޮށް، އޭގެން ލިބޭ ގެއްލުމާއި އެކަން މަދުކުރުމަށް ބަދަލެއް ގެނެވިދާނެކަން އަމިއްލަ އަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެންމެންގެ އެއްބާރުލުމާ އެކީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް، އޭގެން ލިބޭ ގެއްލުން މަދު ކުރެވޭނެ ކަމަށެވެ.