ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް
ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް

ޏ. ފުވައްމުލަކުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ މަގުން ކައްސާލައިގެން ގޮސް ފަޅުގައި އޮތް ދޯންޏަކަށް ވެއްޓި ހުކުރުދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް
ފުވައްމުލަކު އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް

މިދިޔަ ހުކުރު ދުވަހު މެންދުރު ފަހު އެ އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ޝަމީން ޖިހާދެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި ސައިކަލު ގޮސް ދޯންޏަށް އެރުމާ އެކު ދޯނީގައި ޖެހިފައި ޝަމީން ވެއްޓުނީ މޫދަށެވެ. އޭނާ މޫދުން ނެގި އިރު ވެސް ހެއެއް ނެތް ކަމަށް އެ މީހުން ބުނެ އެވެ.

އެކްސިޑެންޓުގައި އޭނާގެ ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އިއްޔެ އެމަޖެންސީގައި މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައި ބާއްވައިގެންނެވެ. އެކަމަކު ޝަމީންގެ ހާލު ވަރަށް ސީރިއަސް ކަމަށް އާއިލާއިން ބުނެ އެވެ.

"ޑޮކްޓަރުން ބުނަނީ 50 ޕަސެންޓް ޗާންސެކޭ އޮތީ ރަނގަޅު ވާނެ ކަމުގެ،" އާއިލާގެ މީހަކު ބުންޏެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ޝަމީން އޭނާގެ 15 އަހަރުގެ ފިރިހެން ކޮއްކޮ ގޮވައިގެން ދުއްވާލަން ނިކުމެ އުޅެނިކޮށެވެ. އެކަމަކު އެކްސިޑެންޓްގައި އޭނާގެ ކޮއްކޮއަށް މާ ބޮޑު އަނިޔާއެއް ނުވެ އެވެ. ސައިކަލަށް ވެސް މާ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.