16 އޮކްޓޯބަރ 2016 - 10:12

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ދައުވަތަކަށް، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މިއާން ރަޒާ ރައްބާނީ ރޭ ރާއްޖެ ވަޑައިގެންފި އެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)ގެ އިސް މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ރަޒާ ރައްބާނީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދާއި ބައެއް މެމްބަރުންނެވެ.
ރަޒާ ރައްބާނީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަޖިލީހުގެ ރައީސް މަސީހާ ބައްދަލު ކުރައްވާނެ އެވެ. އަދި އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮމާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހާލިދު ބިން ހިލާލް އަލް މާވަލީ ވެސް މިދިޔަ މަހު ރާއްޖެ ވަޑައިގެން، ރައީސް އަބްދުﷲ ޔާމީނާއި މަޖިލިހުގެ ރައީސް މަސީހްއާ ބައްދަލުކުރެއްވި އެވެ.