11 މެއި 2020 - 10:20

މީގެ ދެ އަހަރު ކުރިން ރިލީޒްކުރަން ނިންމި ނަވާޒުއްދީން ސިއްދީގީގެ ފިލްމު "ގޫމްކެޓޫ" އެންމެ ފަހުން ޑިޖިޓަލްކޮށް ރިލީޒްކުރަން ނިންމައިފި އެވެ.
ފޭމްޓަން ފިލްމްސް އާއި ސޮނީ ޕިކްޗާޒް ނެޓްވޯކް ގުޅިގެން ހަދާފައިވާ މި ފިލްމަކީ ޕުޝްޕެންދުރަ ނާތު މިސްރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި މަހުގެ 22 ގައި "ގޫމްޓެކޫ" ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ޒީ5 އިންނެވެ.
ކާމިޔާބު ލިޔުންތެރިއަކަށްވާން ނަވާޒުއްދީން ކުރާ މަސައްކަތުގެ ތެރޭގައި ކުރިމަތިވާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ހާއްސަ ފެނިލުންތަކުން މަޝްހޫރު ބައެއް ތަރިން ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަނާއި ރަންވީރު ސިންގް އާއި ސޮނާކްޝީ ސިންހާ އަދި ޗިތުރަންގަދާ ސިންގް ހިމެނެ އެވެ.
"ގޫމްކެޓޫ" އާ ބެހޭ ގޮތުން ޑައިރެކްޓަރު ބުނީ މިއީ އޭނާގެ "ޑްރީމް ޕްރޮޖެކްޓެއް" ކަމަށާއި މި ފިލްމަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީން ލިޔުންތެރިންނަށް ކުރިމަތިވާ ކަންކަމުގެ ސާފު މަންޒަރެއް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ.
"އަހަރެން އުފާކުރަން މި ފިލްމު ޒީ ފައިވުން ސްޓްރީމްކުރަން ނިންމާފައިވާތީ. އަދި ބެލުންޔެރިންނަށް ފިލްމުކަމުދާނެ ކަމަށް ވެސް ގަބޫލުކުރަން." ޕުޝްޕެންދުރަ ބުންޏެވެ.