08 މެއި 2020 - 17:31

ކޮވިޑް-19 ރާއްޖޭން ފެނުނު ފަހުން އެއް ދުވަހު އެންމެ ގިނަ މީހުން މިހާތަނަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު. އެ ދުވަހު 178 މީހަކު ޕޮޒިޓިވްވި. މިއަދަކީ ޕޮޒިޓިވް މީހުން ދެ ވަނަ އަށް އެންމެ ގިނައިން ފެނުނު ދުވަސް.
މިހާތަނަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލާދޭޝް މީހުން. އެންމެ ފަހުން ޕޮޒިޓިވްވި މީހުންނާ އެކު މިހާތަނަށް ބަންގްލާދޭޝްގެ 416 މީހަކު ވަނީ ޕޮޒިޓިވް ވެފައި. ދިވެހިންގެ އަދަދަކީ 238
އިތުރު 10 މީހަކު ޕޮޒިޓިވްވެ ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 744 އަށް އަރައިފި. އެންމެ ފަހުން ޕޮޒިޓިވްވީ ބަންގްލާދޭޝް ހަ މީހަކާއި ހަތަރު ދިވެއްސެއް.
ރާއްޖެ އިން ކޮވިޑް-19 އަށް މިއަދު ހަވީރު 5:00 އާ ހަމައަށް 86 މީހަކު ޕޮޒިޓިވްވެ، މިހާތަނަށް އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 734 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، އެންމެ ފަހުން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 67 މީހަކާއި 14 ދިވެއްސަކާއި އިންޑިއާގެ ތިން މީހަކާއި ސްރީ ލަންކާގެ އެކަކު އަދި ނޭޕާލްގެ މީހެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މި 86 މީހުންގެ ތެރޭގައި ހިމެނެނީ އެކްޓިވް ސާވެލަންސް ނުވަތަ ރެންޑަމްކޮށް ސާމްޕަލް ނެގި މީހުންނާއި ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅުނު މީހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުން ކަމަށް ވާއިރު، އެ މީހުންގެ އަދަދު މިއަދު މިވަނީ 400 އަށް އަރައިފަ އެވެ. މިއަދު ޕޮޒިޓިވްވި ބަންގްލަދޭޝްގެ 67 މީހުންނާ އެކު، އެ ގައުމުގެ 420 މީހަކަށް މިހާތަނަށް ވަނީ ރާއްޖެ އިން އެ ބަލި ޖެހިފަ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 228 އެވެ. އިންޑިއާގެ 57، ލަންކާގެ ފަސް މީހަކަށް ވެސް ވަނީ ރާއްޖެ އިން ކޮވިޑް-19 ޖެހިފަ އެވެ.
މިދިޔަ މާޗް 7 ން ފެށިގެން ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 700 ހުރަސް ކޮށްފައިވާއިރު، ރަނގަޅުވީ އެންމެ 20 މީހެކެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތިން މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖޭގައި އެ ބަލީގެ މީހަކު އެންމެ ފަހުން މަރުވީ ރޭގަ އެވެ. އެއީ މިދިޔަ އޭޕްރީލް 21 ގައި ކޮވިޑް-19 ޖެހުނު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ، ހާލު ސީރިއަސް ވެގެން އެ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް ރޭ 11:20 ގަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެއީ ސްޓްރޯކް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތި ކޮށްގެން ފަރުވާ ދީފައިވާ މީހެކެވެ. ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް އެ މީހާ ދިޔައީ ތަހައްމަލް ކުރަމުންނެވެ.