ހިލަރީ ގެންދަނީ އިންތިޚާބަށް ނުފޫޒްފޯރުވަމުން: ޓްރަމްޕް
ހިލަރީ ގެންދަނީ އިންތިޚާބަށް ނުފޫޒްފޯރުވަމުން: ޓްރަމްޕް

ނިއު ހެމްޝަޔާ (އޮކްޓޯބަރު 16) - ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަނަށް ފަހިވާ ގޮތަށް ނޮވެމްބަރު މަހު އޮންނަ އިންތިޚާބަށް އެމެރިކާގެ ކޮރަޕްޓް މީޑިއާތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.

ހިލަރީ ގެންދަނީ އިންތިޚާބަށް ނުފޫޒްފޯރުވަމުން: ޓްރަމްޕް
ހިލަރީ ގެންދަނީ އިންތިޚާބަށް ނުފޫޒްފޯރުވަމުން: ޓްރަމްޕް

ޖިންސީ ގޮތުން ޓްރަމްޕް ގޯނާކޮށްފައިވާ ކަމަށް އަންހެނުންތަކެއް ދާދި ފަހުން މީޑިއާގައި ވާހަކަ ދައްކާފައިވާތީ ވައިޓް ހައުސް އަށް ވަޑައިގަތުމުގެ ކެމްޕޭނަށް ޓްރަމްޕަށް ވަނީ ވަރަށް ބޮޑު ހުރަހެއް ކުރިމަތިވެފަ އެވެ. ޓްރަމްޕް އަމިއްލަފުޅަށް ވެސް ވަނީ އޭނާގެ އަގު ވައްޓާލުމަށް ބޮޑު ކެމްޕޭނެއް ހިންގާ ކަމަށް ވިދާޅުވެފަ އެވެ.

ހިލަރީ ގެންދަނީ އިންތިޚާބަށް ނުފޫޒްފޯރުވަމުން: ޓްރަމްޕް
ހިލަރީ ގެންދަނީ އިންތިޚާބަށް ނުފޫޒްފޯރުވަމުން: ޓްރަމްޕް

"ހިލަރީ ގެންދަވަނީ ނުފޫޒު ފޯރުވާ އަދި އޮޅުވާލާނެ ކަމަށް ބެލެވޭ އިންތިޚާބެއްގައި ވެރިކަމަށް ވާދަކުރައްވަމުން،" ނިއު ހެމްޝެއާގެ ޕޯޓްސްމައުތުގައި އޮތް ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ. "ކޮރަޕްޓް މީޑިއާ އިން މިހާރު ވެސް އެ ވަނީ ދޮގު ވާހަކަތައް ފަތުރައިގެން ހިލަރީ ހޮވުމަށް އިންތިޚާބަށް ނުފޫޒު ފޯރުވަމުން."

ޓްރަމްޕް އިއްޔެ ވަނީ މި މޭރުމުން ވިދާޅުވެ އޭނާގެ ޓްވިޓާ ފޮލޯކުރާ 12 މިލިއަން މީހުންނަށް ވެސް މެސެޖެއް ދެއްވައިފަ އެވެ. ޓްރަމްޕުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ހިލަރީ އަކީ އޭނާގެ މައްޗަށް ދައުވާކޮށް ޖަލަށްދާން ޖެހޭ މީހެއް ކަމަށެވެ. އޭގެ ބަދަލުގައި އެކަމަނާ ގެންދަވަނީ ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭ އިންތިޚާބެއްގައި ވެރިކަމަށް ވާދަކުރައްވަމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނިއު ޔޯކުގެ ބިލިއަނަރަށް ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ޖެހިވަޑައިގެންފައި ވަނީ މީޑިއާ އިން ފެންމަތިކޮށްފައިވާ ވާހަކަތައް ދިފާއު ކުރައްވާށެވެ.

"މީގައި އޮތް ގޮތަކީ މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރުން ނޫނީ ގައުމު އޮޔާދާން ދޫކޮށްލުން،" ސަޕޯޓަރުންނާ މުޚާތަބު ކުރައްވާ ޓްރަމްޕް ވިދާޅުވި އެވެ.

ހިލަރީގެ ކެމްޕޭން ޓީމުން ވަނީ އިންތިޚާބުން ބަލިވެއްޖެ ނަމަ އެކަން ބަލައިނުގަންނާނެ ކަމުގެ އަލާމާތްތައް ޓްރަމްޕުގެ ކިބައިން ފެންނަމުންދާ ކަމަށާއި އޭނާ ބަލިވެއްޖެ ނަމަ ސަޕޯޓަރުން ހަމަނުޖެހުން ހިންގުމަށް މިހާރު ފުރުސަތު ހުޅުވާލަމުންދާ ކަމަށެވެ.

ޓްރަމްޕުގެ ވާހަކަތަކަށް ރައީސް ބަރަކް އޮބާމާ ވެސް ވަނީ ރައްދު ދެއްވައިފަ އެވެ.

"މިހާރު ގެންދަވަނީ ބޭނުންވާ ގޮތަށް އިންތިޚާބުގެ ކަންތައް ނުގޮއްސި ނަމަ އެއީ ވިދާޅުވެވުނު އެއްޗަކުން ވީގޮތް ކަމަށް ގަބޫލް ނުކުރައްވާ، އެއީ އިންތިޚާބަށް ނުފޫޒު ފޯރުވާ މަކަރު ހެދުމުން ވީގޮތެއް ކަމަށް މާކުރިން ވިދާޅުވަމުން،" އޮބާމާ ވިދާޅުވި އެވެ. "މެޗު ނުކުޅެ ރެފްރީގެ ޝަކުވާއެއް ނުކުރެވޭނެ. މެޗު ކުޅުއްވާ."