އަހަރުނުވާ ކުއްޖެއްގެ ސާމްޕަލް ދޭން މައިންބަފައިންނަށް އަމުރުކޮށްފި
އަހަރުނުވާ ކުއްޖެއްގެ ސާމްޕަލް ދޭން މައިންބަފައިންނަށް އަމުރުކޮށްފި

އެއް އަހަރު ނުވާ ދިވެހި ކުއްޖެއްގެ ސާމްޕަލް ނަގަން ދެކޮޅު ހެދި މައިންބަފައިންނާ ދެކޮޅަށް ސިވިލް ކޯޓުން ރޭ އަމުރެއް ނެރެފި އެވެ.

އެ ކޯޓުން ބުނީ، ސާމްޕަލް ދޭން ދެކޮޅު ހެދި މައިންބަފައިންގެ މައްޗަށް، އެ ކުއްޖާގެ ސާމްޕަލް ނެގުމަށް މަގުފަހިކޮށް އެއްބާރުލުން ދީ ހުރަސް ނޭޅުމަށް އެންގުމާ އެކު، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކޮށްފައިވާ އަމުރު ތަންފީޒުކުރަން އެކަމުގައި ޝާމިލްވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް އިތުރު އަމުރެއް ރޭގެ ވަގުތެއްގައި ނެރެފައިވާ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން، އެ ބައްޔަށް ޝައްކުކުރެވޭ މީހުން އަންނަނީ ކަރަންޓީނުކޮށް ޓެސްޓުކުރަމުންނެވެ. އެކަމަށް ދެކޮޅު ހަދައިފި ނަމަ ކޯޓު އަމުރުގެ ދަށުން ވެސް އެކަން ކުރުމުގެ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ވަނީ ލިބިވަޑައިގެންފަ އެވެ.

މީގެ ކުރިން ވެސް ސާމްޕަލް ދިނުމަށާއި ކަރަންޓީން ފެެސިލިޓީއަށް ދިއުމަށް ދެކޮޅު ހެދި މީހުންނާ ދެކޮޅަށް ކޯޓު އަމުރު ނެރެފަައި ވެ އެވެ. ނަމަވެސް މިއީ މިހާ ތުއްތު ކުއްޖެއްގެ ސާމްޕަލް ނުދީގެން ކޯޓުން އަމުރު ނެރުނު ފުރަތަމަ ފަހަރެވެ.