07 މެއި 2020 - 00:36

ސޮނެވާ ޖާނީ ރިސޯޓުގެ ވިލާއެއްގައި މަސައްކަތުގައި އުޅެނިކޮށް މޫދަށް ވެއްޓި ބިދޭސީއަކު މިރޭ މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ރިސޯޓުގެ ވިލާއެއްގައި މަސައްކަތްކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައިވާ މައްސަލައެއް 8:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ބަންގްލަދޭޝް ފިރިހެނެކެވެ.
"މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓުތައް ބަންދުކޮށް އެ ރިސޯޓުތަކުގައި ތިބި މީހުން ވަނީ ފައިބަން ފަށައިފަ އެވެ. އަދި ބައެއް ރިސޯޓުތަކުގައި ވަނީ މަރާމާތުގެ މަސައްކަތް ފަށައިފަ އެވެ. ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓުގެ ބައެއް މުވައްޒަފުން ވެސް މިހާރު ވަނީ އެ ރިސޯޓުން ފައިބައިފަ އެވެ.