އެއްވެސް ރަށެއްގައި ރައްކާތެރި ސާމާނު ހުސްވެފައެއް ނުހުންނާނެ: މަބްރޫކް
އެއްވެސް ރަށެއްގައި ރައްކާތެރި ސާމާނު ހުސްވެފައެއް ނުހުންނާނެ: މަބްރޫކް

މަބްރޫކް: އަބަދު ދައްކަމުން ގެންދާ ވާހަކަ އަކީ މިފަދަ ކާރިސާއަކުން ސަލާމަތް ވުމަށް މުޅި އެންމެންގެ އެއްބާރުލުން ބޭނުންވާ ވާހަކަ. ކުލީގެ ކަންތަކުގައި، 11 މީހަކު މިހާރު ވެސް އެބަތިބި އަޅުގަނޑުމެން ކައިރީގައި ކުލި ނުދެއްކުނީމަ މުޅި އާއިލާ އެއްކޮށް ބޭރުކޮށްލައިފައި. އެ މީހުން ބޭރުކޮށްލައިފައި، ދެން އެތަނަށް މިހާރު ވަންނާނީ ވެސް ކާކުތޯ؟ މި ކަންކަމުގައި ވީވަރަކުން އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން. އެކަމަކު މިހާރު ކަން ކުރާ ގޮތަކުން އަޅުގަނޑުމެން ފަހުން ފަހުރިވެރިވާން ޖެހޭނެ. އެއީ ނަމޫނާ އަކަށް މުޖުތަމައަށް ދެއްކެން ޖެހޭނެ ކަމެއް.

މަބްރޫކް: އުސޫލެއް ނެރުނީ އެއަށް އެންމެން ވެސް ތަބާވާން. ޖެންޑާ މިނިސްޓްރީގެ ފަރާތުން ނެރެފައިވާ އުސޫލަކީ އެކަން ކުރަން ޖެހޭ ގޮތް. އަޅުގަނޑުމެން އެބަ ބަލަން ކަރަންޓީނު ފެސިލިޓީތަކަށް ގެންދިޔަ ބަޔަކު އެތާނގައި ނެތީ ކޮން ބައެއްތޯ. އޭގެ ތަފުސީލެއް އަޅުގަނޑަަކަށް ލިބިފައެއް ނެތް.

ޑރ. އަފްޒަލް: ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން އެންމެންނަށް ވެސް އެބަ އެނގޭ. އެހެންވެ މަގުމައްޗަށް ނުކުންނަ މީހުން އެ ހުށަހެޅެނީ އެކްސްޕޯޝާއަކަށް. ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅަން ވާނެ. އެ ސްޕެރެޑް ކުޑަކުރެވޭނީ ރައްކާތެރިވެގެން.

މަބްރޫކް: ރާއްޖޭގެ އެއްވެސް ހޮސްޕިޓަލެއްގައި، ސިއްހީ ހިދުމަތް ދޭ ތަނެއްގައި ރައްކާތެރި ސާމާނު ހުސްވެފައެއް ނުހުންނާނެ. ސެންޓްރަލީ ސްޓޮކެއް ބަހައްޓާފައި ހުންނާނެ. ސަބަބަކީ އެ ހިސާބުން ރަށެއްގައި ބަލި ފެތުރިގެންފި ނަމަ އެ ހިސާބަކަށް ގިނައިން ފޮނުވުމަށް ޓަކައި.

ޑރ. އަފްޒަލް: ޓްރޫ ޕީކެއް ލޮކްޑައުންގެ ހާލަތުގައި އައުމަކީ ނާދިރު ކަމެއް. ޓްރޫ ޕީކްއޭ އަޅުގަނޑުމެން މި ދަންނަވަނީ ލޮކްޑައުން އަށް ފަހު، ދޫކޮށްލުމުން ފެތުރިގަންނަ ފެތުރިގަތުމަށް. ލޮކްޑައުންގެ ބޭރުން ފެތުރިގަތުމަށް. އޭރުން މި ދަންނަވާ ބޮޑެތި ކްލަސްޓާތަކުން ފެންނަ ވަރު ގިނަވެދާނެ.

ޑރ. އަފްޒަލް: ޑީއެޗް 11 ގައި ތިބި މީހުންގެ ތެރެއިން އެކަކު އައިޖީއެމްއެޗަށް މިހާރު ވަނީ ބަދަލުކޮށްފައި.

މަބްރޫކް: މަސް މާރުކޭޓު ބޭނުން ނުކުރެވި އުނދަގޫތަކެއް ކުރިމަތިވެފައިވާތީ، އެތަން ބޭނުންކުރެވޭނެ ގޮތްތަކެއް ސިޓީ ކައުންސިލުން އެބަ ހަމަޖެެއްސުން. މީގައި މަސައްކަތް ކުރަނީ މަސް ޑެލިވަރީ ކުރެވޭނެ ގޮތެއް އަދި މަސް މާރުކޭޓު ބޭނުން ކުރެވޭނެ ގޮތެއް ހެދުން.

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މައުލޫމާތު ދެއްވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމްް އަފްޒަލް.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 600 އަށް މިއަދު އަރައިފި އެވެ.

އެޗްޕީއޭ އިން ދެންމެ ހާމަކުރި ހިސާބުތަކަށް ބަލާއިރު މިއަދުގެ ހަވީރު 4:30 އާ ހަމައަށް ވަނީ 618 މީހަކު ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއަދުގެ އެ ވަގުތާ ހަމައަށް އެކަނި ވެސް 43 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭ އިން ބުނީ، މިއަދު ޕޮޒިޓިވްވީ ބަންގްލަދޭޝްގެ 35 މީހަކާއި އަށް ދިވެއްސަކާއި އިންޑިއާގެ ދެ މީހެއް ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން އުޅޭ މީހުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ މީހުންނެވެ. މިއަދުގެ ހަވީރާ ހަމައަށް އެ ގައުމުގެ 325 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ދިވެހިން ތެރެއިން ޕޮޒިޓިވްވީ 213 މީހެކެވެ. އިންޑިއާގެ މީހުންގެ އަދަދަކީ 54 އެވެ. މިއީ ރާއްޖެ އިން އެންމެ ގިނައިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ނިސްބަތްވާ ގައުމުތަކެވެ. ދެން އުޅެނީ ސްރީ ލަންކާ އާއި ޕާކިސްތާނާއި ނޭޕާލާއި އިޓަލީގެ މީހުންނެވެ.

މިދިޔަ މާޗް 7 ން ފެށިގެން މިހާތަނަށް ރާއްޖެ އިން 618 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 20 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ދެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ.

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި އިސްވެ މަސައްކަތް ކުރާ ސިއްހީ އޮފިޝަލުން ދެއްވާ މައުލޫމާތުތަކުގެ އަލީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ރާއްޖޭގައި އެ ބަލި ފެތުރޭ މިންވަރު މައްޗަށް ހިނގައިދާނެ ކަމަށެވެ. އެހެންވެ، ވިސްނުންތެރިކަމާއި ފަރުވާތެރިކަމާ އެކު އެ މުއްދަތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.