07 މެއި 2020 - 09:17

ޓްވިޓްތަކަށް ޖަވާބު ދިނުމަށް ޓްވީޓް ޕޯސްޓްކުރުމުގެ ކުރިން އެއާ މެދު ދެވަނަ ފަހަރަށް ވިސްނައިލަން ޖެހޭ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.
ޓްވިޓާ އިން ކުރި ޓްވީޓެއްގައި ބުނީ މި ވަގުތު މީ ފީޗާ މަސައްކަތްކުރާނީ އައިިއޯއެސް ޑިވައިސްތަކުގައި ކަމަށެވެ. މި ފީޗާގެ މައިގަނޑު ބޭނުމަކީ މީހުން ނުރުހޭ ކަހަލަ ބަހުރު ބޭނުންކުރުން ހުއްޓުވުމެވެ.
މީގެ ކުރިން އިންސްޓަގްރާމުން ވެސް ވަނީ ހަމަ މިފަދަ ބަދަލެއް ގެނެސްފަ އެވެ. ސޯޝަލް މީޑިއާއާ އެކު ސައިބަބްލީން އަކީ ވަރަށް ބޮޑުވެފައިވާ މައްސަލައަކަށްވާތީ އެކިއެކި ޕްލެޓްފޯމްތަކުން އަންނަނީ އެކަމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.
ޓްވިޓާ އިން ބުނީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން އޭގެ އުސޫލުތަކާއި ހަމަތަކަށް އަބަދު ވެސް ތަބާވާން ޖެހޭނެ ކަމަށާއި އެ ޕްލެޓްފޯމަކީ ނަފުރަތާއި ރުޅިވެރިކަމަށް އެއްވެސް ހާލެއްގައި ފުރުސަތުދޭނެ އެއްޗެއް ނޫން ކަމަށެވެ.