އިޝާން ލަވަކިޔުން ހުއްޓާލައިފި
އިޝާން ލަވަކިޔުން ހުއްޓާލައިފި

ރާއްޖޭގައި ބޭއްވި ފުރަތަމަ މޯލްޑިވިއަން އައިޑޮލްގައި ވާދަކޮށް މުބާރާތުން ތިނަ ވަނަ ހޯދި ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފި އެވެ.

ތ. ތިމަރަފުއްޓަށް އުފަން ލަވަކިޔުންތެރިޔާގެ ފޭސްބުކް ޕޭޖްގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އޭނާ ލަވަ ކިޔުން ހުއްޓަލަނީ ދީނީ ސަބަބުތަކަށްޓަކަ އެވެ.

އެކަމާ ބެހޭ ގޮތުން ފޭސްބުކްގައި އޭނާ ދިގު ޕޯސްޓެއް ލިޔެފައިވެ އެވެ. އޭގައި ބުނެފައިވަނީ ހިތަށް ހަމަޖެހުން ބޮޑީ ލަވަޔާއި މިއުޒިކާ ދުރުވެގެން ކަމަށެވެ.

އިޝާން ބުނެފައިވާ ގޮތުގައި ލަވަކިޔައިގެން އެންމެ ރެއަކުން ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުންނެވެ.

"ފުދުންތެރިކަމާއި ތަނަވަސްކަމަކީ ވެސް އިންސާނާގެ ހިތާ ގުޅިފައިވާ ކަމެއްކަން މިއަދު އިހުސާސްވޭ،" އިޝާން ބުންޏެވެ.

އިޝާން ލަވަކިޔުން ހުއްޓައިލި ވާހަކަ އިއުލާންކުރުމާ ގުޅިގެން ރާއްޖޭގެ މިއުޒިކީ އުދަރެހުން އެންމެ ގަދައަށް ވިދައިލި، އެކަމަކު ދީނީ ސަބަބުތަކަކާ ހެދި މިހާރު ލަވަ ކިޔުން ހުއްޓާލާފައިވާ އަލީ ރަމީޒް ވަނީ މަރުހަބާ ކިޔައިފަ އެވެ.