ކްލީންޓެކް: ޑިސްއިންފެކްޓް ކުރުމުގައި ބޮޑު ލުޔެއް
ކްލީންޓެކް: ޑިސްއިންފެކްޓް ކުރުމުގައި ބޮޑު ލުޔެއް

ކްލީންޓެކް އަކީ 2016 ވަނަ އަހަރުން ފެށިގެން ކްލީނިން އާއި ޑިސްއިންފެކްޝަންގެ ދާއިރާއަށް ވަރަށް ތަފާތު ހިދުމަތެއް ދެމުން އަންނަ ކުންފުންޏެކެވެ. މުޅި ދުނިޔެ އަށް ކުރިމަތިވި ނުރައްކާތެރި ބަލި ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށް ފޯރުމާއި ގުޅިގެން ޑިސްއިންފެކްޝަންގެ މަސައްކަތަށް ޑިމާންޑް ބޮޑުވެ، އެކުންފުނިން ކުރާ މި މަސައްކަތަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ކްލީންޓެކް: ޑިސްއިންފެކްޓް ކުރުމުގައި ބޮޑު ލުޔެއް
ކްލީންޓެކް: ޑިސްއިންފެކްޓް ކުރުމުގައި ބޮޑު ލުޔެއް

އަލަށް އުފެދުނު ޑިމާންޑާ އެކު ޑިސްއިންފެކްޝަނަށް ބޭނުންކުރާ ޒަމާނީ ފެންވަރުގެ ތަކެއްޗަށް އެކުންފުނި ވެސް ވަނީ އަޕްގްރޭޑް ކޮށްފަ އެވެ. ކްލީންޓެކް އިން ބޭނުންކުރާ ޑިސްއިންފެކްޓެންޓަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އާއި އެމެރިކާގެ އީޕީއޭ ގައިޑްލައިނުގައި ވެސް ބަލައިގަނެފައިވާ ތަކެތި ކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ބުނެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެ ކުންފުނިން ބޭނުން ކުރަނީ ޔޫއެލްވީ ފޮގާސް އާއި މައިކްރޯ ސްޓީމް ފަދަ އެންމެ ޒަމާނީ މެޝިންތަކެވެ. މިގޮތަށް މި މެޝިން ބޭނުން ކުރުމުގެ ސަބަބުން ކަރަންޓުން ބޭނުން ކުރާ ސާމާނާއި ކަރުދާސް ފަދަ ތަކެއްޗަށް ވެސް އެއްވެސް ގެއްލުމެއް ނުލިބި ތަންތަން ސާފުކޮށްލެވެ އެވެ. މީގެ އިތުރުން ތަންތަން ޑިސްއިންފެކްޓް ކުރުމުގައި އެކުންފުނީގެ މުވައްޒަފުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އަކީ ޑުޕޯންޓް އާއި ހަނީވެލްގެ އިތުރުން އަންސެލް ފަދަ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގެ އުފެއްދުންތަކެވެ. މި ތަކެއްޗަކީ އައިއެސްއޯ މިންގަނޑަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ.

މީގެ ސަބަބުން ޑިސްއިންފެކްޓް ކުރާތަނާއި އެ އިމާރާތުގެ އުޅޭ މީހުންނާއި ޑިސްއިންފެކްޓް ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރެވި، ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް ކްލީންޓެކް މެނޭޖްމަންޓުން ބުނެ އެވެ.

އޮފީސް އިމާރާތްތަކާއި ރިސޯޓުތަކާއި ރެސްޓޯރަންޓާއި ގުދަނާއި ޖިމާއި ސިއްހީ ހިދުމަތްދޭ ތަންތަން އަދި މަތިންދާ ބޯޓު ވެސް ޑިސްއިންފެކްޓް ކުރުމުގެ ގާބިލުކަން ކްލީންޓެކްގައި އެބަ ހުއްޓެވެ. އެގޮތުން ދާދި ފަހުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ބޭންކް އޮފް ސިލޯން (ބީއޯސީ)، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)، މޯލްޑިވްސް ކޮމާޝަލް ބޭންކް (އެމްސީބީ)، ކޮކާކޯލާ، ލިލީ އެންޓަޕްރައިޒަސް އަދި ވީބީ މާޓް ފަދަ ބޮޑެތި ވިޔަފާރިތަކުގެ އިމާރާތްތައް ޑިސްއިންފެކްޓް ކޮށްފަ އެވެ.

ކްލީންޓެކްގެ މަސައްކަތްތަކުގެ އެންމެ ބޮޑު ބާރަކީ ޑިސްއިންފެކްޓް ކުރުމުގައި ކުންފުނިން ގެންގުޅޭ އުސޫލުތަކާއި އިންޓަނޭޝަނަލް މިންގަނޑުތައް ދެމެހެއްޓުމާއި މަސައްކަތް ކުރާ ހީވާގި ޓީމް ކަމަށް ކްލީންޓެކްގެ މެނޭޖަރު މުހައްމަދު ބައްސާމް ވިދާޅުވި އެވެ.

މި ހިދުމަތުގެ އިތުރު މައުލޫމާތު ހޯއްދުމަށް ނުވަތަ ސަވިސް ބުކްކުރެއްވުމަށް އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 7779413 ގުޅާލުމުން ލިބޭނެ އެވެ.