ޔުކްރެއިނުގައި ތިބި 32 ދިވެއްސަކު ރާއްޖެ އަންނަނީ
ޔުކްރެއިނުގައި ތިބި 32 ދިވެއްސަކު ރާއްޖެ އަންނަނީ

އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެ (މޭ 4) ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓީވްވީ 20 މީހުން. އެންމެ ފަހުން ޕޮޒިޓިވްވި ކަމަށް ހެލްތު މިނިސްޓްރީގެ ޑޭޝްބޯޑުގައި ވަނީ ހަ މީހުން. އެއީ. ބަންގްލަދޭޝްގެ ހަތަރު މީހަކާއި ދެ ދިވެހިން. މިއާ އެކު، އިއްޔެއާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 551 މީހުން.

އިތުރު ހަތަރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެއީ ތިން ދިވެއްސަކާއި ބަންގްލަދޭޝްގެ އެކަކު ކަމަށް އެޗްޕީއޭ އިން ބުނޭ. މިއަދުގެ ހިސާބުތައް ދައްކާ ގޮތުން މޭ 4 ގައި އެ ބައްޔަށް ޕޮޒިޓިވްވީ 14 މީހުން. އެއީ ހަތަރު ދިވެއްސަކާއި ބަންގްލަދޭޝްގެ 10 މީހުން. ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ މިހާރުގެ ޖުމްލަ އަކީ 545.

މަބްރޫކް: ރާއްޖޭގެ އެކި ރަށްރަށަށް މިހާރު ދަތުރުކުރާ މީހުންނަކީ މާލޭގައި ވަރަށް ގިނަ ދުވަހު ތާށިވެފައި ތިބި މީހުން. އެ މީހުންގެ އަމިއްލަ ރަށްރަށަށް ދިއުންް އެއީ ވަކި އިންތިޒާމުތަކެއްގެ ތެރޭގައި ނޫނީ ނުކުރެވޭނެ ކަމެއް. އެ މީހުން ކަރަންޓީނު ކުރަން ޖެހޭނެ. އަދި އަލާމާތެއް ފެނިއްޖިއްޔާ ޓެސްޓް ކުރެވެން ވެސް ޖެހޭނެ. އަދި ޓެސްޓްކުރުމަށް ފަހު އައިސޮލޭޓް ވެސް ކުރެވެން ޖެހޭނެ. ގަބޫލުކުރަން ޖެހޭނެ މިފަދަ ބޮޑު ކަމެއްގައި ހަމަ އެކަނި ސަރުކާރުން ފޯރުކޮށްދޭ ކަންކަން އެކަންޏެއް ނޫން ބަލަން ޖެހޭނީ. އަމިއްލަ ޒިންމާ ވެސް މީގައި އޮންނަން ޖެހޭނެ. މުޅި މުޖުތަމައުގެ އެއްބާރުލުން ލިބިގެން ނޫނީ މިވަރުގެ ކަމަކުން އަރައެއް ނުގަނެވޭނެ.

މަބްރޫކް: ކަރަންޓީނަކީ ކުރަން ޖެހޭނެ ކަމެއް. ޑޮކްޓަރުން ވެސް އެ ފާހަގަ ކުރައްވާ ކަމަކީ އެއީ. ކަރަންޓީނު ކުރުމަކީ ރާއްޖޭގައި އެކަންޏެއް ނޫން، ހުރިހާ ގައުމެއްގައި ވެސް ކުރަމުން އަންނަ ކަމެއް. އަޅުގަނޑުމެން ފުރަތަމަ ވެސް ބުނަމުން އައި ވާހަކައަކީ ސަރުކާރަކުން އެކަނި ކުރާ މަސައްކަތަކުން އެކަނި އެކަމެއް ނުވާނެއޭ. ޑަބްލިޔުއެޗްއޯ އިން ވެސް ބުނީ އެހެން. އެހެންވީމަ ގޭގޭގައި ކަރަންޓީން ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެއް. އަދި އެކަން އެ ގޮތަށް ދޭތޯ ވެސް ފުލުހުންނާއި ކައުންސިލްތަކުން ވެސް ބަލަންޖެހޭ ރަށްރަށުގައި.

ޑރ. އަފްޒަލް: އިންޑިޕެންޑެންޓް 39 ކޭސް ވަނީ ފެނިފައި. އޭގެ މާނައަކީ އެއީ ކޮމިއުނިޓީގައި ނޭނގި ދިމާތަކުން ފެތުރޭކަމުގެ ނިޝާނެއް. އެކަމަކު އެއީ ކޮންޓްރޯލް ސިޓުއޭޝަނެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ.

މަބްރޫކް: މާލޭގައި ތިބެފައި ރަށްރަށަށް ދިއުމުގެ ކުރިން މަޝްވަރާ ކުރެވޭ ކައުންސިލްތަކާ. ކިހިނެއްތޯ މިކަން ކުރެވޭނީ. އައްޑު އަށް ދިޔަ 28 މީހުންގެ ތެރެއިން 5 މީހަކު ތިބީ ކަރަންޓީން ފެސިލިޓީގައި. އަނެއް 23 މީހުންް ތިބީ ގޭގައި އައިސޮލޭޝަންގައި. އެ ފަސް މީހުންނަށް ގޭގައި ތިބެވެން ނެތީމަ ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔައީ.

މަބްރޫކް: މިހާތަނަށް އައިއިރު އަޅުގަނޑުމެންނަކަށް އައިސްފައެއް ނުވޭ އެއްވެސް ފެސިލިޓީއަކުން ބިދޭސީން ފިލައިގެން ދިޔަކަމެއް. ނުކުމެގެން ދިޔަ ކަމެއް ވެސް. އަޅުގަނޑު ވެސް ދުށިން ވީޑިއޯއަކުން. އެކަމަކު އެއީ ތަނެއްގައި ބަލަހައްޓަމުން ދިޔަ މީހެއް.

މަބްރޫކް: އެމްބިއުލާންސްގެ އެއް ދަތުރާ އަނެއް ދަތުރާ ދޭތެރޭގައި ލަސްތަކެއް އުޅޭތީ އެ މައްސަލަ އެބައޮތް. ބަލިތަކުގައި ހޮސްޕިޓަލަށް ދާ މީހުންނަށް ކާރެއްގައި މިހާރު ދެވޭކަށް ނެތް. ދެން އޮތް މައްސަލައަކީ އެމްބިއުލާންސް އިތުރު ކުރާނީ ކިހިނެއްތޯ. ދެން އޮތް ގޮތަކީ އެހެން ހޮސްޕިޓަލްތަކުގެ އެމްބިއުލާންސް ބޭނުން ކުރުން. އެ އިންތިޒާމުގެ ކަންކަން އެބަ ހިނގާ މިހާރު.

މަބްރޫކް: މުދާ އުފުލާ ބޯޓުތަކަށް އެކި ކަހަލަ ހާލަތް އެބަހުރި ދިމާވެފައި. ބައެއް ބޯޓުތަކަކީ މުދާ ހިފައިގެން އަންނަ ބޯޓުތައް. އެ ބޯޓުތައް މުދާ ބާލާފައި މުދާ ހިފައިގެން ދާ ބޯޓުތައް. ބައެއް ބޯޓުތަކަކީ ހަތް ދުވަސް މާލޭގައި ހޭދަކުރާ ބޯޓުތައް. އެ ބޯޓުތަކަށް ބޭނުންވާ ކަންކަން ވެސް އެބަ ފޯރުކޮށްދެން. ގިނަ ދުވަސްތަކުގައި މާލޭގައި އޮންނަ ބޯޓުފަހަރުގައި ހަދާ ގޮތަކީ އެ މީހުން އެނބުރި ދިޔައީމަ ހަމަ ކަރަންޓީނުގައި ބައިތިއްބަނީ.

ޑރ. އަފްޒަލް: ޑީއެޗް 11 ގައި އޮތް ހަ މީހުންގެ ތެރެއިން އެކަކު ވެންޓިލޭޓަރުގައި. އަދި ދެ މީހަކަށް ވަނީ އޮކްސިޖަން ދޭން ފަށައިފައި. އެހެން މީހުންގެ ހާލު ރަނގަޅު.

ޑރ. އަފްޒަލް: މިއަދު ވެސް ބާޒާރު ކްލަސްޓާގެ ހަ މީހަކާއި އިންޑިޕެންޑެންްޓް އެކަކު ފެނިފައިވޭ. މީގެ އިތުރުން ދެން ވެސް ހުރީ ހަމަ އެހެން ކްލަސްޓާތަކާ ގުޅުން ހުރި މީހުން.

ޑރ. އަފްޒަލް: ހައި ރިސްކް ކޮންޓެކްޓްތައް ކުރިއަށް ތާނގައި ނަގަން ހަމަޖެހިފައިވާތީ އާއި ޓެސްޓްތައް ހެދެމުން ދާތީ ކޮންމެ ދުވަހަކު ޕޮޒިޓިވްް އަދަދުތައް ދާނީ ދަށަށޭ އަދި ނުދެންނެވޭނެ. އިތުރުވުމުގެ ފުރުސަތު ވެސް އެބަ އޮތްް.

މަބްރޫކް: ޔުކްރެއިންގައި ތިބި 32 ދިވެއްސަކަށް ރާއްޖެ އާދެވޭ ގޮތް ވެއްޖެ. މިއަދު ތައިލެންޑްގެ ބޯޓެއް ރާއްޖެ އައި. އެއިން ވަނީ 131 މިއަދު ފުރައިފައި.

އެންއީއޯސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް

މިއަދުގެ މެންދުރާ ހަމައަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 186. ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ 277. ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ 52 މީހުން. ދެން އުޅެނީ އިޓަލީގެ 11، ނޭޕާލްގެ ފަހެއް، ސްރީ ލަންކާގެ ތިނެއް، ޕާކިސްތާނުގެ ތިން މީހުން. "އެހެނިހެން" ކެޓަގަރީގައި ވެސް ހަތަރު މީހަކު ތިބި ކަމަށް ހިސާބުތަކުން ދައްކާ،

މިއަދުގެ މެންދުރު 12:30 އާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 10 މީހަކު ކަމަށް އެޗްޕީއޭ އިން ބުނެފި. އެއީ ބަންގްލަދޭޝްގެ ނުވަ މީހަކާއި ދިވެއްސެއް. އެހެންވެ، ރާއްޖެ އިން މިހާތަނަށް އެ ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 541.

ރައީސް: އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ވަރަށް ދީލަތި ބޭފުޅުންކޮޅެއްގެ ފަރާތުން ވެސް، މިކަމުގައި ވަރަށް އަގުހުރި އެހީތަކެއް އަންނަނީ ލިބެމުން. އެ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ރައީސް: އެ ހދުމަތްތައް ދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ގައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން. މިކަމުގައި ރަޙްމަތްތެރި ގައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައިފި. އަދި މިހާރު ވެސް އިތުރު އެހީތައް ދެއްވުމަށް އަންނަނީ ތައްޔާރުވަމުން.

ރައީސް: މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައި ވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި.
ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް. މުޅި ރާއްޖެ ފުރަބަންދުގެ ހާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. ދޭންޖެހޭ ހިދުމަތްތައް ވެސް އެބަހުރި.

ރައީސް: މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށް ވެސް، ހާއްސަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި. ރަށްރަށުން މާލެ އަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލަންޖެހުނީ ވެސް އެ ސަބަބަށްޓަކައި. މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެން ވެސް ގަބޫލުކުރާނެ.

ރައީސް: މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ސިއްހީ ހިދުމަތްތެރިންގެ އުންމީދެއް ވެސް ނުގެއްލޭ.

ރައީސް: ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ވަޒަންކުރައްވާ ސިއްހީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ހާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް.
އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު.

ރައީސް: މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަހައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް. އަޅުގަނޑުމެން ވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިއަންނަނީ، މި ހާލަތުން އަރައިގަނެ، އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ އާންމު ހާލަތަށް ދެވޭތޯ.

ރައީސް: ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން. މިހާރު އަޅުގަނޑުމެން މިތިބަ ހާލަތަކީ، މާ ގިނަ ދުވަހަށް ތިބެވޭނެ ހާލަތެއް ނޫން ކަން، އެންމެންވެސް ގަބޫލުކުރާނެ. އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް، ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތް.

ރައީސް: ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބީދޭސީން އެ މީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން.
ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ގައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ.

ރައީސް: އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު ކޯވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި.
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް މިއީ. މިކަމަށް ހައްލެއް ހޯދުމަށް ވެސް މިއަންނަނީ މަސައްކަތް ކުރަމުން.

ރައީސް: ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތް ﷲގެ ވާގިފުޅާއެކު، ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން.

ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންގެ އަދަދު ކިތަންމެ މަދަސް އެ ބޭފުޅުންނަކީ ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.

މާލެ ލޮކް ޑައުން ކުރި ފަހުން ދެ ވަނަ ފަހަރަށް ރައްޔިތުންނާ މުހާތަބު ކުރައްވައި މިހާރު ދެއްވަމުން ގެންދަވާ ހިތޯބުގައި ރައީސް ވިދާޅުވީ މިކަމުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ.

"ރާއްޖޭގައި ތިއްބެވި ސިއްހީ ހިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ގައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކު، ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.