ސިއްހީ އޮފިޝަލުންނަށް އިންޑިއާގެ އަސްކަރިއްޔާގެ ޝުކުރު ފިނިފެންމަލުން
ސިއްހީ އޮފިޝަލުންނަށް އިންޑިއާގެ އަސްކަރިއްޔާގެ ޝުކުރު ފިނިފެންމަލުން

ނިއު ދިއްލީ (މެއި 4) - ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ އިންޑިއާގެ ސިއްހީ އޮފިޝަލުންނަށް އެ ގައުމުގެ އަސްކަރިއްޔާ އިން ފިނިފެންމަލުގެ ޝުކުރެއް އިއްޔެ އަދާކޮށްފި އެވެ.

ސިއްހީ އޮފިޝަލުންނަށް އިންޑިއާގެ އަސްކަރިއްޔާގެ ޝުކުރު ފިނިފެންމަލުން
ސިއްހީ އޮފިޝަލުންނަށް އިންޑިއާގެ އަސްކަރިއްޔާގެ ޝުކުރު ފިނިފެންމަލުން

ސިއްހީ އޮފިޝަލުން މާސްކް އަޅައިގެން ބޭރަށް ނުކުމެތިބި އިރު އަސްކަރީ ހެލިކޮޕްޓަރުތަކުން އިއްޔެ ދިޔައީ އެ މީހުންނަށް ފިނިފެންމަލުގެ ފިޔަތައް އުކަމުންނެވެ. ޕްރޮޓެކްޓިވް ގިއާގައި ތިބި އޮފިޝަލުންގެ ކޯތާފަތް މަތީގައި މަލުގެ ފިޔަތައް ބީހެމުން ދިޔަ އިރު އަސްކަރީ ބޭންޑުގައި ދިޔައީ ގައުމީ ޖޯޝްގެ މިއުޒިކް ކުޅެމުންނެވެ. އިންޑިއާގެ ވަރަށް ގިނަ ސްޓޭޓްތަކުގައި އެ ހަރަކާތް އިއްޔެ ބޭއްވި އެވެ.

ސިއްހީ އޮފިޝަލުންނަށް އިންޑިއާގެ އަސްކަރިއްޔާގެ ޝުކުރު ފިނިފެންމަލުން
ސިއްހީ އޮފިޝަލުންނަށް އިންޑިއާގެ އަސްކަރިއްޔާގެ ޝުކުރު ފިނިފެންމަލުން

"ގޮންޖެހުން ބޮޑު މި ދަނޑިވަޅު މުޅި ގައުމު އޮތީ އެކަތިގަނޑަކަށްވެފައި،" ސިއްހީ އެހީތެރިންނާއި ސަލާމަތީ ފަރާތްތަކަށް ތައުރީފް ކުރައްވަމުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މިއީ އިންޑިއާގެ ސިއްހީ އޮފިޝަލުންނަށް ޝުކުރު އަދާކުރުމުގެ ތިން ވަނަ ހަރަކާތެވެ. މީގެ ކުރިން ވަނީ ސިއްހީ އޮފިޝަލުންނަށްޓަކައި މުޅި އިންޑިއާގެ ރައްޔިތުން އެއްވަގުތެއްގައި ނުކުމެ އަތްތިލަބަނޑި ޖަހައިފަ އެވެ. އޭގެ ފަހުން ވަނީ އުއްބައްތި ދިއްލުމުގެ ހަރަކާތެއް ބާއްވައިފަ އެވެ.

އިންޑިއާގެ ލޮކްޑައުން މިހާރު ވަނީ އިތުރު ދެ ހަފުތާއަށް ދަންމާލައިފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 42,505 މީހުން ޕޮޒިޓިވްވެ 1،391 މީހުން މަރުވެފަ އެވެ.