ކޮވިޑް-19: ޓެންޒޭނިއާ އިން ހާބަލް ފަރުވާ އިމްޕޯޓްކުރަނީ
ކޮވިޑް-19: ޓެންޒޭނިއާ އިން ހާބަލް ފަރުވާ އިމްޕޯޓްކުރަނީ

ދާރުއްސަލާމް (މެއި 4) - ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާބަލް ޓޮނިކް އިމްޕޯޓް ކުރުމަށް މަޑަކަސްކާ އަށް މަތިންދާ ބޯޓެއް ފޮނުވާނެ ކަމަށް ޓެންޒޭނިއާގެ ރައީސް ޖޯން މަގްފުލީ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ޗީފް އޮފް ސްޓާފް ވިދާޅުވީ ކޮވިޑް-އޯގަނިކްސް ވަނީ ގާތްގަނޑަކަށް 20 މީހުންނަށް ދީގެން ޓެސްޓްކޮށްފައި ކަމަށެވެ. ނަމަވެސް ކޮވިޑް-އޯގަނިކް ޓޮނިކާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކަމަށެވެ. އަދި ޓެސްޓް ކުރުމުގެ ގޮތުން އަމިއްލަ، ތަފާތު ބޭސްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކޮވިޑް-19 އަށް މި ވަގުތު އޮތް ހަމައެކަނި ފަރުވާ އަކީ ބަލި ޖައްސައި ވައިރަހާ ދުރުހެލިވެވޭނެ ގޮތަށް އުޅުން ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އެފްރިކާގެ ވަރަށް ގިނަ ގައުމުތަކުގައި އަންނަނީ ހާބަލް ޓޮނިކް ބޭނުން ކުރަމުންނެވެ. މިދިޔަ ހޮނިހުރު ދުވަހު މަޑަގަސްކާ އިން ވަނީ ހާބަލް ޓޮނިކުގެ ޝިޕްމަންޓެއް ގިނީ-ބިސާއޫ އަށް ފޮނުވައިފަ އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ޓެންޒޭނިއާގެ ރައީސް އެކަށީގެންވާ ވަރަށް މަސައްކަތްކޮށްފައި ނުވާތީ ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ގާތްގަނޑަކަށް މުޅި ދުނިޔެ ލޮކްޑައުނަކަށް ދިޔަ އިރު ރައީސް މަގްފުލީ ވަނީ އާއްމުން އަޅުކަންތަކަށް ނުކުތުމަށް ހިތްވަރު ދެއްވައިފަ އެވެ.

ޓެންޒޭނިއާ އިން ވަނީ 480 މީހުން ޕޮޒިޓިވްވެ 16 މީހުން މަރުވެފަ އެވެ.