އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ
އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ

ކޮވިޑް 19- އެންމެފަހުގެ މައުލޫމާތުތައް: މިހާތަނަށް 8813 ސާމްޕަލް ނަގާފައިވޭ. ނަތީޖާ ނުލިބި 212 ސާމްޕަލް، އަދި ޖުމްލަ ޕޮޒިޓިވް ވި ކޭސްތަކުގެ އަދަދަކީ 527. މީގެ ތެރޭގައި ދިވެހިންގެ އަދަދަކީ 181، ބިދޭސީންގެ އަދަދަކީ 346. އެކްޓިވް އަދަދަކީ 506. އައިސޮލޭޝަން ފެސިލިޓީތަކުގައި 452 މީހުން އެބަތިބި. މީގެ އިތުރުން ކަރަންޓީނުގައި 1547 މީހުން އެބަތިބި. ޕޮޒިޓިވް ކޭސްތަކުން މިހާތަނަށް 3951 ކޮންޓެކްޓް ފެނިފައިވޭ. މިހާތަނަށް 261 ތަން ވަނީ މޮނީޓަރިންގައި.

އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ
އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ

ޑރ. އަފްޒަލް: ހެލްތު ކެއާ ވޯކާސްގެ ކްލަސްޓާ އަށް ނުވަތަ ފްރޮންޓްލައިން އަށް ބަލައިގެން އެންޓި ބޮޑީ ޓެސްޓް ކުރުމުގެ ވިސްނުމެއް އެބަ ގެންގުޅެން. އެކަމަކު މިހާރު އަޅުގަނޑުމެންގެ ފޯކަސް ހުރީ އެކްޓިވް ކޭސްތަކަށް.

އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ
އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ

ޑރ. އަފްޒަލް: ރާއްޖޭގައި ބަލި ޖެހި ރަނގަޅުވެފައި ތިބުމުގެ ފުރުސަތު ވެސް އެބައޮތް.

އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ
އަދި ރިލެކްސް ވާކަށް ނުވޭ، އިތުރު ކޭސްތައް ފެނިދާނެ

ޑރ. އަފްޒަލް: އަދި ރިލެކްސް ވާކަށް އަޅުގަނޑު ނުބުނާނަން ވޭތުވެދިޔަ ދެ ތިން ދުވަހު ޕޮޒިޓިވް ކޭސްތައް ތަންކޮޅެއް ދަށްކޮށް ހުއްޓަސް. ހަމަ ކުއްލިއަކަށް ވެސް އަދި މައްޗަށް ހިނގައިދާނެ. އަދި ހާއްސަކޮށް ބޮޑެތި ކްލަސްޓާތަކުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަ ވެސް ވެދާނެ.

ޑރ. މުހަންމަދު އަލީ: 88 އަހަރުގެ މީހާގެ ހާލު ސީރިއަސްްވެގެން، ނޭވާލާ ހޮޅިތަކުގެެ ވަށައިގެން ފެން ހެދިގެން މިއަދު މެންދުރު ވެންޓިލޭޓަރަށް ލައިފައި ވަނީ. އޭނާ އަށް އޮކްސިޖަން ދޭ ވަރު އިތުރު ކުރާކަށް ނުޖެހޭ. އެކަމަކު ލޭގެ ޕްރެޝާ ހިފެހެއްޓުމަށް ބޭސް ދެމުން އެބަ ދަން. ވެންޓިލޭޓަރަށް ލީ އިރަށް ވުރެ މިހާރު ވަކި އިތުރަށް ގޯސްވަމުންނެއް ނުދޭ.

ޑރ. އަފްޒަލް: ކޮވިޑް ވިލެޖާއި ބާޒާރުމަތިން އަދިވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުން. މިއަދުގެ ޕޮޒިޓިވް ކޭސްތަކުގައި އެ ކްލަސްޓާތަކުގެ މީހުން ހިމެނޭ.

ޑރ. އަފްޒަލް: ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައިވާ ޕަސެންޓޭޖް: ބަންގްލަދޭޝް 59 ޕަސެންޓް. ދިވެހިން 34 ޕަސެންޓް. އިންޑިޔާ 10 އަދި އެހެނިހެން ގައުމުތައް 4 ޕަސެންޓް.

ޑރ. އަފްޒަލް: އަލަށް ފެނުނު ކޮންޓެކްޓްސްގެ ތެރެއިން ވެސް އަލާމާތްތައް ފެނިފައި ވަނީ ވަރަށް މަދު ބައެއްގެ.

ޑރ. އަފްޒަލް: އެންމެ ގިނައިން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 12-40 އަހަރާ ދެމެދުގެ މީހުން. އެއީ މި ދުވަސްކޮޅު އެންމެ ގިނައިން ހެލިފެލިވެ އުޅެނީ އެ އުމުރުގެ މީހުން ކަމަށްވާތީ.

ޑރ. އަފްޒަލް: މިއަދުގެ މިހާތަނަށް އައިއިރު ނިސްބަތުން ވަރަށް މަދުން ޕޮޒިޓިވްވެފައި ވަނީ. އެ ވެދާނެ ޓްރޭސިން އާއި ޕެންޑިންގައި ހުރި ސާމްޕަލްތަކުގެ ނަތީޖާތައް ނުނެގޭތީ ވާގޮތެއް ކަމަށް ވެސް. ޕޮޒިޓިވްވި 85 ޕަސެންޓް މީހުންނަކީ ފިރިހެނުން. ސަބަބަކީ ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީން ކަމަށް ވުން އެކަށީގެންވޭ.

މަބްރޫކް: މަނަދޫން މާލެ އައި މީހަކު އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެން މަނަދޫން 15 މީހަކު މިހާރު ވަނީ އައިސޮލޭޓް ކޮށްފައި. އެކަމާ ގުޅިގެން މަނަދޫ ސިއްހީ މަރުކަޒުގައި ބަލި މީހުން ބަލާ ގަޑިތަކަށް ވެސް މިހާރު ވަނީ ބަދަލު ގެެނެސްފައި.

ނޫސް ކޮންފަރެންސް މިހާރު ފަށައިފި. މިރޭގެ ޕްރެސްގައި ބައިވެރިވެ ވަޑައިގަންނަވަނީ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް އަދި ޑރ. މުހަންމަދު އަލީ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު އަށް މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ މިއަދު ހަވީރު 5:45 އާ ހަމައަށް ޕޮޒިޓިވްވީ ފަސް ދިވެއްސަކާއި ބަންގްލަދޭޝްގެ ތިން މީހެއް ކަމަށެވެ. މިއީ މިއަދު ފުރަތަމަ ޕޮޒިޓިވްވި އަށް މީހުންނެވެ. މިދިޔަ މާޗް މަހުގެ 7 ން މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ މިހާރުގެ އަދަދަކީ 527 އެވެ.

މިއަދު ޕޮޒިޓިވްވި އަށް މީހުންގެ ތެރޭގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހިމެނެ އެވެ.

ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 183 އެވެ. އެންމެ ގިނައިން އެ ބައްޔަށް ޕޮޒިޓިވްވީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުންނެވެ. އެންމެ ފަގުގެ ހިސާބުތަކަށް ބަލާއިރު އެ ގައުމުގެ 268 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. ދެން އެންމެ ގިނައީ އިންޑިއާގެ މީހުންނެވެ އެ ގައުމުގެ 52 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވެސް ކޮވިޑް-19 މިހާރު ވަނީ ފެތުރިފަ އެވެ. މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވީ ށ. ނަރުދޫންނެވެ. އެ ރަށުން 11 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. ދެން ޕޮޒިޓިވްވީ ކ. ތުލުސްދޫންނާއި ށ. މިލަންދު އާއި ހއ. އުލިގަން އަދި ހއ. ތަކަންދޫންނެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 500 އަށް ވުރެ ގިނަ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. އަދި 18 މީހަކު މިހާތަނަށް ވަނީ ރަނގަޅު ވެފަ އެވެ.