ހާލުގައިޖެހިފައި ތިބި މީހުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފި
ހާލުގައިޖެހިފައި ތިބި މީހުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފި

ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ހާލުގައިޖެހިފައި ތިބި މީހުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފި
ހާލުގައިޖެހިފައި ތިބި މީހުންނަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފި

ޖެންޑާ މިނިސްޓްރީން ބުނީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށާއި މީހުންނަށް، ފިނޭންސް މިނިސްޓްރީގެ "ބަނޑޭރި ޕޭ" މެދުވެރިކޮށް އެހީ ދެވޭނެ ކަމަށެވެ.

އެ ވެބްސައިޓަށް ވަނުމަށް ފަހު ފުރަތަމަ ޖެހޭނީ، "ޕޭމަންޓް ރިކުއެސްޓް ސްލިޕް" ފުރިހަމަ ކުރާށެވެ. އެއަށްފަހު އެ އެހީ ދެނީ ސޯޝަލް ސާވިސަސް ނުވަތަ އިޖުތިމާއީ ހިދުމަތަށްކަން އިހުތިޔާރުކުރަން ޖެހޭނެ އެވެ. އެ މައުލޫމާތުތައް ފުރިހަމަކުރުމުން ފައިސާ ދެއްކުމަށް އެދި އީމެއިލަށް މެސެޖެއް ލިބޭނެ އެވެ.

އެ މިނިސްޓްރީން މިހާރު ވެސް އަންނަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޯހިޔާވަހިކަމުގެ އިތުރުން އެކި ފަރާތްތަކުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މިހާރު ވެސް 80 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޖެންޑާ މިނިސްޓްރީން އެހީތެރިކަން ދެމުން އަންނަ މީހުންގެ ތެރޭގައި ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި އުޅެމުންދިޔަ މީހުންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނާއި މާލެ ސަރަހައްދުގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މީހުންގެ އިތުރުން ކުލި ނުދެއްކިގެން ގެއިން ނެރުނު މީހުން ހިމެނެ އެވެ.