ކަރަންޓީނުގައި ހުރި މީހެއްގެ ސާމްޕަލް ނަގަން ކޯޓު އަމުރެއް ނެރެފި
ކަރަންޓީނުގައި ހުރި މީހެއްގެ ސާމްޕަލް ނަގަން ކޯޓު އަމުރެއް ނެރެފި

ކޮވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގައި ހުރި މީހަކު ބައްޔަށް ޓެސްޓު ކުރަން ސާމްޕަލް ނެގުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ގައިންގަޔަށް އަރާ މިފަދަ ބައްޔަކަށް ޓެސްޓުކުރަން ހުރަސް އެޅުމަކީ ގާނޫނީ ކުށެކެވެ.

ސވިލް ކޯޓުން ބުނީ ކަރަންޓީނުގައި ހުރި މީހަކު ބައްޔަށް ޓެސްޓު ކުރަން ސާމްޕަލް ދިނުމަށް ދެކޮޅު ހަދާތީ އެ މީހާ އަށް ސާމްޕަލް ދޭން އަންގައި، ސާމްޕަލް ނެގުމުގައި ޝާމިލްވާ ފަރާތްތަކަށް އެކަން ކުރުމަށް އަމުރެއް ނެރެފައިވާ ކަމަށެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި މިފަދަ މައްސަލައެއް ފެންމަތިވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މީގެ ކުރިން ބައެއް މީހުން ކަރަންޓީނަށް ދާން ދެކޮޅު ހަދާތީ ކަރަންޓީން ކުރުމުގެ އަމުރު ސިވިލް ކޯޓުން ނެރެފައިވެ އެވެ. އެގޮތުން މިހާތަނަށް ދެ ދިވެއްސަކާއި އޮސްޓްރިއާ މީހަކު ކޯޓު އަމުރުގެ ދަށުން ކަރަންޓީންކޮށްފައިވެ އެވެ.