30 އެޕްރީލް 2020 - 23:03

ޕެރިސް (އެޕްރީލް 30) - މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭން އެއް މިލިއަނަށް ވުރެ ގިނަ މީހުން މިރެއާ ހަމައަށް ބަލިން ރަނގަޅުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮރޯނާވައިރަހަށް މުޅި ދުނިޔެ އިން ޕޮޒިޓިވްވި މީހުންގެ ތެރޭން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ރަނގަޅުވި އިރު ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދަކީ 231,310 އެވެ. ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަހަށް މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 3,272,062 މީހުން ޕޮޒިޓިވްވެފަ އެވެ.
މުޅި ދުނިޔޭގައި އަދިވެސް އެންމެ ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރެނީ އެމެރިކާގަ އެވެ.
އެމެރިކާ: ޕޮޒިޓިވްވި: 1,076,089 މަރުވި: 62,378
ސްޕޭން: ޕޮޒިޓިވްވި: 239,639 މަރުވި: 24,543
އިޓަލީ: ޕޮޒިޓިވްވި: 205,463 މަރުވި: 27,967
ޔޫކޭ: ޕޮޒިޓިވްވި: 171,253 މަރުވި: 26,771
ފްރާންސް: ޕޮޒިޓިވްވި: 166,420 މަރުވި: 24,087
ޖާމަނީ: ޕޮޒިޓިވްވި: 162,123 މަރުވި: 6,518
ތުރުކީ: ޕޮޒިޓިވްވި: 120,204 މަރުވި: 3,174
ރަޝިޔާ: ޕޮޒިޓިވްވި: 106,498 މަރުވި: 1,073