ކޮވިޑް-19 ގެ ސަބަބުން އޮޑިޓިން އަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ވެބިނާ ސީރީޒެއް މިރޭ ފަށަނީ
ކޮވިޑް-19 ގެ ސަބަބުން އޮޑިޓިން އަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ވެބިނާ ސީރީޒެއް މިރޭ ފަށަނީ

ކޮވިޑް-19 އާ ހެދި، އެކައުންޓިން އާއި އޮޑިޓިންގެ ދާއިރާ އަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން އޮންލައިން ވެބިނާ ސީރީޒެއް މިރޭ ފަށަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އޮޑިޓް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އޮންލައިންކޮށް ވެބިނާ ސީރީޒް އަކީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި އެކައުންޓިން އަދި އޮޑިޓްގެ މަސައްކަތްތަކަށް އައިސްފައިވާ ކުއްލި ބަދަލުތަކާ ގުޅިގެން މި ވަގުތަށް މުހިންމު ހައްލުތަކާ މެދު މަޝްވަރާ ކުރަން އެކުލަވައިލި ސީރީޒެއް ކަމަށެވެ. ޕެނަލް ޑިސްކަޝަންއެއްގެ ގޮތުގައި މައިގަނޑު ފަސް މައުލޫއަކަށް އެ ސީރީޒްގައި މަޝްވަރާ ކުރާނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

އެ ސީރީޒްގައި ބައިވެރިވާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ސީރީޒްގެ ފުރަތަމަ ވެބިނާ މިރޭ 9:00 ގައި ބާއްވާއިރު، އާންމުންނަށް ވެސް ހިލޭ އެ ސީރީޒްގައި ބައިވެރިވެވޭނެ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

ވެބިނާ ސީރީޒެއް ކުރިއަށް ގެންދަން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން ކަމާބެހޭ އިދާރާތަކުން މުހިންމު ބައްދަލުވުންތައް ވެސް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އަދި ދައުލަތުގެ އިދާރާތަކުން އާންމުންނަށް ދޭ ގިނަ ޚިދުމަތްތައް ވެސް އޮންލައިންކޮށް ލިބޭނެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ.