ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން
ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

އެޗްޕީއޭ އިން މިހާރު ގެންދަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސާމްޕަލްތައް ނަގައި ޓެސްޓު ކުރަމުން. ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން އެނގެނީ އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް އެ އިދާރާ އިން ބުނޭ. ޚާއްސަކޮށް އެއް ބްލޮކެއްގައި، ކުދިކުދި ތަންތަނުގައި އުޅޭ ގިނަ ބިދޭސީންތަކެއް ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައި. އެޗްޕީއޭ އިން އިއްޔެ ދެ ބުރެއްގެ މަތިން ހާމަކުރި ހިސާބުތަކަށް ބަލާއިރު ވެސް ޕޮޒިޓިވްވި 170 ބިދޭސީން އުޅެމުން އައީ އެއް ބްލޮކެއްގައި.

ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން
ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

ރާއްޖެ އިން މިދިޔަ މާޗް 7 ން ފެށިގެން ކޮވިޑް-19 ގެ ބަލީގެ މީހުން ފެންނަން ފަށާފައިވާއިރު، މާލެ އަށް އެ ބަލި ފެތުރެން ފެށިކަން އެނގުނީ މިދިޔަ އޭޕްރީލް 15 ގައި. މާލެތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނުމާ އެކު، ކޮންޓެކްޓް ޓްރޭސިން އާއި އެހެނިހެން ގޮތްގޮތުން އެ ބަލީގެ ގިނަ ބަޔަކު މިހާތަނަށް ވަނީ މާލެ އިން ފެނިފައި. މާލޭގެ އިތުރުން ދެން ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައި ވަނީ ކ. ތުލުސްދޫން ބަންގްލަދޭޝްގެ ދެ މީހަކާއި ނ. ނަރުދޫގެ އަށް މީހަކާއި އެ އަތޮޅު މިލަންދޫގެ އެކަކު. ނަރުދު އާއި މިލަންދޫން ޕޮޒިޓިވްވީ ދިވެހިން.

ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން
ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

އެޗްޕީއޭގެ މިހާރުގެ ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ މީހުން. އެ ގައުމުގެ 252 މީހަކު އިއްޔެގެ ނިޔަލަށް މިވަނީ ޕޮޒިޓިވް ވެފައި. ކޮވިޑް-19 ޖެހުނު ދިވެހިންގެ މިހާރުގެ ޖުމްލަ އަކީ 145. މީގެ އިތުރުން، އިންޑިއާގެ 49، އިޓަލީގެ 11، ޕާކިސްތާނުގެ ތިނެއް، ސްރީ ލަންކާގެ ދޭއް، ނޭޕާލްގެ ދެ މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި. އަދި "އެހެނިހެން" ކެޓަރީގައި ހަތަރު މީހަކު ހިމެނޭ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކާ.

ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން
ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހަކަށް ވެފައި މިވަނީ އޭޕްރީލް 30. މި ތާރީޚުގައި އެކަނި ވެސް 188 މީހަކު ވަނީ ޕޮޒިޓިވް ވެފައި. އޭގެ ތެރެއިން 170 މީހުންނަކީ ބިދޭސީން. މި 170 މީހުންގެ ތެރެއިން 32 މީހުން ނިސްބަތް ވަނީ އިންޑިއާ އަށް. ބާކީ ދެ މީހުންނަކީ ނޭޕާލްގެ މީހުން. އޭޕްރީލް 20 ގައި ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 17.

ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން
ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

އިތުރު 72 ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. އެ އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހުން. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 468 އަށް އަރާފައި.

ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން
ކޮވިޑް-19: އިތުރު 72 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ، އެންމެންނަކީ ބަންގްލަދޭޝްގެ މީހުން

ޑރ. އަފްޒަލް: މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު ދެންނެވޭނީ މިއީ ކުރިން ވެސް މިހެން ވެދާނެ ކަމަށް ގަބޫލު ކުރެވުނު ގޮތް. އެހެންވީމަ އަދި ކޮންޓްރޯލެއް ނުގެއްލޭ.

މަބްރޫކް: ތިނަދޫގެ ނިޔާވި ދެ މީހުން ވެސް ނެގެޓިވް.

މަބްރޫކް: އެއްވެސް މީހެއްގެ އިހުމާލެއް މީގައި [ނިޔާވި މީހާގެ މައްސަލައިގައި] އޮތް ކަމަށް ވަންޏާ އެކަމެއް އަޅުގަނޑުމެން ނުފޮރުވާނަން. އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ ހަމައަށް ވެސް ގެންދާނަން.

މަބްރޫކް: ނިޔާވި މީހާ އަކީ ޕްރައިމަރީ ކޮންޓެކްޓަކަށް ވެފައި އޭނާގެ ސާމްޕަލް ނުނެގި ދެ ދުވަހެއް ވަރުވެފައި އެބައޮތް. އަޅުގަނޑު ވެސް ގަބޫލުކުރަން ލަސްތަކެއް އެބަހުރި. އެކަމަކު އެކަން ވީ ކިހިނެއްތޯ އެކަން އެނގޭނީ މިހާރު ހެލްތުން ކުރަމުން ގެންދާ ތަހުގީގަށް ފަހު.

މަބްރޫކް: މި ބަލީގައި ޑައިރެކްޓް ކޮންޓެކްޓްވާ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް އަވަހަށް ނެގޭނެ ގޮތްތަކަކާ ދޭތެރޭ މަޝްވަރާ އެބަކުރެވޭ. އެކަމާ މެދު ޓެގުން މިހާރު ވަނީ ލަފާ ވެސް ދީފައި.

މަބްރޫކް: ލޮކްޑައުން ދިގު ދަންމާލީ ކްލަސްޓާތަކުގެ ކޮންޓެކްޓްތައް ގިނަވެ، ކޮންޓެއިން ކުރަން. މާލޭގެ ކޮންޑިޝަން ހަމައަކަށް އެޅެން ވެސް އޮތީ އެ ކްލަސްޓާތައް ހަމައަަކަށް އެޅިގެން. އެހެންވެ، ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަނާ މެދު އެބަ ގޮތެއް ނިމޭ.

މަބްރޫކް: ބިދޭސީން ދިރިއުޅޭ 23 ތަނެއް މިހާރު ހުރީ ކަރަންޓީނުގައި. އެ ތަންތަނުގައި 1085 މީހަކު ހިމެނޭ. ކަރަންޓީނުގައި ހުރުމުން އެތަންތަނުގައި ތިބި މީހުންގެ ކަންކަން ރެޑްކްރެސެންޓުން ބަލަހައްޓަމުން ގެންދޭ.

މަބްރޫކް: އައިސޮލޭޝަންގައި އޮތް ބިދޭސީން އުޅޭތަނަކުން މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 95 ޕޮޒިޓިވް ކޭސް ފެނުނު. އަޅުގަނޑަށް އެނގޭ ކުރިއަށް އޮތްތާނގައި، މި ތަންތަނާ ބެހޭ ގޮތުން މޫވްމަންޓްތަކެއް އެބަހުރިކަން. އެކަން ޔަގީންކޮށްލައިފައި ފަހުންް ދަންނަވާލާނަން.

މަބްރޫކް: ނިޔާވި މީހާގެ ފިރިކަލުންގެ ހާލު މިހާރު ރަނގަޅު. އޭނާ މިއަދު ނޭވާލާން އުނދަގޫވެގެން އުޅުނަސް، މިހާރު ރަނގަޅު.

މަބްރޫކް: ކޭސް 280ގެ ސާމްޕަލް 27 ވަނަ ދުވަހު ނަގަން ފޮނުވައި، 28 ވަނަ ދުވަހުގެ ދަންވަރު 3:45 ގައި ސާމްޕަލް ވަނީ ނަގާފައި. އޭނާގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބިފައިވަނީ ރޭ ދަންވަރު 12 ޖަހާކަން ހާއިރު. 83 އަހަރުގެ އެ އަންހެން މީހާ އަކީ ދިގު މުއްދަތަކަށް ބޭސް ކާ މީހެއް. އަދި އެހެން ބަލިތަކުގެ ހިސްޓްރީ ވެސް އޮތް މީހެއް. އޭނާ އިއްޔެ ހަވީރު 6:15 ގައި ނޭވާލާން އުނދަގޫވެގެން އެކަން އެނގިގެން އައިޖީއެމްއެޗަށް ގެންދިއުމުގެ މަސައްކަތް ކުރި. އައިޖީއެމްއެޗަށް ގެންދިޔައިރު އޭނާ ވަނީ ނިޔާވެފައި.

މަބްރޫކް: ކޭސް 72 ޕޮޒިޓިވް ވުމާ ގުޅިގެން މި މަހުގެ 21 ގައި ކޭސް 280 އުޅޭ ގެ ވަނީ ކަރަންޓީނު ކޮށްފައި. ސަބަބަކީ އެމްއެޗްއޭގެ ދެ ޑްރައިވަރަކު އޭނާ ދިރިއުޅޭ ގޭގެ އެހެން އެޕާޓްމަންޓެއްގައި ދިރިއުޅޭތީ. ކޭސް 126 ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 23 ގައި. ކޭސް 280 އާއި 126 ކޮންޓެކްޓްވެފައި ވަނީ މި މަހުގެ 14 ގައި.

މަބްރޫކް: ރޭގެ ނިޔާވި މީހާގެ ކޭސް މިހާރު ހެލްތު މިނިސްޓްރީން މިހާރު އަންނަނީ ތަހުގީގު ކުރަމުން. އެއީ ކޭސް 280. މި ކޭސްގެ އިތުރު ތަފުސީލު އަޅުގަނޑު ދޭނަން. މިއީ އެމްއެޗްއޭގެ ކްލަސްޓާގެ ކޭހެއް. އެ ކްލަސްޓާ ފެށެނީ ކޭސް 72 އިން. މި ދެންނެވި 72 ގެ ޕްރައިމަރީ ކޮންޓެކްޓެއް ކޭސް 126 އަކީ. އަދި 126 އާ 280 ވަނީ ކޮންޓެކްޓް ވެފައި.

މަބްރޫކް: އިތުރު ތިން މީހަކު ޕޮޒިޓިވްވެއްޖެ، މިއަދުގެ ޖުމްލަ އަދަދަކީ 119

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ އިމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.

ކޮވިޑް-19 އަށް މިއަދުގެ މިހާތަނަށް 116 މީހަކު ޕޮޒިޓިވްވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މިއީ އެއް ދުވަހެއްގައި މިހާ ގިނަ އަދަދަކަށް ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭ އިން ދެންމެ އާންމު ކުރި ހިސާބުތަކަށް ބަލާއިރު ބަންގްލަދޭޝްގެ 65 މީހަކާއި އިންޑިއާގެ 32 މީހެއް، ނޭޕާލްގެ ދެ މީހަކު ޕޮޒިޓިވް ވަނީ މިއަދު ޕޮޒިޓިވްވެފަ އެވެ. މިއީ ރާއްޖޭގައި ނޭޕާލްގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މި 99 މީހުންނާ އެކު، ރާއްޖެ އިން މިހާރު ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 396 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 99 ބިދޭސީންގެ އިތުރުން 17 ދިވެހިން ވެސް ހިމެނެ އެވެ.

މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނައިން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 73 މީހުންނެވެ. އެއީ މި މަހުގެ 27 ގަ އެވެ.

އެޗްޕީއޭ އިން ބުނީ، މިއަދު ޕޮޒިޓިވްވި 95 މީހުންނަކީ ތޮއްޖެހިގެން ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން ފުލުހުން ބަލަހައްޓަމުން އަންނަ ތަންތަނުގައި އުޅޭ ބައެއް ކަމަށެވެ. ތޮއްޖެހިގެން ބިދޭސީ ގިނަ ބަޔަކު ދިރިއުޅޭ ތަންތަން މި ދުވަސްވަރު ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ. އެ ތަންތަަނަށް މީހުން ވަދެ ނުކުމެ އުޅުން ފުލުހުން ވަނީ ވަރަށް ބޮޑަށް ހިފަހައްޓައިފަ އެވެ. ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަކަށް އެ މީހުންނަށް ނުދެވޭނެ އެވެ. އޭގެ ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމެވެ.

މިދިޔަ މާޗް މަހުގެ 7 ން ފެށިގެން މިހާތަނަށް 396 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު ފުރަތަމަ ފަހަރަށް އެކަކު އިއްޔެ ވަނީ މަރުވެފަ އެވެ. އެއީ އުމުރުން 83 އަހަރު އަންހެނެކެވެ.

ރާއްޖެ: 145

ބަންގްލަދޭޝް: 180

އިންޑިއާ: 49

އިޓަލީ: 11

ޕާކިސްތާން: 3

ނޭޕާލް: 2

ސްރީ ލަންކާ: 2

އެހެނިހެން: 4

ރާއްޖެ އިން އެންމެ ގިނަ ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ ވަނީ 29 ދިވެއްސަކު އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.