އިންޖީނިއަރިން ޑިޕާޓްމަންޓުގެ ގިނަ ބަޔަކު ޕޮޒިޓިވްވެ މަސައްކަތްތައް ބަދަލުކޮށްފި އައި
އިންޖީނިއަރިން ޑިޕާޓްމަންޓުގެ ގިނަ ބަޔަކު ޕޮޒިޓިވްވެ މަސައްކަތްތައް ބަދަލުކޮށްފި އައި

އެމްއެންޑީއެފްގެ އިންޖީނިއަރިން ޑިޕާޓްމަންޓުގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ އިތުރުން އައިސޮލޭޓްކުރުމުން، އެ ޑިޕާޓްމަންޓުގެ މަސައްކަތްތައް ބަދަލުކޮށްފި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ ސިފައިންގެ 20 މީހަކަށް ވަނީ އެ ބަލި ޖެހިފަ އެވެ. އެއް ޑިޕާޓްމަންޓަކުން އެންމެ ގިނަ މީހުންނަށް ބަލި ޖެހުނީ އިންޖީނިއަރިން ޑިޕާޓްމަންޓެވެ. އެ ޑިޕާޓްމަންޓުން ހަތަރު މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ އެންމެން ވެސް ތިބީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގަ އެވެ. އެ ޑިޕާޓްމަންޓުގެ މަސައްކަތްތައް މިހާރު ވަނީ އެހެން ޑިޕާޓްމަންޓުތަކާ ހަވާލުކޮށްފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އިންޖީނިއަރިން ޑިޕާޓްމަންޓުގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމުގައި ވިއަސް މަސައްކަތަށް ހުއްޓުމެއް ނާންނަ ކަމަށެވެ. މީހުން މަދަސް މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ މީހުންނަށް ފަރުވާ ދޭން ހުޅުމާލޭގައި މެޑިކަލް ފެސިލިޓީ ހެދުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މިލިޓަރީ އިންޖީނިއަރިންނެވެ. ނަމަވެސް އެތަނުގެ މަސައްކަތްތައް ވެސް މިހާރު ވަނީ މަޑުޖެހިފަ އެވެ.

އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔަށް 400 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ މީހަކު ވަނީ ރޭ މަރުވެފަ އެވެ.