30 އެޕްރީލް 2020 - 13:09

ގއ. ކަނޑުހުޅުދޫގައި ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ފެންވަޅަކަށް ވެއްޓި މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ އެ ކުއްޖާގެ ގޭގައި ހުުރި ފެންވަޅަކަށެވެ. ފުލުހުން ބުނިގޮތުގައި، ކުޑަކުއްޖާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވަޅަށް ވެއްޓިފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދާތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. ވަޅުން ނަގައިގެން ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ 11:30 ހާއިރު ކަމަށް ވެސް އެނގިފައިވެ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.