ޑެލިވަރީ ހުއްދަތައް ބާތިލްކުރަނީ، ދެން ޖެހޭނީ އަލުން އެދެން
ޑެލިވަރީ ހުއްދަތައް ބާތިލްކުރަނީ، ދެން ޖެހޭނީ އަލުން އެދެން

ޑެލިވަރީގެ ހިދުމަތް ދޭން މިހާރު ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް މާދަމާއިން ފެށިގެން ބާތިލްކުރަން ފަށާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޑެލިވަރީ ހުއްދަތައް ބާތިލްކުރަނީ، ދެން ޖެހޭނީ އަލުން އެދެން
ޑެލިވަރީ ހުއްދަތައް ބާތިލްކުރަނީ، ދެން ޖެހޭނީ އަލުން އެދެން

ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ މިހާރު ދޫކޮށްފައިވާ ހުއްދަތައް ބާތިލް ކުރަން ފަށާނީ މާދަމާ މެންދުރު 12:00 އިން ފެށިގެން ކަމަށާއި ހުރިހާ ހުއްދައެއް 48 ގަޑިއިރުގެ ތެރޭގައި ހަމަވާނެ ކަމަށެވެ.

ފައިރޫޝް ވިދާޅުވި ގޮތުގައި ހުއްދަ އަށް އަލުން އެދެން ޖެހޭނީ ކުރިން ވެސް އެދުނު ގޮތަށް ކަމަށެވެ. އެގޮތަށް ހަދަން ނިންމީ، ފައިރޫޝް ވިދާޅުވި ގޮތުގައި މާ ބޮޑު ރޭވުންތެރިކަމެއް ނެތުމާއި ހުއްދަތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފާކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށް، އެއީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ހުއްދައެއްތޯ ބެލޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް ވިދާޅުވި އެވެ.

"މި ބަދަލާއެކު، މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ހުއްދަތަކެއް ބާތިލްވާނެ 48 ގަޑިއިރަށްފަހު، 48 ގަޑިއިރު އަޅުގަނޑުމެން މި ދެނީ މިހާރު ހުއްދަ ދީފައިވާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން މަސައްކަތަށް ހުއްޓުމެއް ނެތި ރައްޔިތުންނަށް ދެމުންދާ ހިދުމަތް ދެވޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން،" ފައިރޫޝް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުންކޮށް، ޑެލިވަރީގެ ހިދުމަތް ދޭން ހުޅުވާލި އެވެ. މިހާތަނަށް، ކެފޭ/ރެސްޓޯރެންޓުތަކާއި ފިހާރަތަކަށް ވަނީ 4000 އަށްވުރެ ގިނަ ހުއްދަ ދޫކޮށްފަ އެވެ.