އެސްޓީއޯގެ އީސްޓޯރު ދެން ހުޅުވާނީ ރޭގަނޑު
އެސްޓީއޯގެ އީސްޓޯރު ދެން ހުޅުވާނީ ރޭގަނޑު

މިރޭ 9:00 އިން ފެށިގެން އީސްޓޯރުގެ ހިދުމަތް ދޭނީ ރޭގަނޑު ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އީސްޓޯރުގެ ހިދުމަތް ކުރިން ދެމުން އައީ ހެނދުނު 9:00 އިން ފަށައިގެން އެ ދުވަހަކަށް ކަނޑައަޅާފައިވާ އޯޑަރުތައް ހަމަވަންދެންނެވެ.

ނަމަވެސް އެސްޓީއޯ އިން މިރޭ ބުނީ އީސްޓޯރުގެ ހިދުމަތް ދެން ލިބޭނީ ރޭގަނޑު ކަމަށާއި 400 އޯޑަރު ނެގުމަށް ފަހު ދުވާލު ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

އެސްޓީއޯގެ އީސްޓޯރަކީ އެ ކުންފުނީގެ ސުޕަމާޓުން ވިއްކާ ތަކެއްޗަށް ހާއްސަކޮށް ތައާރަފު ކުރި އޮންލައިން ޕޯޓަލެކެވެ. މި ޕޯޓަލުން ވިޔަފާރި ކުރާއިރު ކޮންމެ މީހަކު ވެސް އެއް ހަފްތާއަށް ވާވަރަށް ވިޔަފާރި ކުރުމަށް އެސްޓީއޯ އިން އެދެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު އޮންލައިންކޮށް ވިޔަފާރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އެދެމުންނެވެ.