މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް
މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް

ޑރ. މޫސަ: ދަރުމަވަންތަ ހޮސްޕިޓަލުގައި ފަސް މީހަކަށް ފަރުވާ ދެމުން އެބަދޭ. އޭގެ ތެރެއިން ތިން މީހަކު އެއީ އެހެން ބަލިތަކުގެ މީހުން. އޭގެ ތެރެއިން އެންމެ ދުވަސްވީ މީހާ މިއަދު އޮކްްސިޖަން ބޭނުންވެގެން އޮކްސިޖަން ދިނިން. އެކަމަކު އެއްވެސް މީހަކު ވެންޓިލޭޓަރަކަށް ނުލަން. މީގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުންނަކީ ދިވެހިން.

މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް
މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް

އަލީ ލަތީފު: އެހެން ގައުމުތަކުގައި 2 ޕަސެންޓް މީހުން ނިޔާވޭ. އަޅުގަނޑުމެން މިހާތަނަށް އައިސީޔޫގައި ފަރުވާ ދީފައި ވަނީ 5 މީހުން.

މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް
މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް

އަމީން: މި ހިތާމައިގައި ބައިވެރިވެ ސަރުކާރުން ތައުޒިޔާ ދަންނަވަން. އޭނާ މިރޭ ހިނެވުމުގެ ކަންކަމުގައި އުޅެނީ ސިފައިންގެ އަންހެން ބޭފުޅުން.

މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް
މަރުވީ ކޭސް 126 އާ ގުޅުން ހުރި މީހެއް

އަމީން: މިއަދު ކޮވިޑްގައި ފުރަތަމަ ފަހަރަށް މީހަކު ވަނީ ނިޔާވެފައި. އޭނާގެ ނަމަކީ އައިމިނަތު އާދަމް. އޭނާ އަކީ ކޭސް 126 އާ ގުޅުން ހުރި ފަރާތެއް. އޭނާގެ ސާމްޕަލް 28 ވަނަ ދުވަހުގެ ފަތިހު ނަގާފައި އޮތީ. އެކަމަކު ނަތީޖާ ލިބުނު އިރު ވަނީ ނިޔާވެފައި.

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ކުއްލި ބައްދަލުވުން ދެންމެ ފަށައިފި. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑރ. މޫސާ ހަސަން އަދި ޑރ. އަލީ ލަތީފު

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވުމާ ގުޅިގެން ބާއްވާ މީޑިއާ ބްރީފިން މެންދަމު 1:30 އަށް ލަސްކޮށްފި.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިއިރު، އިތުރު ދިވެއްސަކު ދަރުމަވަންތަ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި މިރޭ ފަރުވާދޭން ފަށާފައިވާ ކަމަށް އެނގިފައިވޭ. އުމުރުން 80 އަހަރުގެ އެ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށްވޭ. އެ މީހާ ޕޮޒިޓިވް ވެގެން އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެންއީއޯސީން ބުނެފައި ވަނީ މިދިޔަ ހަފުތާގައި. އައިޖީއެމްއެޗްގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސަ އޭރު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވި އެ މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތި ކޮށްގެން ފަރުވާދީފައިވާ މީހެއް ކަމަށް. އަދި އެ މީހާގެ އެ ނޫން ވެސް ވަރަށް ގިނަ ބަލިތައް ހުންނަ ކަމަށް ޑރ. މޫސަ ވިދާޅުވެފައިވޭ.

މާލެ އަށް އުފަން، 83 އަހަރުގެ އެ އަންހެން މީހާ މަރުވީ މިއަދު ހަވީރުގެ ވަގުތެއްގައި

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި އެކަކު މަރުވިކަން ކަށަވަރުވެއްޖެ. މިއީ މި ބަލީގައި ރާއްޖެ އިން މަރުވި ފުރަތަމަ މީހާ. އޭނާ އަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ފާހަގަކުރެވިފައިވާ މީހެއް. އޭނާ ކޮވިޑަށް ޓެސްޓްކޮށްފައި ވަނީ މަރުވި ފަހުން.

މިރޭ ދަންވަރު 1 ޖަހާއިރު ކުއްލި މީޑިއާ ބްރީފިންއެއް ބާއްވަން އެންއީއޯސީން ނިންމައިފި.

އެންމެ ފަހުން ޕޮޒިޓިވް ވީ ވެސް ދިވެއްސެއް. އޭނާ އަކީ 52 އަހަރުގެ ފިރިހެނެއް

އިތުރު މީހަކު ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 28 އަށް އަރައިފި. މިހާރު މިހާތަނަށް މުޅި ރާއްޖޭން 278 މީހަކު ވަނީ ޕޮޒިޓިވް ވެފައި

މިހާރު ދޫކޮށްފައިވާ ހުރިހާ ޑެލިވަރީ ހުއްދަތަކެއް ކުރިއަށް އޮތްތާނގައި ބާތިލްވާނެ ކަމަށް ފުލުހުން ބުނެފި. ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާރު ދޫކޮށްފައިވާ ހުއްދަތައް ބާތިލް ކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށާއި ހުރިހާ ހުއްދައެއް 48 ގަޑިއިރުގެ ތެރޭގައި ހަމަވާނެ ކަމަށް. ހުއްދަ އަށް އަލުން ޖެހޭނީ ކުރިން ވެސް އެދުނު ގޮތަށް އެދެން ކަމަށް އޭނާ ވިދާޅުވި. އަދި ވިދާޅުވީ އެހެން ހަދަނީ ހުއްދަތައް އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރާތީ ކަމަށް.

ޑރ. އަފްޒަލް: މިއަދުގެ އެންމެ ބޮޑު ކްލަސްޓާ އަކީ އެމްއެންޑީ ކްލަސްޓާ. އެއީ އެމްއެންޑީއެފްގެ ކްލަސްޓާ. އޭގައި 14 މީހަކު ހިމެނޭ. އެހެންވެ، މިއީ ވަރަށް ބޮޑުވެދާނެ ކްލަސްޓާ އަކަށް ވެދާނެތީ ވަރަށް އިސްކަންދީގެން އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެބަ ކުރަމުން ގެންދަން.

މަބްރޫކް: މާލެއިން މިއަދު ނިޔާވި މީހަކުކޮވިޑް ހުރިތޯ މިހާރު އަންނަނީ ޓެސްޓް ހަދަމުން. އޭނާ އަކީ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަވެފައިވާ މީހެއް. އެހެންވެ، އޭނާގެ ގައިގައި ކޮވިޑް ހުރިތޯ ނުވަތަ ނޫންތޯ ބަލައި، އެކަމާ ބެހޭ މައުލޫމާތު މާދަމާ ޓެގް ޓީމުން ދޭނެ.

މަބްރޫކް: މިހާތަނަށް ޕޮޒިޓިވްވި ކޭސްތަކުގެ ޖުމްލަ ވަނީ 227 އަށް އަރާފައި. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީން. މިއަދުގެ މެންދުރާއި ހަވީރު ޕޮޒިޓިވްވި 19 މީހުންގެ އިތުރުން އަށް މީހަކު ފަހުން ވަނީ ޕޮޒިޓިވް ވެފައި

މަބްރޫކް: ނަރުދޫން ޕޮޒިޓިވްވި މީހުން މިހާރު އަންނަނީ ދޮނަކުޅި ރިސޯޓްގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކުރަމުން. މީގެ އިތުރުން ފަރުކޮޅުފުށީގެ ކަރަންޓީން ފެސިލިޓީގައި ތިބި މީހުން މިހާރު އަންނަނީ ބަނޑޮސް ރިސޯޓަށް ބަދަލުކުރަމުން. މާލެއިން ޕޮޒިޓިވް ވާ މީހުން ދެން ގެންދާނީ ބަނޑޮހަށް.

ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުުން ދެންމެ ފަށައިފި. މި ބައްދަަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.

ކޮވިޑް-19 ގެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގައި ހަދަމުން އަންނަ "ކޮވިޑް ވިލެޖު" ގެ މަސައްކަތުގައި ހަރަކާތްތެރިވި ފެނަކައިގެ މުވައްޒަފަކު ކޮވިޑް-19 އަަށް ޕޮޒިޓިވްވެއްޖެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ އެ މަސައްކަތަށް އައްޑޫ ފެނަކަ ބްރާންޗުން މާލެ ގެނައި ޓީމުގައި ހިމެނޭ ދިވެއްސެއް. "ކޮވިޑް ވިލެޖު" ގެ މަސައްކަތުގައި އުޅުނު ބައެއް މީހުން މީގެ ކުރިން ވެސް ވަނީ ޕޮޒިޓިވް ވެފައި. އެހެންވެ، އެ ތަނުގެ މަސައްކަތަށް ވެސް މިހާރު ވަނީ މަޑުޖެހުމެއް އައިސްފައި ކަމަށް ސަރުކާރުން ބުނެފައިވޭ.

މިހާތަނަށް ވަނީ ރާއްޖެ އިން 117 ދިވެހިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. މިއަދު އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިން. މިއަދު އެކަނި ވެސް މި ބަލީގެ 18 ދިވެއްސަކު ވަނީ ފެނިފައި. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ގިނައިން ޕޮޒިޓިވްވީ ބަންގްލަދޭޝްގެ މީހުން. އެކަމަކު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިހާރު ގިނައީ ދިވެހިން. ބަންގްލަދޭޝްގެ މީހުންގެ އަދަދަކީ މިވަގުތު 115.

އިތުރު 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި. މި ފަހަރު ޕޮޒިޓިވްވީ މުޅިން ވެސް ދިވެހިން. މި 13 ފިރިހެނުންގެ ތެރެއިން 12 މީހުންނާ ގުޅެނީ "އާރްއެސްސީ" ކްލަސްޓާ. ބާކީ ހުރި މީހާ އެއްވެސް ކްލަސްޓާއަކާ އަދި ގުޅުމެއް އޮތް ކަމަކަށް ނުދައްކާ. މިދިޔަ މާޗް 7 ން ފެށިގެން މިއަދުގެ ހަވީރާ ހަމައަށް ރާއްޖެ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 269. މިއަދު ކުރިން ޕޮޒިޓިވްވި ކަމަށް އިއުލާންކުރީ ހަ މީހުން. އެއީ ހަތަރު ފަސް ދިވެއްސަކާއި ޕާކިސްތާނުގެ މީހެއް. މިއަދުގެ

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 100 އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.

ހެލްތު މިނިސްޓްރީން މެންދުރު އާންކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ވަނީ އިތުރު ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ފަސް ދިވެއްސަކާއި ޕާކިސްތާނުގެ މީހެކެވެ. މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 104 އެވެ. މިއަދުގެ މި ހިސާބަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 256 އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން 160 އަށް ވުރެ ގިނަ މީހުން ފެނުނީ މާލެ އިންނެވެ. މިއަދު ފުރަތަމަ ޕޮޒިޓިވްވި ހަ މީހުންގެ ތެރެއިން އެކަކީ ޕާކިސްތާނުގެ އަންހެނެކެވެ. މިއީ ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާނުގެ ތިން ވަނަ މީހާ އެވެ.

ރާއްޖެ އިން މިހާތަނަށް އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގަލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 115 މީހުންނަށް ވަނީ ބަލިޖެހިފަ އެވެ. ދެން އުޅެނީ އިންޑިއާގެ 17، ސްރީ ލަންކާގެ ދޭއް، ޕާކިސްތާނުގެ ތިނެއް، އިޓަލީގެ 11، އިނގިރޭސި ވިލާތުގެ އެކެކެވެ. "އެހެނިހެން" ކެޓަގަރީގައި ތިން މީހަކު ހިމެނޭ ކަމަަށް ހެލްތު މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.

މާލޭގެ އިތުރުން ކ. ތުލުސްދޫން ބަންގްލަދޭޝްގެ ދެ މީހަކާއި ށ. ނަރުދޫން އަށް މީހަކާއި ށ. މިލަންދޫގެ އެކަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. ނަރުދު އާއި މިލަންދު އަކީ މި މަހުގެ 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކޮށްފައި ވަނިކޮށް، ފުރައިގެން ދިޔަ "އަމާޒު" ބޯޓު ދިޔަ ދެ ދެ ރަށެވެ. ނަރުދޫން ޕޮޒިޓިވްވީ އެ ބޯޓުގެ ކައްޕި އާއި އޭނާގެ އާއިލާގެ ހަތް މީހެކެވެ. އެހެންވެ، އެ ބޯޓުން ދަތުރުކުރި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުވަ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އެ ބަލި ފެތުރުން އަދިވެސް ކޮންޓްރޯލް ނުވާތީ އާއި އަދި ކުރީގެ ހާލަތަށް އިޔާދަ ނުވާތީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ މާދަމާ އިން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ކުރުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ވަނީ ނިންމަވައިފަ އެވެ. އެހެންވެ، މި މަހުގެ 15 ން ފެށިގެން އަންނަ މަހުގެ 14 އާ ހަމައަށް މާލެ ސަރަހައްދު އޮންނާނީ ލޮކްޑައުން ކޮށްފަ އެވެ.