29 އެޕްރީލް 2020 - 12:14

ކެންސަރަށް ފަރުވާ ހޯދަމުން އައި ބޮލީވުޑްގެ އެކްޓަރު އިރުފާން ޚާން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 53 އަހަރުގެ އެކްޓަރު މަރުވީ ކޮލޯން އިންފެކްޝަނަކާ ގުޅިގެން މުމްބާއީގެ މުމްބާއީ ކޮކީލާބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ގެ ޝިކާރައަކަށްވެފައިވާކަން އިއުލާންކުރީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އަހަރެއް ވަންދެން އިރުފާން އިނގިރޭސިވިލާތުގައި ފަރުވާ ވެސް ހޯދި އެވެ.
އިރުފާން މަރުވި އިރު އޭނާގެ މަންމަ ސައީދާ ބޭގަމް މީގެ ތިން ދުވަސް ކުރިން ވަނީ މަރުވެފަ އެވެ.
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އިރްފާން އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ މަހުގެ 13 ގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭދ އިރުފާން މަރުވި އިރު، އަންބަކާއު ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ މަރާ ގުޅިގެން މުޅި ބޮލީވުޑަށް ފުން ހިތާމައެއް ލިބި، ޓްވިޓާގައި އަންނަނީ ހަނދާންތައް އާކުރަމުންނެވެ.