އާ ރިސޯޓުތަކާ އެކު ވާދަވެރިކަން ދަމަހައްޓަން މަޝްވަރާކޮށްފި
އާ ރިސޯޓުތަކާ އެކު ވާދަވެރިކަން ދަމަހައްޓަން މަޝްވަރާކޮށްފި

އާ ރިޒޯޓުތައް ހުޅުވަމުން ދާއިރު ރިޒޯޓުތަކުގެ ވާދަވެރިކަން ދަމަހައްޓާނެ ގޮތްތަކާ ގުޅޭ ގޮތުން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން މަޝްވަރާކޮށްފި އެވެ.

އާ ރިސޯޓުތަކާ އެކު ވާދަވެރިކަން ދަމަހައްޓަން މަޝްވަރާކޮށްފި
އާ ރިސޯޓުތަކާ އެކު ވާދަވެރިކަން ދަމަހައްޓަން މަޝްވަރާކޮށްފި

މި މަޝްވަރާތައް ކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ ޚަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސް އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖީއެމް ފޯރަމްގަ އެވެ. މި ފޯރަމްގައި ރާއްޖޭގެ އެކި ރިޒޯޓްތަކުގެ 20 ޖެނެރަލް މެނޭޖަރުންނާއި 30 އަށް ވުރެ ގިނަ އެހެނިހެން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރިޒޯޓުތަކުގެ ވެރިންނާއި ސަރުކާރުގެ އޮފިޝަލުންނާއި ރާއްޖޭގެ އެހެން ބައެއް ވިޔަފާރިވެރިން ހިމެނުނެވެ.

ހޮޓެލިއާ މޯލްޑިވްސް ނެރޭ ޕާސްޕެކްޓިވް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި މި ފޯރަމްގައި ދެ ކީނޯޓު ތަގުރީރެއް ދީފައިވެ އެވެ. އެ ދެ ތަގުރީރު ދެއްވީ، އެ ކުންފުނިން ބުނި ގޮތުގައި، ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ސީއީއޯ ޑޭވިޑް ފައިންބާގާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިޑިއާސްގެ ޑިރެކްޓަރު އޮފް އެންޓަޕްރައިސް ސޭލްސް ޔާގަން އޯޓެލީ އެވެ.

އޭގެ އިތުރުން ދެން އޮތީ، ޕާސްޕެކްޓިވް އިން ބުނި ގޮތުގައި، މައިގަނޑު ހަތަރު ޕެނަލް ޑިސްކަޝަނެކެވެ. އޭގެ ތެރޭގައި، އާ ރިޒޯޓުތައް ހުޅުވަމުން ދާއިރު ރިޒޯޓުތަކުގެ ވާދަވެރިކަން ދަމަހައްޓާނެ ގޮތްތަކުގެ އިތުރަށް، ލިބޭ އާމްދަނީ ބަލަހައްޓާނެ ގޮތްތައް އަދި ގާނޫނުތަކާ އެއްގޮތަށް ކަންކަން ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ފޯރަމް ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން، އުމަރު މަނިކު ވަނީ ރާއްޖޭގެ ޓޫރިޒަމްގައި އިތުރު ކުރިއެރުން ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފަ އެވެ.ދުވަސްތަކަކަށް ފަހު ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ވާން ފަށާފައި ވާއިރު، ގިނަ އަދަދެއްގެ އާ ރިސޯޓު މިދިޔަ އަހަރު މާކެޓަށް ނެރެފައިވެ އެވެ. މިހާރު ވެސް ގިނަ ރިސޯޓުތަކެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.