15 އޮކްޓޯބަރ 2016 - 06:55

ގެލަކްސީ ނޯޓް 7 އާ ހެދި ސްމާޓްފޯން މާކެޓްގައި ހެދުނު ބާގަނޑު، މި ފޯނުގެ ސަބަބުން ފޫބެދިދާނެ ކަމަށް ބުނެވެ އެވެ. މިއީ "ލޫމީގޮން ޓީ3" އެވެ. ރޮބޮޓަކަށް ކިޔާ ނެމެއް ނޫނެވެ. އެކަމަކު ވެސް ކުޅެދުންތެރި، ބާރުގަދަ ފޯނެކެވެ.
ލޫމީގޮން ޓީ3 ގައި ތިން ކެމެރާ ހުރެ އެވެ. "އޭގެ ތެރޭގައި ނައިޓް ވިޝަން" ކެމެރާއެއް ހިމެނެ އެވެ. އާދައިގެ މީހަކު ނައިޓް ވިޝަން ކެމެރާއަކުން ކުރާނީ ކޮން ކަމެއް ބާއޭ ހިތަށް އަރަ އެވެ. ސިފައިންނަށް ރަނގަޅުވާނެ އެވެ.
ލޫމީގޮން އަކީ ޑެނިޝް ފާމެކެވެ. ފޯނު ޑިޒައިންކޮށްފައި ވަނީ ސްކޭންޑިނޭވިއަން ސްޓައިލަށެވެ. ފޯނު އުފައްދާފައި ވަނީ ސްޓެއިންލެސް ސްޓީލުންނާއި ބިއްލޫރިންނެވެ. ހިރަފުސް އަދި ފެނެއް ވެސް ނުވަދެ އެވެ. ނޯޓް 7 އަށް ރަނގަޅު ވާދަވެރިއެކެވެ.
ސްކްރީން ސައިޒަކީ ވެސް ވިޔަފާރި އަށް ވާގިދޭ މިންގަނޑެކެވެ. ލޫމީގޮން ޓީ3 ގައި އިންނަނީ 4.8 ޑިސްޕްލޭއެކެވެ. އެކަމާ ނުވިސްނާށެވެ. ދެން ހުރި ސިފަތަކާ ހެދި ވެސް ފޯނު ދޫކޮށްލެވޭ ވަރު ނުވާނެ އެވެ. ފޯނުގެ އަގު އެނގޭ ހެއްޔެވެ؟ ގާތްގަނޑަކަށް 925 ޑޮލަރެވެ.
ލޫމީގޮން ޓީ3 ގައި 3ޖީބީ ރޭމް އެވެ. ސްޓޯރޭޖް 128ޖީބީ އެވެ. ހަމަ ދެތެކެވެ. އެމޯލެޑް ސްކްރީނެކެވެ. ގޮރިއްލާ ގްލާސް 4 އެވެ. އެންޑްރޮއިޑް، މާޝްމެލޯ އެވެ. ސްކްރީން ކުޑަވުމަކުން މައްސަލައެއް ނެތެއް ނޫން ހެއްޔެވެ؟
މި ފޯނާ ބެހޭ ގޮތުން ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އޮންލައިން ނޫސްތަކުން ވެސް ވަނީ މި ފޯނުގެ ވާހަކަ ދައްކާފަ އެވެ. މި އަހަރު ފެށުނީއްސުރެ ޓީ3 އާ ބެހޭ ގޮތުން އިވެ އެވެ. ލޫމީގޮން ވެބްސައިޓްގައި ވިއްކަން އެބަ ހުއްޓެވެ. ނައިޓް ވިޝަން ކެމެރާއެއް "ކެޓް އެސް60" ގައި ވެސް އިނދެ އެވެ. އެކަމަކު ލޫމިޓޮންގް މާ ރަނގަޅު ކަމަށްވެ އެވެ.