ކަރަންޓީން ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުން ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި
ކަރަންޓީން ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުން ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި

ރޯޔަލް އައިލެންޑް ކަރަންޓީނު ފެސިލިޓީ އަށް ރ. ފައިނުން ބައި ޓަނު (500 ކިލޯ)ގެ ކަރާ މިއަދު ހަދިޔާކޮށްފި އެވެ.

ކަރަންޓީން ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުން ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި
ކަރަންޓީން ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުން ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި

ފައިނުގެ ރައްޔިތުންގެ މި ހަދިޔާ ފޮނުވީ، އެ ފެސިލިޓީގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ކަރަންޓީން ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުން ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި
ކަރަންޓީން ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުން ބައި ޓަނުގެ ކަރާ ހަދިޔާކޮށްފި

މިކަމުގައި އިސްކޮށް އުޅުނު ޒުވާނަކު ބުނީ ފައިނުގެ ކޮންމެ ގެއަކުން ކަހަލަ ގޮތަކަށް ކަރާ ހަދިޔާ ކުރި ކަމަށެވެ. ރޯޔަލް އައިލެންޑަކީ، ކޮވިޑް-19 އާ ގުޅިގެން މީހުން ކަރަންޓީން ކުރަން ހަމަޖައްސާފައިވާ ތަންތަނުގެ ތެރެއިން ފައިނާ އެންމެ ކައިރި ފެސިލިޓީ އެވެ.

"ކަރާ ހަދިޔާކުރަން ބޭނުންވެގެން އެކަން އެންގީމަ އެމްއެންޑީއެފުން އެ އެއްޗެހި އެކޮޅަށް ގެންދިޔައީ،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ތަނުގައި އިތުރު ކަރަންޓީން ފެސިލިޓީތަކަށް ވެސް ފައިނު ރައްޔިތުން ތަކެތި ހަދިޔާކުރާނެ އެވެ.

މާލެތެރޭގައި، ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެކި ކަރަންޓީން ފެސިލިޓީތަކުގައި މިހާރު ވެސް 1،201 މީހުން އެބަތިއްބެވެ. ކޮންމެ މީހެއްގެ ކެއުމާއި އެހެނިހެން ކަންކަމަށް ސަރުކާރުން އަންނަނީ ދުވާލެއްގެ މައްޗަށް 750ރ. ހަރަދުކުރަމުންނެވެ.

ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ބައްޔަށް ރާއްޖެއިން މިހާތަނަށް 250 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.