28 އެޕްރީލް 2020 - 13:56

ވޮޝިންޓަން (އެޕްރީލް 28) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް އެމެރިކާ އިން އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު އެއް މިލިއަނަށް މިއަދު އަރައިފި އެވެ.
މުޅި ދުނިޔެ އިން ޕޮޒިޓިވްވި މީހުންގެ އަދަދުގެ ތިންބައިކުޅަ އެއްބައި އެ ގައުމުން ހިއްސާކުރާ އިރު އެމެރިކާ އިން ވަނީ 56,803 މީހުން މަރުވެފަ އެވެ. އެ ގައުމުން ރަނގަޅުވެފައި ވަނީ 139,162 މީހުންނެވެ. އިއްޔެ އެކަނިވެސް އެމެރިކާ އިން ވަނީ 23،196 މީހުން ޕޮޒިޓިވްވެ 1،384 މީހުން މަރުވެފަ އެވެ. މިދިޔަ ހުކުރު ދުވަހު ވަނީ 38،958 މީހުން ޕޮޒިޓިވްވެފަ އެވެ. އެއީ އެއް ދުވަހާ އެމެރިކާ އިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
ނިއު ޔޯކް: ޕޮޒިޓިވްވި: 298,004 މަރުވި: 22,623
ނިއު ޖާޒީ: ޕޮޒިޓިވްވި: 111,188 މަރުވި: 6,044
މެސެޗޫސެޓްސް: ޕޮޒިޓިވްވި: 56,462 މަރުވި: 3,003
އިލިނޯއިސް: ޕޮޒިޓިވްވި: 45,883 މަރުވި: 1,983
ކެލިފޯނިއާ: ޕޮޒިޓިވްވި: 45,157 މަރުވި: 1,782
ޕެންސިލްވޭނިއާ: ޕޮޒިޓިވްވި: 43,155 މަރުވި: 1,860
އެމެރިކާ އިން ކޮރޯނާވައިރަސް ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ ބައެއް ސްޓޭޓްތައް ހުޅުވާލަން ތައްޔާރުވަމުންނެވެ.
ކޮރޯނާވައިރަހަށް މުޅި ދުނިޔެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 3,074,553 އަށް އަރައިފަ އެވެ. ބަލީގައި 211,773 މީހުން މަރުވި އިރު ރަނގަޅުވި މީހުންގެ އަދަދަކީ 924,979 އެވެ.