ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ

މަބްރޫކް: އެއް މިނިސްޓަރަކު ވޭ ސެކަންޑްރީ ކޮންޓެކްޓް ވެފައި. އެ ހިސާބުން އަމިއްލަ އަށް ކަރަންޓީން ވެ ވަޑައިގެން ހުންނެވީ. އެކަމަކު މިިނިސްޓަރު ކޮންޓެކްޓްވީ މީހާ ނެގެޓިވް. ދެން، އެހެން މިނިސްޓަރަކު އުޅުއްވާ އިމާރާތެއް ކަރަންޓީނަށް ގެންދިޔައީ. އެއީ މިނިސްޓަރު އުޅުއްވާ ފްލޯއެއް ވެސް، އެޕާޓްމެންޓެއްް ވެސް ނޫން. އެހެންވެ މިނިސްޓަރު ވެސް ކަރަންޓީނަށް ވަޑައިގެންނެވީ. ތިން ވަނަ ކޭހަކީ މިނިސްޓަރު ވަޑައިގެންނެވި އިހުސާން ފިހާރައިގެ މީހަކު ޕޮޒިޓިވްވެގެން. އެހެންވީމަ އެ މިނިސްޓަރު ކަރަންޓީނަށް ވަޑައިގަންނަވަން އެންގެވީ.

ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ

ޑރ. އަފްޒަލް: ބޮޑެތި ކްލަސްޓާތައް ގުޅިފައި ހުރީ ބާޒާރުމައްޗާ. އެންމެ ބޮޑު ތިން ކްލަސްޓާ މީގެ ތެރޭގައި ހިމެނޭ. މީގެ ތެރެއިން އެއް ކްލަސްޓާ އަނެއް ކްލަސްޓާ އާ ވެސް ގުޅުން އެބަހުރި. އެހެންވީމަ، އަޅުގަނޑުމެންނަށް އަސްލު މަންޒަރު ފެންނާނީ މި ކްލަސްޓާގައި ދެން ހިމެނޭ މީހުންނާއި މި ކްލަސްޓާ އިން ބޭރުން ނެގޭ ރެންޑަމް ސާމަޕަލްތަކުން ނުކުންނަ ނަތީޖާއަކަށް ބަލާފައި ޕީކަށް ދާނެ ގޮތެއް އެނގޭނީ ވެސް.

ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ދުބާއީގައި ބޭއްވި ފެއާއަކަށް ދިޔަ މީހުން ހޯދަނީ

މަބްރޫކް: ޑައިރެކްޓް ހުރިހާ ކޮންޓެކްޓްސް ޓެސްޓް ކުރާގޮތަށް އަޅުގަނޑުމެން ވަނީ ނިންމާފައި. އެކަމަކު އޭގެ ތެރެއިން އިސްކަން މި ދެނީ އަލާމާތްތައް ފެންނަ މީހުންގެ. ޓެސްޓް ކުރުމުގައި އަޅުގަނޑުމެންނަށް ދަތިތައް ކުރިމަތިވެގެން މި އުޅެނީ ޓެސްޓިން ކިޓްގެއެއް ނޫން. ލަސްކަމެއް އުޅެނީ މެޝިންގެ ކެޕޭސިޓީ. އެއިން މި ކުރެވެނީ ދުވާލަކު 300-400.

ޑރ. އަފްޒަލް: އަމާޒު ބޯޓުގައި ދަތުރު ކުރި މީހުންގެ ތެރެއިން ޕްރައިމަރީ 101 ކޮންޓެކްޓް މިހާރު ވަނީ ދެނެގަނެވިފައި. އޭގެ ތެރޭގައި ކުރޫންގެ 8 މީހަކު ހިމެނޭ. މީގެ ތެރެއިން ސެކަންޑްރީ ކޮންޓެކްޓްގެ އެކަކު ވަނީ އަލާމާތްތައް ފެނިފައި. އަދި މި ކޭހާ ގުޅުން ހުރި އެހެން ފަސް މީހަކު ވެސް ވަނީ އަލާމާތްތައް ފެނިފައި. މި ބޯޓުގެ ކޭސްއާ ގުޅިގެން މިއަދު ވެސް ވަނީ ބައެއް ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައި.

ޑރ. އަފްޒަލް: ދުބާއީގައި ފެބްރުއަރީ މަހު 16-20 ގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި މީހަކު ރާއްޖޭގައި ހުރިއްޔާ އަޅުގަނޑުމެންނަށް ގުޅުއްވުން އެދެން. އެއީ ކޮންމެހެން މިހާރު ހުރި ކޭހަކާ ގުޅިގެން ހޯދާ ބައެއް ނޫން.

ޑރ. އަފްޒަލް: ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު އެޑްމިޓްކޮށްގެން ތިން މީހަކަށް ފަރުވާ ދެމުން އަންނަން. އެއީ ކުރިން އެޑްމިޓް ކުރި 81 އަހަރުގެ މީހާގެ އިތުރުން 68 އަހަރުގެ ދިވެހި އަންހެނަކާއި 48 އަހަރުގެ ޕާކިސްތާނުގެ މީހެއް. ޕާކިސްތާނުގެ މީހާ އެއީ ހަމައެކަނި އޮކްސިޖަން ބޭނުންވެގެން. އަނެއް ދެ މީހުން ހަމަ ސްޓޭބަލް.

މަބްރޫކް: އިތުރު ހަ ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަައި. އޭގެ ތެރޭގައި ހިމެނެނީ ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ށ. ޅައިމަގު، ށ. ގޮއިދޫ، ބ. ކެންދޫ އަދި ކ. މާފުށި.

ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑަައިގަންނަވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.

ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރެއަށް ފެތުރެން ފަަށާފައި ވުމުން މިހާރު މިއޮތީ އެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި މިއީ ކަަރަންޓީނުގައި ތިބޭ މީހުންނަށް ކާން ލިބޭ ތަކެތީގެ ފެންވަރާ މެދު ބަހުސް ކުރަންވީ ހާލަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ބްރީފިން ގައި އަލީ ވަހީދު ވިދާޅުވީ މިހާރު އޮތް ހާލަތަކީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އެމީހުންގެ އާއިލާތަކާ ވަކިވެގެން ހިނގައިދާނެ ހާލަތެއް ކަމަށާއި ސިފައިންނާއި ފުލުހުން އެ މީހުންގެ އާއިލާތަކާ ވަކިން އުޅޭތާ ތިން ހަފްތާ ވެއްޖެ ކަމަށެވެ.

"މިއީ ހަނގުރާމައިގެ ހާލަތެއް އިނގޭތޯ. މި ވަގުތު ވައިރަސް އަކާ އަޅުގަަނޑުމެންގެ ރައްޔިތުންގެ ހަނގުރާމަ ކުރަމުން މިދަނީ. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް ވައިޓް ބްރެޑްގެ ބަދަލުގައި ބްރައުން ބްރެޑް ނުލިބިގެން އަޅުގަނޑުމެން އުޅެންވާ ހާލަތެއް ނޫން މިއީ،" އަލީ ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނާ އެކު 1300 އަށް ވުރެ ގިނަ މީހުން ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު ވެސް އެބަ ތިއްބެވެ. އެހާ ގިނަ އަދަދެއްގެ މީހުން ކަރަންޓީނުގައި ތިބި އިރު އެ މީހުންނަށް ކާން ލިބޭ ތަކެތީގެ ފެންވަރާ މެދު ސޯޝަލްމީޑިއާގައި ބައެއް މީހުން އަންނަނީ ފާޑުކިޔަމުންނެވެ. މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަމާޒު ކުރެއްވީ އެ މީހުންނަށް ކަމަށް ބެލެވެ އެވެ. އޭނާ ވިދާޅުވީ ބައެއް ފަރާތްތަކުން އެގޮތަށް ކަންތައް ކުރި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ކެތްތެެރި ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ގިނަ ރައްޔިތުން ވަރަށް ކެތްތެރި، ވަރަށް އިހުލާސްތެރި،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތު ހުރިހާ ވަގުތެއް ހޭދަކުރަންވީ އެކަަކު އަނެކަހަށް ހިތްވަރުދީގެން މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ކުރީ ޒަމާންތަކުގައި ރާއްޖެ އަށް ކުރިމަތިވި މިފަދަ ބޮޑެތި ބަލިމަޑުކަމުގައި ހާލަތު އޮތް ގޮތް އޭރުގެ މީހުން ކިޔައިދޭ ކަަމަށާއި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ ވިލިވަރަކީ އެގޮތުން މީހުން އެތަނުގައި މަރުވެ ދިޔަ ރަށެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އޭނާ އެ ވިދާޅުވީ ޖުޒާމް ބަލީގެ ބޭހެއް ރާއްޖެ އަށް ނުލިބޭ އިރު، އެ ބަލި ޖެހުނު މީހުން ވިލިވަރާއި ބިޔާދޫގައި ބޭތިއްބި ދުވަސްވަރުގެ ވާހަކަ އެވެ.

"މިއަދު އަޅުގަނޑުމެންގެ ޖީލުގައި މިކަން އައިމާ އަޅުގަނޑުމެން ކޮންމެ މީހަކު މިއަދު މަސައްކަތް ކުރަންވީ އަޅުގަނޑުމެން ރައްޔިތުންނަށް ޓަކައި ގައުމަށް ޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަމެތޯ [ބަލައިގެން]،" އަލީ ވިދާޅުވި އެވެ.