27 އެޕްރީލް 2020 - 13:26

ޕެރިސް (އެޕްރީލް 27) - މުޅި ދުނިޔޭގައި ވެސް ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ތިން މިލިއަނަށް އަރައިފި އެވެ.
ޗައިނާގެ ވޫހާން ސިޓީން ޑިސެމްބަރު 31 ވަނަ ދުވަހު އުފަންވި މި ބަލީގައި މިހާތަނަށް ވަނީ 207،094 މީހުން މަރުވެފަ އެެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވި ނަމަވެސް 882,552 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މުޅި ދުނިޔެ އަށް ބަލާއިރު އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ އެމެރިކާގައި ވަނީ 987,322 މީހުން ޕޮޒިޓިވްވެ 55،415 މީހުން މަރުވެފަ އެވެ. ސްޕޭނުން ވަނީ 226,629 މީހުން ޕޮޒިޓިވްވެ 23،190 މީހުން މަރުވެފަ އެވެ. އިޓަލީން 197,675 މީހުން ޕޮޒިޓިވްއިރު 26،644 މީހުން ވަނީ މަރުވެފަ އެވެ. ފްރާންސް އިން 162،100 މީހުން ޕޮޒިޓިވްވެ 22،856 މީހުން މަރުވިއިިރު ޖަރުމަނުން ވަނީ 157،770 މީހުން ޕޮޒިޓިވްވެ 5،976 މީހުން ވަނީ މަރުވެފަ އެވެ.