27 އެޕްރީލް 2020 - 11:11

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ކަރަންޓީނަށް ދާން ދެކޮޅު ހެދި އޮސްޓްރިއާ މީހަކު ކަރަންޓީނު ކުރުމަށް ސިވިލް ކޯޓުން ރޭ އަމުރު ނެރެފި އެވެ.
މާލެ ތެރޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް، ރާއްޖެ އިން ބޭރުން އަންނަ މީހުންނާއި އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އިތުރުން ޝައްކު ކުރެވޭ މީހުން ކަރަންޓީންކުރުމުގެ ބާރު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮންނާނެ އެވެ.
ސިވިލް ކޯޓުން ބުނީ ރޭ މެންދަމުގެ ވަގުތެއްގައި އަމުރު ނެރެ އޮސްޓްރިއާގެ މީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދު ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަމުރު ނެރެފައިވާ ކަމަށެވެ. މި ފަދަ އަމުރެއް މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ނެރެފަ އެވެ. އެކަމަކު މިއީ، ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަށް ގެންދަން ކޯޓުން އަމުރު ނެރުނު ފުރަތަމަ ފަހަރެވެ.
މާލެތެރެއިން 200އަށް ވުުރެ ގިނަ މީހުން އެ ބައްޔަށް މިހާރު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.