15 އޮކްޓޯބަރ 2016 - 06:52

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލައާ ގުޅިގެން ކުންފުނިން އޮފިޝަލަކު އިސްތިއުފާދިން ވާހަކައެއް ނުއިވެ އެވެ. އެ ވަރުގެ ބޮޑު ކަމެއް ހިނގައި ދިއުމުން ކޮންމެވެސް ބަޔަކު ޒިންމާ އުފުލަން ޖެހެ އެވެ. އިހުމާލުވި މީހުން ވަޒީފާ ދޫކޮށް ގެއަށް ދިއުމަކީ ވެސް މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަމެކެވެ.
ގެލަކްސީ ނޯޓް 7 ގައި އަލިފާން ހިފައި، ބޭނުންކުރާ މީހުންނަށް ލިބުނު ގެއްލުމަށް ސެމްސަންގުން ދަނީ ބަދަލުދެމުންނެވެ. ސިނާއަތުގައި ދުވަހަކު ވެސް ކުންފުންޏަކުން ބަދަލުނުދޭހައި ރަނގަޅަށެވެ.
ބޭނުންކުރާ މީހުންނަށް ލިބުނު ގެއްލުމަށްޓަކައި ސެމްސަންގުން ވަނީ މާފަށް އެދިފަ އެވެ. ނޫސްވެރިންގެ ކުރިމަތީގައި، މޮބައިލް ޑިވިޒަންގެ ވެރިޔާ، ކޯ-ޑޮންގް ޖިން ވަނީ ދެ ކަކުލަށް ތިރިވެ މާފަށް އެދިވަޑައިގެންފަ އެވެ. އޭނާ ވަނީ ޒިންމާ އުފުއްލަވާފަ އެވެ.
ސެމްސަންގް ތެރޭގައި ދެކެވޭ ވާހަކަތައް އިވޭ މީހުން ބުނާ ގޮތުގައި، ކުންފުނި ދޫކުރައްވައި ކޯ ވަޑައިގަތުމަކީ މުވައްޒަފުން ގަބޫލުކުރާ ކަމެއް ނޫނެވެ. މާނަ އަކީ ކުންފުނި ތެރޭގައި އެ ކަހަލަ އޮއިވަރެއް ހިނގައިފި އެވެ.
މުވައްޒަފުންގެ މެދުގައި އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނުވަތަ އަނެކުންގެ ބޮލުގައި ބަދުނާމު އެޅުމެއް ނެތް ކަމަށް އިވެ އެވެ. ބޭނުން ވަނީ އެންމެ ގުޅިގެން އެ މައްސަލަ ރަނގަޅަށް ބެލުމެވެ. ކޯ ވިދާޅުވި ގޮތުގައި ނޯޓް 7 އަށް ދިމާވި މައްސަލަ ނުބަލާ ދުލެއް ނުކުރާނެ އެވެ. ބެޓެރީގައި މައްސަލަ ޖެހެއް މެދުވެރިވި ސަބަބަކީ ކޮބައިތޯ ސެމްސަންގުން ކޮންމެ އަގެއްގައި ނަމަވެސް ބަލާނެ އެވެ.
ނޯޓް މަރުކާ މުޅިން ހުއްޓާލަނީ އެވެ. ނޯޓަށް ވަފާތެރި އެތައް މިލިއަން މީހުންނަށް ހިތާމައެއް ކަމަށް ވި ނަމަވެސް އެވެ. ބޭނުންކުރާ މީހުންގެ ހިތުން ލައްގަނޑު ފިލުވާލުމަށްޓަކަ އެވެ. އެ ލައްގަނޑު ފިލުވައިލެވޭތޯ ސެމްސަންގުން ބުރަ މަސައްކަތްކުރާނެ ކަމަށް ކޯ ވަނީ ވައުދުވެ ވަޑައިގެންފަ އެވެ.