25 އެޕްރީލް 2020 - 11:46

ޑރ. އަފްޒަލް: ލޮކްޑައުންގެ މި ހާލަތުގައި ޕީކަށް އެރުން ވަރަށް ކުޑަ ވާނެ. އެކަމަކު ލޮކްްޑައުން ހާލަތް ނިމުމުން ޓްރޫ ޕީކަށް އެރިޔަސް އަރާނީ. އެކަމަކު އޭތި އެނގޭނީ އެޅޭ ފިޔަވަޅެއްގެ ނަތީޖާ ދައްކާ ގޮތަކުން.
މަބްރޫކް: ފުރަތަމަ ޕޮޒިޓިވް ވި ކޭހާ އެކު ލޮކްޑައުންކޮށްފައި އޮތީ. އެހެން ހެދީ ސްޕްރެޑް ލަސްކޮށްލުން. އެކަމަކު އަޅުގަނޑު ވެސް ގަބޫލުކުރަން ޓެސްޓިން ކެޕޭސިޓީ އިތުރުކުރަން ޖެހޭކަން. ތަރައްގީވެފައި ހުރި ގައުމުތަކާ އަޅާބަލާއިރު ޓެސްޓް ކުރެވޭލެއް ރަނގަޅު. އާބާދީގެ ނިސްބަތުން ބަލާއިރު ގިނަ ބަޔަކު ޓެސްޓް އެބަކުރެވޭ. އެކަމަކު އޭގެ މާނައަކީ ޓެސްޓިން ކެޕޭސިޓީ އިތުރު ނުކުރާނެ ވާހަކައެއް ނޫން.
ޑރ. އަފްޒަލް: ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު ރަށްރަށަށް އެބައޮތް މިހާރު. އެހެންވީމަ އަމާޒު ބޯޓުން ދަތުރުކުރި މީހުން އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން އަންގަން އަޅުގަނޑުމެން އެދެން.
ޑރ. އަފްޒަލް: މިހާރު ފެންނަ ފެނުމަށް ބަލާއިރު، ހަރަކާތްތެރިކޮށް މި އުޅެނީ ޑެލިވަރީ ނުވަތަ ފިހާރަތަކުގައި އުޅޭ މީހުން. އެހެންވީމަ އެ މީހުން މާސްކް އަޅައި އަންގި ލައްވަން ސަމާލުކަން ދިނުން ވަރަށް މުހިންމު.
ޑރ. އިބްރާހިމް އަފްޒަލް: 98 މީހުންނާ އެކު ދަތުރުކުރި ށ. ނަރުދޫ "އަމާޒު"ގެ ކެޕްޓަން ވަނީ ޕޮޒިޓިވްވެފައި. އަމާޒު ބޯޓު ވަނީ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައި. އެއީ މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު. މި ބޯޓު 13 ރަށަކަށް ދިޔަ. އޭގެ ތެރޭގައި، ނ. މާފަރާއި ހެނބަދޫ، މިލަދޫ، ވެލިދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ އަދި ފީވައްގެ އިތުރުން ހއ. އުތީމާއި ދިއްދޫ ހިމެނޭ. މިއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވޭ. އެހެންވެ މީގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އެބަ ދޭ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް ފަސް މީހަކު ވަނީ އަލާމާތްތައް ފެނިފައި.
މަބްރޫކް: އާދިއްތަ އާއި ބުރާސްފަތީގެ ހެނދުނު 10 އިން ފެށިގެން މެންދުރު 1 އާ ހަމައަށް ވެކްސިން އެޕޮއިންޓްމެންޓް ހެދޭ ގޮތް ވަނީ ދަމަނަވެށިން ހަމަޖައްސާފައި.
މަބްރޫކް: މެޑްޓެކުން ގެންނަ 18 ވެންޓިލޭޓަރު އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގެނެވޭނެ
މަބްރޫކް: ޖެންޑާ މިނިސްޓްރީން މިހާތަނަށް ވަނީ 136 މީހަކަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައި. މީގެ ތެރެއިން 89 މީހަކު ފެސިލިޓީގައި މިހާރު ވެސް އެބަތިބި. އެ މީހުންނަށް ކެއިންބުއިމުގެ ހިދުމަތް ދެމުން އަންނަނީ އެޗްއައިއެޗްއިން. މީގެ އިތުރުން ރޯދަ ވީއްލުމަށް 189 ފަރާތަކަށް އަދި ހާރު ކެއުމަށް 185 މީހަކަށް ތަކެތި ފޯރުކޮށްދެވިފައިވޭ.
މަބްރޫކް: މޯލްޑިވިއަން ސަފާރީގެ ކަންތަކުގައި އެބައުޅޭ ކުޑަ އޮޅުމެއް. އެ ބޯޓު އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި. އެ ބޯޓުގައި ތިބި ބަޔަކަށް ފައިބަން ހުއްދަ ދީފައި. އެ ސަފާރީ މާދަމާ ޑިސްއިންފެކްޓް ކުރުމަށް ފަހު ދޫކޮށްލެވޭ ވަރު ވާނެ.
ތަރުޖަމާނު މަބްރޫކް އަޒީޒު: އައިސޮލޭޝަންގައި މި ވަގުތު 140 މީހުން އެބަތިބި. މީގެ އިތުރުް ކަރަންޓީނުގައި 1371 މީހުން އެބަތިބި. އަދި 170 މީހަކު ވަނީ ކަރަންޓީނުގެ މުއްދަތު ހަމަވެގެން އެތަންތަނުން މިއަދު ދޫކޮށްލައިފައި.
ދަރުބާރުގޭގައި ނޫސްވެރިންގެ ބައްދަލުވުން ދެންމެ ފަށައިފި.
އެންމެ ފަހުން މާލެ އިން ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ ދެ މީހަކާއި ލަންކާ މީހަކާ އަދި ދިވެއްސެއް. ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 141 އަށް އަރާފައި
މާލެ އިން އިތުރު ހަތަރު މީހުން ޕޮޒިޓިވްވެއްޖެ
މާލެ އިން އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ
އަމީން: ޓެސްޓް ކުރުމުގައި ލަސްކަން އުޅޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. މާލެއިން ބަލި ފެންނަން ފެށީމަ ނެގި ސާމްޕަލްތަކާ އެއްޗެހި އެއްކޮށް އައީމަ ލަސްވިކަން ފާހަގަވި. އެކަން ހައްލު ކުރުމަށް އެބަ މަސައްކަތް ކުރެވޭ. އޭގެތެރެއިން އެއް ކަމަކީ ފުލުހުންގެ ލެބްގައި ޓެސްޓް ކުރުން. ލަސްވެގެން ގޮސް، އަޅުގަނޑު ގަބޫލު ކުރަން ކުރެއްދޫ ރިސޯޓްގައި ވެސް ވަރަށް ގިނަ ބަޔަކު ކަރަންޓީނުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެކަން. އެއީ އެގޮތަށް އެކަން ވާނެ ގޮތް ނޫން ކަން ވެސް ގަބޫލުކުރަން.
އަމީން: މާލޭގައި ތިބި އެންމެންނަކީ ވެސް ރިސްކް ބޮޑު ބައެއް. އެހެންވީމަ މާލެއިން ފުރައިގެން ރަށަކަށް ދާން ޖެހޭނީ އެ ނޫން ގޮތެއް ނެތިގެން. މިއީ ދަތިކަމެއް. އުނދަގޫ ކަމެއް ކަން ވެސް އެނގޭ. އަޅުގަނޑުމެންގެ އަމާޒަކީ މާލޭގެ މީހަކު ރަށަކަށް ނުދިއުން. މާލެއިން ރަށަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި އަޅުގަނޑުމެން ޓެސްޓް ކުރުމުގެ ކުރިން ވެސް ޕޮޒިޓިވްވެފައިވާ މީހުން.
ޑރ. އަލީ ލަތީފު: ކަރަންޓީނުގެ 14 ދުވަހަށް ފަހު ވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެދާނެ. އެކަމަކު އެއީ ވަރަށް ކުޑަ ފުރުސަތެއް. އެންމެ ފުރަތަމަ ރާއްޖެ އަށް މި ބަލި އިމްޕޯޓްވެގެން އައިއިރު ވެސް އަޅުގަނޑުމެން ދެންނެވިންް އަޅުގަނޑުމެންގެ ތެރޭގައި ބަލި ފެތުރޭނެއޭ. އެހެން އެކަން ވީ. އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި މި ބަލި ވަރަށް ބޮޑަށް ސްލޯކޮށްލެވުނު. އަޅުގަނޑުމެންނަށް ދިމާވި މައްސަލައަކީ ބަލި ކޮމިއުނިޓީގައި ފެތުރެމުން ދިޔައިރު ކޮންްޓެކްޓް ޓްރޭސިންގައި މާ ގިނަ ކޮންޓެކްޓް ހުރުން. އެއީ އަޅުގަނޑުމެން ކުރިން ހީކޮށްފައި އޮތް ގޮތެއް ނޫން.
އަމީން: ކަރަންޓީން މި ކުރަނީ ފެތުރޭލެއް ލަސްކޮށްލުމަށް ޓަކައި. އެއީ މެޑިކަލް ފެސިލިޓީއާ ގުޅިފައި ހުރި މައްސަލައެއް ނޫން. ގޭގައި ކަރަންޓީން ކުރުމާ ހަމައަށް ދާއިރު، އެ ފިޔަވަޅުތައް އަޅާނީ ނަންބަރުތަކަށް ބަލައިގެން. އޭގައި އުނދަގޫތައް ހުންނާނެ. އެކަމަކު ފިޔަވަޅެއް މި އަޅަނީ އޭގެ ބޮޑު ފައިދާ މުޖުތަމައަށް އަންނާނެތީ.
އަމީން: މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކްލަސްޓާތަކަށް ސިފަ އެބަ އާދޭ. މިދިޔަ 10 ދުވަހުގެ ތެރޭގައި ކްލަސްޓާތައް ފާހަގަކުރެވި ސަރަހައްދުތައް ފާހަގަކުރެވެމުން އެބަދޭ. މިއަދުގެ ހާލަތު އޮތީ ލޮކްޑައުން ވީއްލާ ހާލަތެއްގައެއް ނޫން. ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި އާންމު ހާލަތަކަށް ބަދަލުވާ ވަރަށް ކަންކަން ބަދަލެއް ނުވާނެ.
ޑރ. އަލީ ލަތީފު: ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މިދަނީ ގިނަވަމުން. ކޮމިއުނިޓީ ސްޕްރެޑް އޮތް ކަމަށް ވަންޏާ ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވާނެ. ހަމައެގޮަތަށް ޓެސްޓް ހަދާލެއް ގިނަވާ ނަމަ ވެސް އެ އަދަދު ގިނަވާނެ.
އަމީން: މާލެ އިން ރަށަކަށް ދަތުރުކުރި މީހަކު ވިއްޔާ އެ މީހަކު އަމިއްލަ އަށް ވެސް އެކަހެރިވެގެން ހުރުން ވަރަށް މުހިންމު. އެއީ އަޅުގަނޑުމެންނަށް އެނގިފައި ހުރި މީހަކަށް ވިޔަސް، ނޭނގި ހުރި މީހެއް ކަމަށް ވިޔަސް.
އަމީން: ކުރިން ބަލި ހުންނާނެ ކަމަށް ބެލެވިފައި ނުވާ ތަންތަނުން ވެސް ބަލި ވަނީ ފެނިފައި. މި ބައްޔާ ގުޅިގެން އަޅުގަނޑުމެން ރެންޑަމްކޮށް ގޮސް ބައެއް ތަންތަން ޗެކްކުރިން. އެހެންވީމަ އެފަދަ ތަންތަން ދެނެގަތުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން.
ހެލްތު މިނިސްޓަރު އަމީން: ގޭގައި ކަރަންޓީން ކުރަން ޖެހިދާނެތީ، އެކަމަށް ތައްޔާރަށް ތިބުން އެދެން. އަދި ޕޮޒިޓިވްވާ އެންމެން ވަކި ރަށެއްގައި ބައިތިއްބަން ވެސް ޖެހިދާނެ.
ދަރުބާރުގޭގައި ނޫސް ކޮންފަރެންސް ފަށައިފި
ކޮރޯނާވައިރަހާ ހެދި މާލެ ލޮކްޑައުން ކުރުމުން ހާލުގައި ޖެހިގެން، ސަރުކާރުން ވަގުތީ ހިޔާތަކަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުން ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފި އެވެ.
ކޮވިޑް-19 އަށް މި މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ލޮކްޑައުންކުރިއިރު ވަންނާނެ ގެދޮރު ނެތި ބައެއް މީހުން ހާލުގައި ޖެހުނެވެ. އެ މީހުން މަގުމަތީގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ ފުލުހުންނެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެ މީހުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ހާލުގައި ޖެހުނު 131 މީހަކަށް ސަރުކާރުން މިހާރު ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފަ އެވެ.
ޖެންޑާ މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވަގުތީ ހިޔާތަކުގައި ތިބި މީހުންގެ ތެރެއިން 20 މީހުންނަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންނެވެ. ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައި އުޅެމުން ދިޔަ 16 މީހަކަށް ހިޔާވަހިކަން ދީފައިވާއިރު، ދެން އެންމެ ގިނައީ ބޭސް ފަރުވާއަށްޓަކައި މާލެ ޒިޔާރަތް ކުރި މީހުންނެވެ. ޖަލު ބަންދަށް ފަހު މާލެ ސަރަހައްދުގައި ތިބި 11 މީހަކަށް ވަގުތީ ހިޔަލުން ޖާގަ ދީފައިވާއިރު އެހެނިހެން ބޭނުންތަކުގައި މާލެ ސަރަހައްދަށް ޒިޔާރަތް ކުރި މީހުންނާޢި ރިސޯޓުތަކުގައި ތިބި ވަޒީފާ އަދާ ކުރާ ބައެއް މީހުން ވެސް ވަގުތީ ހިޔާތަކުގައި ތިބި ކަމަށް ޖެންޑާއިން ބުންޏެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ލޮކްޑައުންއާ ގުޅިގެން އެންމެ ގިނަ މީހުން އެތަނަށް ގުޅީ ކާބޯތަކެތީގެ އެހީތެރިކަމަށް އެދި އެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ވެސް މީހުން ގުޅިކަމަށް ޖެންޑާއިން ބުންޏެވެ.
މާލެ އާއި ހުޅުމާލޭގައި ސަރުކާރުން ކަނޑައަޅާފައިވާ ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި ކޮކާކޯލާ މޯލްޑިވްސްއިން ވެސް ކުރެ އެވެ.