ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

ރީފްސައިޑް އިލެކްޓްރޯނިކްސް އިން ރޯދަ މަހު ބޭއްވި "ރޯދަ ފިއެސްޓާ"ގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި
ރީފްސައިޑް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި 31 ވަނަ ދުވަހާ ހަމައަށެވެ.

މި ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވުމަށް މިއަދު ބޭއްވި ހަފުލާގައި، ޕްރޮމޯޝަނުން އެއް ވަނަ ދިޔަ އަބްދުﷲ ވަހީދަށް ލިބުނީތިން ދޮރުފަތްލީ ފްރިޖެކެވެ. ދެ ވަނަ އަށް ހޮވުނު މުހައްމަދު އިސްމާއީލަށް އެލްޖީ ދޮންނަ މެޝިނެއް ލިބުނުއިރު ތިން ވަނަ އަށް ހޮވުނު ހައްވާ އަށް ލިބުނީ ޕްލޭ ސްޓޭޝަން4 އެކެވެ.

ރީފްސައިޑްގެ މާކެޓިން އެގްޒެކެޓިން މުހައްމަދު އަހުސަން ވިދާޅުވީ އެތަނުން ވިއްކާ އިލެކްޓްރޯނިކްސް ސާމާނުތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަަށެވެ.

މިދިޔަ މަހު 25 ގައި ރީފްސައިޑުން ވަނީ އެލްޖީ ބްރޭންޑުގެ މުދަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. ނޮވެމްބަރު 1 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުން އެއްވަނަ އަށް ހޮވޭ ނަސީބުވެރިޔާއަށް 55 އިންޗީގެ އެލްޖީ ޓީވީއެއް ލިބޭ އިރު ދެވަނަ އަށް ދާ ނަސީބުވެރިއެއްގެ ހަދިޔާ އަކީ 32 އިންޗީގެ ޓީވީ އެކެވެ. ތިންވަނަ އަށް ހޮވޭ މީހަކަށް ލިބެނީ އެލްޖީ ސައުންޑްބާ އެކެވެ.

ރީފްސައިޑަކިީ ރާއްޖޭގައި އެލްޖީ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަދި ސާވިސް ޕްރޮވައިޑާ އެވެ.